ހދ. ނޮޅިވަރަމް ގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ކެމްޕޭން ކުރަން ފަށައިފި

ގައި 9/21/2008

ހދ. ނޮޅިވަރަމް ގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ކެމްޕޭން ކުރަން ފަށައިފި ކަމުގައި ނޮޅިވަރަމް ގައިހުރި ރަހުމަތްތެރިއަކު ގުޅާފައި ބުނެފިއެވެ. މިއީ ކިހިނަކުން ހިނގަމުން ދާކަމެއްތޯ މިވަނީ ކިހިނެތްތޯ މިއީ މިކަން އޮންނަ ގޮތްތޯ މިކަމުގައި ރަގަޅުގޮތަކީ ކޮބައިތޯ މިއީ އަނެއްކާ އޮޅުވާލުމެއްތޯ މިސުވާލުތަކުގެ ޖަވާބު ހޯދާލުމައްޓަކައި ރަހުމަތްތެރިއާ އަޅުގަނޑު ކުރެން އެދުނެވެ. ވީމާ އަޅުގަނޑުވެސް ވަރަށް ގިނަ ފަރާތްތަކާ ގުޅުމުން ލިބުނު މަޢުލޫމާތަކީ ނޮޅިވަރަމްގައި އަދާލަތުޕާޓީގެ ސަޕޯޓަރުކު ބުނުއްވަނީ އެބޭފުޅުން ބޭނުންވަނީ އެމްޑީޕީ އާއި ގުޅިގެން އަންނަ ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވުމަށެވެ. އެއްގޮތަކައްވެސް ޖުމްހޫރީ ޕާޓީ އާއި ގުޅިގެން މިފަހަރުގެ ރިޔާސީރޭހުގައި މަސައްކަތް ކުރަން ބޭނުންނުވާކަމުގައެވެ. އަދި އަދާލަތު ޕާޓީގެ އިސްފަރާތްތަކުން ޖުމްހޫރީ ޕާޓީ އަށް އެފުރުސަތު ދިންކަމުގައި ވިއަސް ނޮޅިވަރަމްގައި އެފުރުސަތު ނެތްކަމަށާއި ޖުމްހޫރީ ޕާޓީ އަށް ކެމްޕޭން ކުރެވެން ނެތްކަމަށް ހާމަކުރެއްވިއެވެ. ސަބަބު ތައް ވަރައް ގިނަކަމާއި އެކު އެއްކަމެއް ބުނެލެވިދާނެކަމަށް ވިދާޅުވެ ބުނުއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އުޅުއްވަނީ މިހާރުގެ ސަރުކާރުން ފިނޭންސް މިނިސްޓްރީ ހިންގަވާ އަމިއްލަ އެދުމުގެ ފައިދާ ހޯއްދެވުމަށް ބޭނުންވެ އަދި ރާއްޖޭގައި އެންމެ ގިނައިން ރާ އެތެރެކޮށް ރާވިއްކާ ބޭފުޅަކަށްވާތީ ކަމުގައެވެ. އެބޭފުޅާ އިތުރަށް ވިދާޅުވަމުން ބުނުއްވީ މިނޫން ގޮތަކަށް މަސައްކަތް ކުރަން އަދާލަތު ޕާޓީން ބުނުއްވައިފިނަމަ ދެން އެބޭފުޅުން ބޭނުންވާ ފަރާތަކީ ޑީއާރުޕީ އާއި އެކު މަސައްކަތް ކުރުމެވެ

އާފެށުމަކުން

ގައި 9/21/2008




ދިވެހިރާއްޖެއަކީ ޒަމާނުންސުރެ އަމިއްލަ ވެރިކަމެއް ހިނގަމުން އަންނަ ރާއްޖެއެކެވެ. ރާއްޖޭގެ އަހުލުވެރީން މާތްވެގެންވާ އިސްލާމްދީން ޚިޔާރުކުރިފަހުން މިހިނގާދިޔަ ޒަމާންތަކުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ހުރިހާ އިޚްތިޔާރެއް އޮތީ ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންގެ އަތްޕުޅު މަތީގައެވެ. އެބޭފުޅުން ވެރިކަމުގެ ކަންތައްތައް ހިންގަވަމުންގެންދަވާފައިވަނީ އިސްލާމީ އުސޫލްތަކުގެ މަތީން އަދި ރާއްޖޭގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުން ރައްޔިތުންގެ މަސްވަރާއާއި ރުހުން ހޯއްދަވައިގެންނެވެ. ލިޔެވިފައި ނުވާ އެކަމަކު ވަރަށް ހަރުދަނާ ޤާނޫނީ އުސޫލުތަކެއްގެ މަތިންނެވެ
ދިވެހިރާއްޖޭގައި ޤާނޫން ތަކެއްލިޔެވިގެން އެމައްޗަށް އެންމެފުރަތަމަ ވެރިކަން ހިންގަންފެށުނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީން އިސްކަންދަރު ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައެވެ މިރަދުންގެ ރަސްކަމުގެ ތިރީސްވަނަ އަހަރު ކަމަށްވި 1349 ވަނަ އަހަރުގެ ޝައްވާލު މަހުގެ 29 ( 1931 ވަނަ އަހަރުގެ މާރިޗް މަހުގެ 19 ) ވި ބުރާސްފަތި ދުވަހުގެ އަލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ރިޔާސަތުގެ ދަށުގައި އުފެއްދެވި މަޖުލީހަކާ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލުމަށް މިރަދުން ހަވާލު ކުރެއްވިއެވެ.
