ދިވެހި ގައުމީ ދިދަ
ގައި 6/26/2008ދިވެހި ރާއްޖޭގެ ޒަމާންވި ތާރީޚް އާއި ގުޅިލާމެހިފައިވާ ދިވެހި ޤައުމީ ދިދަ އަކި ދިވެހިވަންތަ ކަން ދައްކުވައިދޭ ދިވެހިންގެ އަމިއްލަ އުފެއްދުމެކެވެ. މި އުފެއްދުން ދިވެހިންނަށް ބޭނުންކުރަން ލިބެނީ ދިވެހިރާއްޖޭގެ ލިޔެވިފައިވާ ޤާނޫނެވެ. ކޮންމެ ޤައުމެއް ގައިވެސް ދިރިއުޅޭ ބައެއްގެ ޤައުމީ ދިދައަކީ އެ ޤައުމެއްގެ ބައެއްގެ ލޯތްބާއި ޤަދަރެއްދެވި ހުރުމަތް ލިބިފައިވާ ގައުމީ ވަންތަ ކަން ދައްކުވައި ދެވިފައިވާ އެއްޗެކެވެ. އަޅުގަނޑު މިލިޔުމުގައި ބަލާލަން މިއުޅެނީ ދިވެހި ދިދަ ބޭނުން ކުރަނީ ކިހާވަރަކަށް، ކޮންދުވަސް ވަރެއްގައި، ކޮންބައެއްތޯއެވެ؟ މިވިސްނުމުގެ ތެރެއިން ފިކުރު ހިންގައިލާއިރު ދިވެހި ރަސް ރަސް ކަލުންގެ ޒަމާނުން ފެށިގެން ، އިނގިރޭސިންގެ އަތް ދަށުން ރާއްޖެ މިނިވަންވެ ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލަވެގެން އައިސް ދިވެހި ދިދަ ޢާއްމުކޮށްފެންނަނީ ފުރަމާލެ ފިޔަވާ ރާއްޖެތެރެއިން ހަމައެކަނި އިއްޒަތްތެރި އަތޮޅުވެރިން ދަތުރު ކުރައްވާ އޮޑިކޮޅުންނާއި އަތޮޅުއޮފީހުންނެވެ. އެޒަމާނުގައި ދިވެހި ޤައުމި ދިދަ ފުރަމާލޭގެ ބޭނުންކުރަނީ މިފަދައަކުންނެވެ. އެއީ ސަރުކާރުގެ އޮފީސް ތަކާއި ، ރައީސުލްޖުމުހޫރިއްޔާގެ ގަޑުވަރާއި މިނިސްޓަރުންގެ ގޭގޭ ގައެވެ. އާއްމުންގެ އެއްވެސް މީހަކަށް އެއްވެސް ހަފްލާއަކުން ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމަކީ ހުއްދަކަމަކަށް ނުވެއެވެ. ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުވެ، ދެޖުމުހޫރިއްޔާ ގެ ވެރިކަން ފަހަނަ އަޅާ ދިޔައިރުވެސް ދިވެހި ޤައުމީ ދިދަ ބޭނުން ކުރަން ރާއްޖެ ތެރޭގައި ތިއްބެވި ، ދިވެހި ދައުލަތުގެ ވެރިންނާއި އާއްމު ރައްޔިތުންނަށް ވަނީ ނުލިބިފައެވެ. އަދި ލޮބުވެތި ކިޔަވާ ކުދިންނަށްވެސް ދިވެހި ޤައުމި ދިދަޔާއި ބެހޭ އެއްވެސް މައުލޫމާތެް ނުލިބި މަދަރުސީ ދައުރު ނިންމި ކިތައް ކުދިން ދިވެހި ރާއްޖެގައި އުޅެމުން އައި ބާވައޭ އަޅުގަނޑު ހިތައްއަރައެވެ.ދިވެހި ޤައުމި ދިދަ ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުން އުޅޭ ރަށް ރަށުގައި އާއްމުވާން ފެށީ 1979 ގެ ފަހުންނެވެ. އެއީ އޮފީސް ތަކާއި ކޯޓުތަކާއި މަދަރުސާތަކުގައި ދިވެހި ޤައުމި ދިދަ ނަގަންފެށުމުންނެވެ. އޭގެ ކުރިން ދިވެހި ޤައުމި ދިދަ ޔާ ބެހޭ މައުލޫމާތު ރަށްރަށުގެ ރައްޔިތުން ނަށް ލިބިފައިނެތުމާއެކު ބައެއް ރަށްރަށުގައި