މިނަންގަނެވުނު މަޖުލީހާއި ޤާނޫނުއަސާސީ ހެދުމުގެ މަސައްކަތް ހަވާލުކުރެވި ޤާނޫނު އަސާސީގެ މަސައްކަތް ނިމި ކީރިތި މަހާރަދުން ތަސްދީޤް ކުރައްވައި މިރާއްޖޭގައި ހިންގަވަންފެއްޓެވީ 1351 ވަނައަހަރު ޝަޢުބާންމަހު 23 (1932 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ) ވިބުރާސްފަތި ދުވަހުއެވެ މި ނަންގަނެވުނު ފުރަތަމަ ޤާނޫނުއަސާސީއަށް އެކިފަހަރުމަތިން އެކި އިސްލާޙާ ބަދަލުތައް ޤާމނޫނީ ހަމަތަކުގެ މަތީން ގެނެވިގެންދިޔައެވެ. މިޤާނޫނު އަސާސީ ހަތްއަހަރުވަންދެން ހިނގަމުން އޭގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ލިބި ދިވެހިރާއްޖޭގެ އޭރުގެ ޙާލަތު ބަދަލުވެގެން ރައްޔިތުން ނުކުމެ އުމުރުން ހަތްއަހަރުވީ ޅަދޮޅު ޤާނޫނުއަސާސީ ވީދާ ސުންނާފަތިކޮށް އެ ޤާނޫނުއަސާސީ އުވާލެވުނެވެ. ނަމަވެސް އަލުން ޤާނޫނުއަސާސީ އެއް ހަދާ ފާސްކޮށް އެމައްޗަށް މިރާއްޖޭގެ ކަންތައް ހިންގަންފެއްޓީ 1361 ވަނައަހަރު ރަބީއުލްއާޚިރު މަހުގެ 6 ( 1942 ވަނައަހަރު އޭޕްރީލް މަހުގެ 23 ) ވި ބުރާސްފަތި ދުވަހުއެވެ.
މިބުނެވުނީ ޤާނޫނީ ޙަޔާތް ފެށި ގެން ރައްޔިތުންނާއި ހަމައަށް ވާސިލްވެ އެކިފަހަރު އެކިގޮތަށް ބަދަލުވެ އިސްލާޙްވެ އެޒަމާނަކާއިގުޅޭ ގޮތަށް ބަދަލު ގެނެވެމުން ދިޔަކަން ފާހަގަކުރެވެއެވެ. 1952 ވަނައަހަރު ރާއްޖޭގެ ދައުލަތް ހިންގެވުމަށް އިސްވެ ހުންނެވި ސުމުވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ނެންގެވި ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރުމަށް ފާސްކުރުމާއި ގުޅިގެން ރާއްޖޭގެ ޤާނޫނު އަސާސީ ޖުމްހޫރީ ޤާނޫނުއަސާސީ އަކަށް ބަދަލުކޮށް އެޤާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކޮށް އެޤާނޫނުއަސާސީގެ ދަށުން 1372 ވަނަ އަހަރު ރަބީއުލްއާޚިރު މަހުގެ 14 ( 1953 ވަނައަހަރުގެ ޖެނުއަރީމަހު 1 ) ވި ހުކުރުދުވަހު ރާއްޖޭގެ ވެރިކަން ޖުމްހޫރީވެރިކަމަކަށް މާގިނަ ދުވަސްތަކެއްނުވެ 1372 ވަނައަހަރު ޛުލްޙިއްޖާ މަހުގެ 11 ( 1953 ވަނައަހަރުގެ އޯގަސްޓް މަހުގެ 21 ) ވިހުކުރު ދުވަހު ދައުލަތް ހިންގުމަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން 1373 ވަނަ އަހަރުގެ ރަޖަބު މަހުގެ 1 ( 1954 ވަނަ އަހަރުގެ މާޗްމަހުގެ 7 ) ވި އާދީއްތަ ދުވަހު އަނެއްކާވެސް ރަސްކަމަކަށް ބަދަލުވިއެވެ. މިފަހަރުވެސް ރާއްޖޭގެ ޤާނޫނުއަސާސީ ބަދަލުވެގެން ދިޔައެވެ
އޭގެފަހުން މުހައްމަދު ފަރީދުގެ ރަސްކަމުގެ 14ވަނަ އަހަރު 1968 ވަނައަހަރުގެ މާޗްމަހުގެ 15 ( 1387 ވަނައަހަރުގެ ޛުލްޙިއްޖާ މަހުގެ 16 ވި ހުކުރު ދުވަހުނެގުނު ޢާއްމު ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީވެރިކަމަކަށް ބަދަލުކުރުމަށް ފާސްކުރުމާއި ގުޅީގެން 1968 ވަނައަހަރުގެ ނޮވެންބަރ މަހުގެ 11 (1388 ވަނަ އަހަރު ޝަޢްބާންމަހުގެ 20) ވި ހޯމަ ދުވަހު، ދިވެހިރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ޖުމްހޫރީވެރިކަމަށް ބަދަލުވެގެން ދިޔައެވެ. މި ބަދަލާ ގުޅިގެން ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެދުވަހުން ފެށިގެން ހިނގަމުން އައިސް ފއައިވެއެވެ. އަދި އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ، އެޤާނޫނުއަސާސީއަށް ވަނީ ޤާނޫނީ ހަމަތަކުގެ މަތިން އިޞްލާޙު ގެނެވިފައެވެ.
މި ޤާނޫނުއަސާސީގެ މަތިން ދައުލަތް ހިނގަމުން އައިސް 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ( 1399 ވަނަ އަހަރުގެ ސަފަރު މަހުގެ 1 ) ވި އާދިއްތަ ދުވަހު ރައްޔިތުންގެ މަޖުލިސްއިން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ފާސްކުރެއްވިއެވެ. މަޖުލިސްއިން މިކަން ފާސްކުރެއްވި ފާސްކުރެއްވުން ރައީސް ޤަބޫލުކުރައްވާ 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ( 1401 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 22 ) ވި އާދިއްތަ ދުވަހުގެރޭ ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ރައްޔިތުންގެ ޙާއްސަ މަޖުލިސް އެއްކުރައްވާ ޤާނޫނުއަސާސީ އިސްލާޙްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އެ މަޖުލީހާއި ހަވާލުކުރެއްވިއެވެ.
ރައްޔިތުންގެ ޙާއްސަ މަޖުލިސް އިން އެކުލަވާލެއްވި ޤާނޫނުއަސާސީ 1418 ވަނައަހަރުގެ ރަޖަބުމަހު 27 ( 1997 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 27 )ވި ބުރާސްފަތި ދުވަހު ތަސްދީޤް ކުރެވި ހިނގަމުން ދާންފެށުނެވެ. މި ޤާނޫނުއަސާސީ ހިނގަންފެށި ރައްޔިތުންނަށް އޭގެ ލާބަޔާ މަންފާ ކުރަންފެށި ރާއްޖެ ތަރައްޤީވެކުރިއެރުން ލިބެން ފެށީ ދުނިޔޭގެއެހެނިހެން ޤައުމުތަކެކޭ އެއްފެންވަރެއްގައެވެ. ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ހިންގޭ އިސްލާޙީ ޕްރޮގްރާމުގެ މަގުޗާޓެއް އެކުލަވާލައްވާއިގެން 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިފެއްޓެވިކަންކަމުގެ ތެރޭގައި
1 –ދިވެހި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުން
2 – ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވާ އާލާކުރުން
3- ދިވެހިރާއްޖޭގައި ސަރުޢީ ނިޒާމު ހަރުދަނާކުރުން
4- ދިވެހިރާއްޖޭގައި ސިޔާސީޕާޓީގެ ނިޒާމު ހަރުދަނާކުރުން
5- ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ހަރުދަނާކުރުން
6- ދިވެހިރާއްޖޭގައި އިންތިޙާބީ ނިޒާމު ހަރުދަނާކުރުން
7 – ދިވެހިރާއްޖޭގައި މީޑިއާގެ ދައުރު ހަރުދަނާކުރުން
8- ބައެއް އިދާރާތައް މުސްތަޤިއްލުކޮށް ހަރުދަނާކުރުން
މިކަންކަން ފުރިހަމަ ކުރުމައްޓަކައި 2004 ވަނަ އަހަރުފެއްޓެވި މަސައްކަތުގެ ތެރޭގައި ރައްޔިތުންގެ ޙާއްސަމަޖުލިސް އެއްކުރައްވާ ޤާނޫނުއަސާސީ އިސްލާޙު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިގެން ކުރިއަށް ގެންދެވިއެވެ. 2006 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްސަމަޖިލީހުގެ 93 ވަނަ ޖަލްސާއިން ފާސްކުރެއވުމާ ގުޅިގެން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގެ ( ށ ) ގެ ދަށުން ޢާއްމު ސިއްރު ވޯޓް ނެގުމަށްޓަކައި 2007 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަދުވަހުގެރޭ ރައްޔިތުންގެ ޚާއްސަމަޖިލީހުން ފާސްކުރައްވާފައިވާ ގޮތުގެމަތީން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 އޯގަސްޓް 18 ވީ ހޮނިހިރު ދުވަހު ނެގި ޢާއްމު ސިއްރު ވޯޓްގެ މުޅި ރާއްޖޭގައި ނެގުނެވެ. މިގޮތުން އެގުނީ ރައްޔިތުން ބޭނުންވަނީ ދިވެހިރާއްޖޭގައި ސަރުކާރު ހިންގުމަށް ބޭނުންވަނީ ރިޔާސީނިޒާމެއްކަމުގައެވެ.