ދިދަ ނެގުމާއި ހަވާލުވެ ތިއްބެވި ބޭފުޅުންނަށް އެކަން ކުރެވުނީ އެކަށީގެންވާ ގޮތެއްގައިވާ ގޮތަކަށް ނޫނެވެ. އެއީ ބައެއް ރަށްރަށުގެ އޮފީސް ތަކުގައި ދިވެހި ޤައުމި ދިދައެކޮޅު ކޮޅުން ވެސް ނަގާފައި ހުރިކަން ފާހަގަ ކުރެވިގެން ކަމާި ބެހޭ ފަރާތުން އެކަން އިސްލާހު ކުރުވާ ފައިވެސް ހުރިކަން ހާމަވާން އެބަހުއްޓެވެ.1988ނޮވެމްބަރު 3 ގެ ހިތާމަވެރި ހާދިސާ އަށް ފަހު ދިވެހި ޤައުމި ދިދަ ނެގުމުގެ މައްސަލަ ކުރިމަތިވެގެން ސަރުކާރުން ޤައުމީ ދިދައާއި ބެހޭ ޤަވައިދެއް 21 މާރޗް 1989 ގައި އެކުލަވައިލައްވާ 1 ޖުލައި 1989 ގައި އަމަލުކުރައްވަން ފެއްޓެވިއެވެ.އަލަށް މި ހަމަ ޖެއްސެވި ދިވެހި ޤައުމީ ދިދަ ޔާ ބެހޭ ގަވާއިދުގައިވާ ގޮތުން ރައީސުލް ޖުމުހޫރިއްޔާގެ އޮފީހާއި ރައީސުލް ޖުމުހޫރިއްޔާގެ ރަސްމީ ގެއާއި ރައްޔިތުން މަޖިލިސް ކުރާގެޔާއި ދިވެހި ރާއްޖޭގެ ހައިކޯޓާއި ނޭޝަނަލް ޝެކިއުރިޓީ ސާރވިސް ހެޑްކުއާރޓަރސް ގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނެގިފާ ހުންނަންވާ ނެ އެވެ. ޤައުމީ ޝުޢޫރު ފާޅުކުރުމުގެ ގޮތުން ކޮންމެ ތަނެއްގައި ވެސް ޤައުމީ ދިދަ ބޭނުންކުރުމަކީ ވެސް ހުއްދަކަމެކެވެ. މި ޤަވާޢިދުގައި ސަރުކާރުގެ އިމާރާތް ތަކާއި ރަސްމީ ކަންކަމުގައި ޢާއްމު ގޮތެއްގައި ގައުމީ ދިދަ ބޭނުން ކުރެވޭ މިންތަކާއި އެކި ބޮޑުމިނުގައި ގައުމީ ދިދަ ހަދައިގެން ބޭނުން ކުރުމާއި ކަރުދާހު ގައި ޗާޕްކޮށްގެން ގެންގުޅުމާއި ތަންތާގައި ނުވަތަ ތަކެތީގަި ގައުމީ ދިދަ ކުރެހުމާއި ހިއްޕުމުގަި ޢަމަލު ކުރަންވި ގޮތްވެސް ބަޔާންކުރެވިފައިވެއެވެ.މިޤަވާއިދުގެ ސަބަބުން ކުޅިވަރު ކުޅޭ މައިދާނާއި ސިޔާސީ މައިދާނުގައި ސްކޫލް މަދަރުސާތަކާއި ދިވެހި މަސްކަޑު ތަކުން ވެސް ދިވެހި ޤައުމީ ދިދަ ފެނިގެން ދާންފެށުމުން ދިވެހިންގެ ހިތްތަކުގައި ޤައުމީލޯބި އުފެދިގެން ދިޔައެވެ. އަދި ލޮބުވެތި ކިޔަވާ ކުދިންނާި މަސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާއްމުކޮށް މުޅި ދިވެހި ރައްޔިތުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް އަދި އެކި އެކި މުނާސަބަތުގައި ދިވެހި ޤައުމި ދިދަ ބޭނުން ކުރަމުން އަންނަނީ ކީއްކުރަން ކޮން ބޭނުމެއްގައި ކަން ހާމަ ވެގެން މިދަނީ ފެންނާށެވެ.
This entry was posted on 6/26/2008 and is filed under ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
Subscribe to:
Post Comments (Atom)

0 ޙިޔާލު:
Post a Comment