2008 ވަނައަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހު އޮތް ރައްޔިތުންގެ ޙާއްސަމަޖުލީހުގެ 272 ވަނަ ޖަލްސާއިން ފާސްކުރެއްވި " ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ " ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ގޮތުގެ މަތީން 7 އޯގަސްޓް 2008 ( 6 ސަޢުބާން 1429 ) ވީބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެވި އައު ޤާނޫނު އަސާސީގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބި މަލްޓި ޕާޓީ ޑިމޮކްރަސީއެއް ރާއްޖޭގައި ހިނގަންފެށުނީއެވެ. މިހާރު ހިނގަމުން މިދަނީ އައު ޤާނޫނުއަސާސީގެ 14 ވަނަ ބާބުގައިވާ މަރުޙަލާތަކެވެ. މިހާރު ރައްޔިތުންގެ މަޖުލިސް އެކުލެވިގެންވަނީ ފަންސާސް މެމްބަރުންގެ މައްޗަށެވެ. ރައްޔިތުންގެ މަޖުލިސް އަކީ ސަރުކާރު ހިންގުމުގެ ތިންބާރުގެ ތެރެއިން އެންމެ ބޮޑު އެއް މުއައްސަސާއެވެ. ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖުލީހަށެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. މިޤާނޫނުއަސާސީގައި ބަޔާންވެގެންވާގޮތުގެމަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މިޤާނޫނުއަސާސީގައި ބަޔާންވެގެންވާގޮތުގެމަތީން ސާދަ ވަނަ ބާބުގެ އިންތިޤާލީ ކަންތައްތަކާބެހޭ ބާބުގެ 300 ވަނަ މާއްދާގެ ( ހ ) ގެ ދަށުން މިހާރު ވެރިކަން ހިންގުމުގެ ހުރިހާބާރުތަކެއް ލިބިގެން ވަނީ މިހާރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި މއ ކިނބިގަސްދޮށުގޭ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމް އެވެ. އެގޮތުން ވަގުތީ ސަރުކާރު ހިންގެވުމުގައި ހުންނެވި އެންމެ މަތީ ވެރިމީހާއެވެ. އަދި އެމަނިކުފާނުގެ ކެބިނެޓަކީ ވަގުތީ ސަރުކާރުގެ ވަޒީރުންނެވެ. އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސާއި މަޖުލިސްގެ މެމްބަރުންނަކީވެސް ވަގުތީ ސަރުކާރު ހިންގެވުމުގައި ތިއްބެވި ބޭފުޅުންނެވެ. ހަމަ އެފަދައިން މިހާރު އުފެދިފައހުރި ހުރިހާ މުސްތަޤިއްލު ކޮމެޓީ ތަކުގައި ތިއްބެވި ބޭފުޅުންނަކީވެސް ވަގުތީ ސަރުކާރު ހިންގެވުމަށް ޙަވާލުވެ ތިއްބެވި ބޭފުޅުންނެވެ.
މިގޮތުން މިހާރު ހޮވިފައި ތިއްބެވި މުސްތަޤިއްލު ކޮމިސަންތަކުގެ ބޭފުޅުންނާއި ސަރުކާރުގައި ވަޒީފާ އަދާ ކުރައްވަމުންގެންދަވާ އެންމެހާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބައް ތައްޔާރުކުރުމައްޓަކައި ކުރަން ޖެހޭ ތައްޔާރީތައް ވުމަށާއި ނިންމަންޖެހޭ ޤާނޫނީ ބިލްތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތެވެ. މީގެ އިތުރުން ރާއްޖޭގައި އުފައްދާފައިވާ ސިޔާސީޕާޓީ ތަކުންވެސް މިމަސައްކަތް ހަލުވި ކަމާއި އެކު ކުރަމުން އެބަދެއެވެ.
މިހާރު ހިނގަމުންދާ ޤާނޫނު އަސާސީގައި ބުނާ މަލްޓިޕާޓީ އެލެކްސަން ކާމިޔާބުކުރުމައްޓަކައި ސިޔާސީޕާޓީ ތަކުން ރިޔާސީ އިންތިޚާބުގައި ހުންނަވާނެ ބޭފުޅަކު ހޮވުމައްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކެމްޕޭންކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޤައުމީ ޓީވީ އާއި ދިވެހި ރޭޑީއޯއިން ރައްޔިތުން ނަށް ވޯޓާއި ބެހޭގޮތުން ހޭލުންތެރިކުރުމައްޓާކައި ތަފާތު ޕްރޮގްރާމް ތައް ހިންގަމުން ގެންދާކަން ފާހަގަކުރެވެއެވެ.
މިއިންތިޚާބަކީ ދިވެހިރާއްޖޭގެ ޤާނޫނީ ހަޔާތުގައި ވަރަށްވެސް ތާރީޚީ އިންތިޚާބަކަށްވެގެންދާނެއެވެ. މިއިންތިޚާބު ކާމިޔާބުކުރައްވާ ބޭފުޅަކު ދިވެހިރާއްޖެ ހިންގުން ވަރަށްވިސްނުންތެރިކަމާއި އެކު ނުކުރެވިއްޖެނަމަ މާޒީވެ ދިޔަފަދައިން މިޤާނޫނު ރައްޔިތުންގެ އަތުން ބީވެ ހިގައިދާނެކަމުގެ ބިރު ހީވާން ފަށައިފި އެވެ. މިހާރު ހިނގަމުންދާ ޤާނޫނު އަސާސީ އަކީ ދުނިޔޭގެ ފެންވަރުގައި ވަރަށް ރަގަޅަށް ހެދި ރައްޔިތުންނާއި ހަމައަށް ވާސިލްވެފައި އެތައް ބައެއްގެ އަގުހުރި ވަގުތުތަކެއް ހޭދަކުރެވިގެން ހެދިފައި ހުރި ބުރަ މަސައްކަތެކެވެ. 1998 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުންފެށިގެން ހިނގަމުން އައި ޤާނޫނުއަސާސީ އޭރު ރައްޔިތުންގެ ބުރަމަސައްކަތުން ހެދުނު އަގުހުރި މަސައްކަތެކެވެ. ނަމަވެސް މިއަދު އެ ޤާނޫނުއަސާސީ އަކީ ރައްޔިތުންނަށް ބޭނުންހުރި އެއްޗަކަށް ނުވީ ދުނިޔޭގެ މަސްރަހު ބަދަލުވެ ރާއްޖޭގެ ތަޢުލީމާއި އިޤްތިޞާދާއި މީޑިއާގެ ކުރިއެރުން ހަލުވިކަމާއި އެކު ރާއްޖޭގެ ރައްޔިތުންނަށް ލިބިގެން ދާންފެށުމެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އައި ބޮޑު އިންޤިލާބެއްގެ ސަބަބުން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދެވޭލެތް ލަސްކަމަށް ފެންނާތީ ސަރުކާރުން ޒަމާނީ ޑިމޮކްރަސީއެއް ޤާއިމްކުރުމުގެ ހުރިހާކަމެއް ފުރިހަމަވެގެންދިޔައީ 2008 ވަނަ އަހަރު އޯގަސްޓް މަހު 7 ވަނަދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ސާއިޢް ކުރުމުންނެވެ. (ނުނިމޭ) .

ރިޔާސީ އިންތިޚާބުގައި ޑީއާރްޕީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވާށެވެ

ގައި 9/21/2008




ރާއްޖޭގައި މިއަހަރު ފުރަތަމަ ފަހަރަށް ބޭއްވޭ ތާރީޚީ ރިޔާސީ އިންތިޚާބަކީ ގިނަކެންޑިޑޭޓުންތަކެއް ވާދަކުރައްވަވާ އިންތިޚާބެއްކަން ޔަޤީނެވެ. މިހާތަނަށް ސިޔާސީ ބާރަވަރަކަށް ޕާޓީ ރަޖިސްޓްރީ ކޮށްފައިވާއިރު އަނެއްކާ އިތުރު ޕާޓީއެއް ހެދުމަށް މީހުން ހޯދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ކޮންމެވެސް ފަރާތަކަށް ދާދިފަހުން ސަރުކާރުން ދެއްވައިފިއެވެ. މިހާރުވެސް ހަޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވަން އަތުކުރި އޮޅުއްވައިގެން ކުރިޔަށް ވަޑައިގަންނަވާއިރު އަމިއްލަގޮތުން ޕާޓީއަކާއި އަދި މިހާތަނަށް ގުޅިވަޑައި ނުގަންނަވާ ބޭފުޅަކު މިއިންތިޚާބުގައި ވާދަކުރައްވަނެއެވެ.
ދިވެހި ކޮންމެ ރައްޔިތަކުމެ އެއްބަސްވާނޭ ފަދައިން ރާއްޖޭގައި އެންމެ މެމްބަރުންގިނަ އަދި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތާޢީދުކުރާ ސިޔާސީ ޕާޓީއަކީ ޝައްކެއްނެތް ގޮތުގައި ދިވެހި ރައްޔިތުންގެ ޕާޓީއެވެ. މިހާތަނަށް މާލެއާއި އަތޮޅުގެ ތެރޭގައި ޑީއާރްޕީން ބާއްވާފައިވާ އަދި މިހާރުވެސް ބާއްވަމުންދާ ތަފާތު ޙަރަކާތް ތަކުގައި ޢަމަލީ ގޮތުންނާއި މިނޫންވެސް ގޮތްގޮތުން ބައިވެރި ވަމުންދާ ބައިވެރީންގެ ޢަދަދަށް ބަލާލުމުން މިކަންކަން ވަރަށް ރަގަޅަށް ދޭހަވެއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރްޕީ ) އަށް ތާއީދުކުރާ ފަރާތްތައް އިތުރުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް އުފެދިފައިވާ ސިޔާސީ ޕާޓީތަކަށް ބަލާއިރުގައި ޑީއާރްޕީގައި ކަންކަމަށް ޤާބިލު ކުޅަދާނަ ތަޖުރިބާކާރުންނާއި، ޒުވާން ބޭބޭފުޅުން ވަރަށްގިނަ ޢަދަދަކަށް ތިއްބެވިކަން ފާހަގަ ކުރެވެއެވެ. ތަޢުލީމީގޮތުން ފުންނާބުއުސް ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ނިސްބަތްވާ ބޭބޭފުޅުން ޑީއާރްޕީގައި ހިމެނި ވަޑައިގެންފައިވުމުން އެޕާޓީއާއި ދޭތެރޭގައި ރައްޔިތުންނަށް ނުހަނުބޮޑު ޔަޤީންކަމަކާއި އިތުބާރެއްވަނީ ލިބިފައެވެ. ކޮންމެ ފަންނަކަށް ނަޒަރު ހިންގާލި ނަމަވެސް ޑީއާރްޕީގައި ތިއްބެވީ ފަންނުތަކުގައި އެންމެ ފުންނާބުއުސް ފަންނުވެރިންކަން އެބައިމީހުންވަނީ ރައްޔިތުންނަށް ދައްކައި ދީފައެވެ. އެއްވެސް ޙާލެއްގައި އެބޭބޭފުޅުންނަކީ ރައްޔިތުން އިތުރަށް އަޖުމަ ބެލުމަށް ބޭނުންވާނެ ބޭބޭފުޅުންނެއް ނޫނެވެ.
މިއަހަރު ރާއްޖޭގައި ބޭއްވޭ ތާރީޚީ އިންތިޚާބުގައި އެޕާޓީން ވާދަކުރައްވަވާ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގ މޭޓާއި ދޭތެރޭގައި ވިސްނާލުމުން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަށް ދިވެހި ރައްޔިތުން ތާއީދު ކުރަންވީ ކީއްވެގެންކަން ވަރަށް ރަގަޅަށް ޔަޤީން ކުރެވެއެވެ. އެހެން ޕާޓީތަކާއި އަދި ރިޔާސީ ކެންޑިޑޭޓުންނާއި ޚިލާފަށް ޑީއާރްޕީން އެޕާޓީގެ ރަނިންގ މޭޓަކު އެންމެ ފުރަތަމަ ހަމަޖެއްސެވި ހަމަޖެއްސެވުމުން އެޕާޓީއާއި ޕާޓީގެ މެމްބަރުންގެ ޤާބިލުކަން ވަރަށް ރަގަޅަށް ހާމަވެގެން ދިޔައެވެ. މިއާއި ޚިލާފަށް ދާދިމިދާކަށް ދުވަހު ރަނިންގ މޭޓުން ހަމަޖެއްސި ދެބަޔަކުވެސް ވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިއާރްޕީން ވާދަކުރައްވަވާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނާއި ބެހޭގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ. އެބޭފުޅާގެ ލަޔާޤަތާއި ޤާބިލިއްޔަތުކަން ހުރިމިންވަރާއިމެދު އެއްވެސް ރައްޔިތެއްގެ ހިތުގައި ސުވާލެއް އުފެދޭނޭ ފުރުޞަތެއް ނެތެވެ. އާދެ! އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަކީ މިޤައުމުގެ ޙާލަތު ނުލާހިކު ދަށުދަރަޖައިގާ އޮއްވާ މިޤައުމުގެ ޒަޢާމަތާއި ޙަވާލުވެ ވަޑައިގަންނަވާ މިއަދު މިދެކެމުންދާ ކުރިއަރާ ތަރައްޤީވެފައިވާ އަދި އަޅުގަޑުމެން ފަޚުރުވެރި ވަމުންމިދާ ދިވެހިރާއްޖެ އަޅުގަޑުމެންނާއި ހަމަޔަށް މިންނަތް މަސައްކަތްޕުޅުން ގެނެސްދެއްވެވި މިޤައުމުގެ ބާނީއެވެ. ޤައުމުގެ ޝަޚުސިއްޔަތްވެސް މެއެވެ. މިޤައުމުގެ ކޮންމެ ދިމާޔަކުންމެ ތަރައްޤީއާއި ކުރިއެރުންތައް ފެންނަން މިއޮތީ އެމަނިކުފާނުގެ މިންނަތް މަސައްކަތްޕުޅުން ކަމާއިމެދަކު ދެބަސްވެވޭކަށް ނެތެވެ.
މިއަދު މިޤައުމު ކުރިއަރާފައިމިވާ މިންވަރުން އާއުސްމިންތަކަކަށް ގެންދެވުމަށްޓަކައި އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުވަނީ ގަދަ ފަސްއަހަރަކަށް ކުރިމަތިފުޅު ލައްވަވާފައެވެ. މިޤައުމުގެ ޙާލަތު ބަދަލުކޮށް ދެއްވެވި މިޤައުމުގެ ޒަޢީމަށް ޤައުމު އާއުސްމިންތަކަކަށް ގެންދެވުމަކީ މާއުނަދގޫ ކަމަކަށް ނުވާނެކަން ޔަޤީނެވެ. އުސްމިންތަކަކަށް މިޤައުމު ވާޞިލުކޮށް ދެއްވެވުމަށްޓަކައި މިހާރުވެސް އެމަނިކުފާނުވަނީ ތަފާތު ބިންގާތައް އަޅުއްވައި ދެއްވަވާފައެވެ. އެބިންގާތަކުގެ މައްޗަށް ބިނާއެއް ނިންމުމަށް އެންމެ ފަސޭހަވެފައި ރައްޔިތުންނަށް ޔަޤީންކަން އޮންނާނީ އެބިންގާތައް އަޅުއްވަވާ ދެއްވެވި ފަރާތަކާއި އެމަސައްކަތް ޙަވާލު ކުރެވިގެންކަން ޔަޤީނެވެ. އެހެންކަމުން މިއަހަރުގެ މިތާރީޚީ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ޒަޢީމު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ތާއީދު ކުރައްވާށެވެ.

ރައީސް މައުމޫނާއި މެދު ބައެއްމީހުން ދައްކަމުންދާ އެތައް ދޮގުވާހަކަ ތަކެއްގެ ޙަޤީޤަތް އެމަނިކުފާނު ހާމަކުރައްވައިފި

ގައި 9/20/2008

ި

ލިބިފައިވާ ޢިލްމެއްގެ ބޭނުން ހިފައިގެން ޤައުމުގައި ފަސާދަ އުފެއްދުމަކީ ޢަދާލަތު ޕާޓީގެ ލަނޑުދަނޑި ކަމުގައި ގަބޫލުކުރަން ޖެހިއްޖެ.


މިދިޔަ އަންގާރަ ދުވަހުގެރޭ ޓެލެވިޜަން މޯލްޑިވްސްގެ ސިޔާސަތު ޕްރޮގްރާމްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމް ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން އެމަނިކުފާނަށް ނިސްބަތްކޮށް އެމަނިކުފާނަށް ޙަސަދަވެރިވާ ބަޔަކު ދައްކަމުނެްގެންދާ ވާހަކަތަކުގެ ހަޤީޤަތް އެމަނިކުފާނު ދިވެހިރައްޔިތުންނަށް އިޚްލާޞްތެރިކަމާއި އެކު ހާމަކުރައްވައިފިއެވެ.
މިގޮތުން އެމަނިކުފާނަށް ނިސްބަތްކޮށް ޙަޤީޤަތާއި ޚިލާފަށް ދައްކަމުންދާ އެއްވާހަކަ ކަމުގައިވާ ރާވިއްކާ މީހާއާއި ރާ ބޯމީހާގެ ޙުކުމަކީ އެއް ޙުކުމެއްކަމަށް އެމަނިކުފާނުު ބަޔާންކޮށްދެއްވިކަމަށްބުނެ އެމަނިކުފާނު އަރުވާލި ވާހަކަ ފާހަގަކުރެވެއެވެ. މިގޮތުން އޭރު ރާ އެތެރެކޮށްފައިވަނީ 29000 މީހުންނަށް ފުދޭވަރަށް ކަމަށާއި މިހާރު އެތެރެކުރެވެނީ 600،000 އަށް ވުރެ ގިނަ މީހުނަށް ފުދޭވަރަށް ކަމަށް ޝާކިރު ވިދާޅުވިއެވެ. ޖަވާބުގައި ޒަޢީމް މައުމޫނު ވިދާޅުވީ އެއީ ވިދާޅުވި އެއްޗެއް ނޫންކަމަށެވެ.
އާދެ ދަންނަވާލަން ބޭނުންވާ ވާހަކައަކީ އޭރު ޝަރީޢަތް ހިނގާފައި އޮތީ ރަނގަޅަށް ކަމަށް އަޅުގަނޑު ޤަބޫލެއްނުކުރަމޭމައުމޫނު ވިދާޅުވިއެވެ. “އޭގެ ސަބަބުތައް ބަޔާންކޮށް ވަރަށް ތަފްޞީލުތައް އޮންނާނީ ލިޔެފައި. އޭރު ހުންނެވި މިނިސްޓަރ އޮފް ޖަސްޓިހަށްވެސް އޮންނާނީ އަރިސްކޮށްފައި. އަދި އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށްވެސް އަޅުގަނޑު ލިޔެފައި. ކީއްވެގެން ކަން މި ޝަރީޢަތް އަޅުގަނޑު ޤަބޫލުނުކުރަނީ. އެހެންވީމާ ޝަރީޢަތުގައި ދެކެވުނު ވާހަކައެއް ތިވިދާޅުވަނީ. އަޅުގަނޑު އެއީ ބުނި އެއްޗެއްކަމަށް އެއްވެސްގޮތަކުން ސާބިތުވާކަށް ނޯންނާނެ
ނަމަވެސް މިވާހަކައާއި ބެހޭގޮތުން އެމަނިކުފާނުގެ ދުޝްމަނުން އެކިއެކި ގޮތްގޮތަށް ވާހަކަތައް ހަދައިގެން އެމަނިކުފާނަށް ނިސްބަތްކޮށް ދައްކަމުންގެންގޮސްފައި ވެއެވެ . ނަމަވެސް މިއަދު މިއޮތީ އެމަނިކުފާނުގެ ދޫފޫޅުން ރައްޔިތުންނަށް އެކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވާފައެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ދިފާއުގައި ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރައްވާފައި ނުވާނެ ކަމަށްވެސް ޒަޢީމް މައުމޫން ވަނީވިދާޅުވެފައެވެ. އަދި އެމަނިކުފާނުވަނީ އެކަން ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ.
އަދި މިޕުރޮގުރާމުގައި މުރުތައްދު ވުމާއި ތަކްފީރު ކުރުމުގެ މައްޗަށް ބައެއް ސުވާލުތައް އަމާޒުކޮށްފައިވެއެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ބުނިކަމަށް ޕުރެޒެންޓަރ ޝާކިރު ވިދާޅުވެފައިވަނީ މައުމޫނަކީ ސަތޭކައިން ސަތޭކަ އިސްލާމުން ތިބި ގައުމެއްގައި އިސްލާމުން އެމީހުންގެ ވެރިއަކަށް ގެންނަން ކަމުދާ އިންސާނެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަކީ ސުންނަތް ޖަމާއަތުގެ މުސްލިމެއްތޯ އެއްސެވުމުން މައުމޫނު ވިދާޅުވީ އެމަނިކުފާނަކީ ސުންނަތް ޖަމާޢަތުގެ މުސްލިމެއް ކަމަށެވެ. އަދި މިމައްސަލައިގައި ޝައިޚް ހުސެއިން ދަލީލު ދައްކަވަން ޖެހޭނެ ކަމަށާއި އެމަނިކުފާނަކީ މުސްލިމެއް ނޫން ކަމަށް ޝައިޚް ހުސެއިން ވިދާޅުވިނަމަވެސް އޭނާގެ މައްޗަށް ދައުވާ ނުކުރައްވާނެ ކަމަށްވެސް ޒަޢީމް މައުމޫނު ވިދާޅުވިއެވެ.
ނޫން އަޅުގަނޑު ދަޢުވާއެއް ނުކުރާނަންޒަޢީމް ވިދާޅުވިއެވެ. “އެއީ އޭނަ ވިދާޅުވާ އެއްޗަކީ އަޅުގަނޑަށް އެއްވެސް އަސަރެއް ކުރާނެއެއްޗެއް ނޫން. އޭނަ ބޭނުން އެއްޗެއް އޭނަ ވިދާޅުވާނީ އެކަމު އެއީ ހަގީގަތެއް ނޫންޒަޢީމް ސާބިތުކަމާއި އެކުޖަވާބު ދެއްވާފައިވެއެވެ.
މުޖުތަމަޢުގެ ބައެއްފަންތި ތަކުގެ ބައެއްމީހުން އެމަނިކުފާނާއި އެމަނިކުފާނުގެ ވެރިކަން ބަދުނާމް ކުރުމަށް ދައްކަމުންގެންދާ ވާހަކަތަކުގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރައްޔިތުންނަށް އަނިޔާކުރަނީކަމަށާއި އަދި މިފަދަ ތަފާތުވާހަކަތައް ދައްކާފައިވެއެވެ. އަދި އެމަނިކުފާނަށް ނިސްބަތްކޮށް ވޯޓުއޮޅުވާލަނީ ކަމުގައިވެސް ބުނެފައިވެއެވެ. މިކަންކަމަށް ޖަވާބު ދެއްވަމުން ޒަޢީމް މައުމޫން ވިދާޅުވެފައިވަނީ ބަންދުގައި ތިބޭ މީހުންނަށް އަނިޔާ ކުރުމަކީ އެއްވެސް އިރެއްގައި ސަރުކާރުން ކުރާނެކަމެއް ނޫން ކަމަށާއި އަދި އެފަދަކަމެއް ހިގާފައިވާނަމަ ސަރުކާރުން އެމައްސަލަ ބައްލަވާފައިވާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އަދި މީގެއިތުރުން އެއްވެސް އިރެއްގައި ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށާއި ވޯޓަށް ނުފޫޒް ފޯރުވުމަށްޓަކައި އިންތިޚާބާ ގާތްކޮށް ވަކި މިނިސްޓްރީގައި ހުންނެވި ބޭފުޅަކުވެސް ނުވަތަ ކަތީބަކުވެސް ނުވަތަ އަތޮޅުވެރިޔެއްގެ ވަޒީފާ ބަދަލު ކުރައްވާފައިނުވާނެ ކަމަށްވެސް ޒަޢީމް މައުމޫން ވިދާޅުވިއެވެ.
އިދިކޮޅުފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާ ސަރުކާރު ބަދުނާމް ކުރަމުން ގެންގޮސްފައިވަނީ ރައްޔިތުން އެކަމާއި ސަމާލުވާންޖެހޭ މިންވަރަށެވެ. އެހެނީ ދުނިޔޭގެ އެންމެނަށްވެސް އެނގޭނެފަދައިން މިކުޑަކުޑަ ޤައުމަކީ މިނިވަން މުސްތަގިއްލު ޤައުމެކެވެ. އެހެންކަމަށް ވާނަމަ ދުނިޔޭގެ އެއްވެސް ޤައުމަކުން މިޤައުމަށް މަޖުބޫރު ތަކެއްކޮށް މިޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފާނެ ބާވައެވެ. ނަމަވެސް އެމަނިކުފާނަށް ނިސްބަތްކޮށް ދައްކާފައިވާ ދޮގު ވާހަކަ ތަކުގެ ތެރޭގައި އިސްލާހީ އެޖެންޑާ ހުށަހަޅުއްވާފައިވަނީ ބޭރުގެ މަޖުބޫރުގެ ސަބަބުންކަމަށްވެސް ބައެއްފަރާތްތަކުން ވާހަކަދައްކާފައި ވެއެވެ.
ނަމަވެސް ޒަޢީމް މައުމޫނު ވިދާޅުވެފައިވަނީ އިސްލާހީ އެޖެންޑާ ހުށަހެޅުއްވީ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކުން ޕްރެޝަރ ކޮށްގެން ނޫން ކަމަށާއި ދިވެހިންގެ ޙާލަތު އެހާ ހިސާބަށް ދިޔުމުން އިސްލާހީ އެޖެންޑާއެއް ހުށަހެޅުއްވީ ކަމަށެވެ.
އަދި އެމަނިކުފާނަށް ބައެއް މީހުން ކުރައްވާ ތުހުމަތު ތަކުގެ ތެރޭގައިވާ ކެމްޕެއިން ކުރުމުގައި ފައިސާގެ ނުފޫޒް ބޭނުންކުރާކަމަށް ދައްކާ އެއްވެސް އަސްލެއް ނެތް ވާހަކައަށްވެސް އެމަނިކުފާނުވަނީ ޖަވާބު ދެއްވާފައެވެ. އެމަނިކުފާނު ހާމަކުރައްވާފައިވާ ގޮތުގައި ކެމްޕެއިން ކުރުމުގައި ފައިސާގެ ނުފޫޒް އެއްވެސް އިރެއްގައި ބޭނުންކުރައްވާފައިނުވާނެ ކަމުގައެވެ. އަދި އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ އެހެން ޤައުމަކަށް ދިރިއުޅުން ބަދަލު ނުކުރައްވާނެ ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ. މައުމޫނު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އެމަނިކުފާނު ރާއްޖޭގައި ހުންނަވާނެ ކަމަށެވެ.
މިއަދުގެ މުޖު ތަމަޢުގައި ރައީސްމައުމޫންގެ އަބުރުފުޅަށް ހުތުރު އެރުވުމަށް އެމަނިކުފާނާއި ދެކޮޅު އަދި ޤައުމުގެ ގިނަރައްޔިތުންނާއި ދެކޮޅު މީހުން ގެންދަނީ ބުރަމަސައްކަތްތަކެއް ކުރަމުންނެެވެ. ޚާއްޞަ ކޮށް ޢަދާލަތު ޕާޓީގެ މީހުން ދީނީ މީހުންގެ ނަމުގައި ނިކުމެ ރައްޔިތުންނަށް ދަނީ ހަޤީގަތް އޮޅުވާލާ ރައްޔިތުން ވާވައްދަމުންނެވެ. އެމީހުންނަށް ލިބިފައިވާ ޢިލްމެއްގެ ބޭނުން ހިފައިގެން ޤައުމުގައި ފަސާދަ އުފެއްދުމަކީ ޢަދާލަތު ޕާޓީގެ ލަނޑުދަނޑި ކަމުގައި މިއަދުވަނީ ވެފައެވެ. ފައިސާގެ އަޅުންނަށް ވެފައިވާ ޢަދާލަތު ޕާޓީއަށް ރައްޔިތުންވާވައްދަންމަސައްކަތްކުރުން ނޫން ކަމެެއް ނުކުރެވޭނެއެވެ.