ފެނާ ނުލައި ދިރިހުރެވިދާނެތަ؟

ގައި 11/18/2008


* ހަމަ ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު ކޮޅެއް



ހުރިހާ ދިރޭތަކެތީގެ އަސްލަކީ ފެންކަން ކީރިތި ޤުރުއާނާއި މިޒަމާނުގެ ސައިންސު ވަނީ ކަށަވަރުކޮށްދީފައެވެ. ފެނާނުލައި ދިރުމެއްނުވެއެވެ. އަދި ދުޅަހެޔޮ ސިއްހަތަކަށްޓަކައި ސާފު ބޯފެނަށްވުރެ ވަކިން މުހިންމު ދެވަނަ އެއްޗެއް ނުވާކަން ސައިންސުވެރިން ވަނީ ކަށަވަރުކޮށްދީފައެވެ.

ފެނަކީ އިންސާނުންގެ އެންމެ އަސާސީ ކާނާއެވެ. ތުއްތުކުއްޖާ މައިމީހާގެ ރަޙިމުގައި އަށަގަތީއްސުރެފެށިގެން ދުނިޔެއަށް އުފަންވެ، މަރުވެ ދިއުމާ ހަމަޔަށްވެސް، ހަށިގަނޑުގައި އެންމެ މުހިންމު ދައުރެއް އަދާކުރާއެއްޗަކީ ފެނެވެ. ހަށިގަނޑުގެ ހެދިބޮޑުވުމާއި، ތާޒާކަމާއި، ޒުވާންކަމާއި، އަދި ދުޅަހެޔޮކަން ލިބުމުގައިވެސް ފެނުގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. އެހެންކަމުން ފެނުގެ މުހިންމުކަން ހަމަކޮންމެ މީހަކަށްވެސް އެނގިފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމަކަށްވާތީ، ފެނާބެހޭ މުހިންމު މައުލޫމާތުކޮޅެއް މިތަނުގައި ހުށަހަޅާލާނަމެވެ.

- އާންމުގޮތެއްގައި ކުޑަކުއްޖެއްގެ ހަށިގަނޑުގެ %07 އަކީ ފެނެވެ. އަދި ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ބަރުދަނުގެ %08 އަކީ ފެނެވެ.

- ސިއްހަތުރަނގަޅު މީހަކަށް ދުވާލަކު 3 ގެލަން ނުވަތަ 84 ތަށި ފެން ބޮވިދާނެއެވެ. ނަމަވެސް ރެއަކާދުވާލު މަދުވެގެން 8 ތަށި ފެން ބޯނަމަ އެއީ ސިއްހީގޮތުން އެކަށިގެންވާ އަދަދެއް ކަމުގައި ބެލެވެއެވެ. އަށްތަށީ ފެނަކީ ރެއަކާދުވާލު ކޮންމެ މީހަކުވެސް މަދުވެގެން ބޯންޖެހޭ މިންވަރުކަމުގައި ވީނަމަވެސް، ކަސްރަތުކުރުން، ނުވަތަ ކުޅިވަރުކުޅުން، ނުވަތަ ދާހިއްލާ ފަދަ ބުރަމަސައްކަތްކުރާނަމަ އަށް ތައްޓަށްވުރެ ގިނައިން ބޯން ޖެހޭނެކަމަށް ސިއްހީމާހިރުން ވިދާޅުވެއެވެ.

- ދުވާލަކު ބޯންޖެހޭ އަށްތަށީ ފެން ކަނޑައަޅަނީ ހަމައެކަނި ސާފު ފެނުން ނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ސަޔާއި ކޮފީއާއި ޖޫހާއި އަދި މިނޫންވެސް ބުއިންތަކުގައި އެކުލެވޭފެން އަށްތަށީ ފެނުގެ ތެރޭގައި ހިމެނެއެވެ. ކޮންމެ ކާއެއްޗެއްގައިވެސް ފެނުގެ ކޮންމެވެސް މިންވަރެއް އެކުލެވިފައި ވީނަމަވެސް ސިއްހީ މާހިރުން ވިދާޅުވަނީ ރެއަކާއި ދުވާލު ބޯނެޖެހޭ އަށްތަށީފެން ހަމަކުރަން ޖެހޭނީ ސާފު ފެނުން ކަމުގައެވެ.

- މާ އަވަސްއަވަހަށް ގިނައިން ފެން ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ. ފެން ބުއިމުގައި ސިއްހީގޮތުން އެންމެ ރަނގަޅުގޮތަކީ ލަސްލަހުން މަޑުމައިތިރިކަމާއެކު ފެން ބުއިމެވެ. އަދި ފެން ބޯއިރު އިށީނދެ އިނދެ ފެން ބުއިމަކީ ސުންނަތެއްގެ އިތުރުން ސިއްހީ ގޮތުންވެސް އެންމެ ރަނގަޅުގޮތްކަމަށް މާހިރުން ވިދާޅުވެއެވެ.

- އިންސާނުންނެކޭ އެއްފަދައިން ދުނިޔޭގައިވާ ކޮންމެ ދިރުމަކަށްވެސް ފެން ބޭނުންވެއެވެ. ދުނިޔޭގެ ބޭރުފަށަލައިގެ ގާތްގަނޑަކަށް %57 ހިއްސާކުރަނީ ފެންކަމުގައިވީނަމަވެސް އަދި ދުނިޔޭގައި ގާތްގަނޑަކަށް 623 މިލިޔަން ކިއުބިކް މައިލްސްގެ ފެން ހުރި ނަމަވެސް އޭގެތެރެއިން އިންސާނުންނަށް ބޭނުންކުރެވެނީ 01/3 ބައި ފެނެވެ.

- ހަށިގަނޑުގައިވާ ފެނުން %1 މަދުވުމުން ކަރުހިއްކުން އިހުސާސްކުރެވެއެވެ.

- ކާނާގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ބޭނުންނެތް ތަކެއްޗާއި ވިހަ ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފެނެވެ. އެކިބާވަތުގެ ސޮފްޓް ޑްރިންކްތަކާއި ޖޫސްފަދަ ތަކެއްޗަކީވެސް މިފަދަ ކަންކަމަށް އެހީތެރިވެދޭ ތަކެތި ކަމުގައިވީނަމަވެސް، ހަށިގަނޑުގައި އުފެދޭ ޖަރާސީމާއި ވިހަ، ހަށިގަނޑުން ބޭރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާއެއްޗަކީ ފެނެވެ. އާންމުކޮށްޖެހޭ ރޯގާތަކައި ހުން އައުމާއި ބޭރަށް ހިންގުންފަދަ ކަންކަމަށް އެންމެ ރައްކާތެރި ފަރުވާއަކީ ފެން ކަމުގައިވީއިރު ކުޑަކަމުދާ ނިޒާމަށް ޖެހޭ ތަފާތުބަލިތަކާއި އަލްސާފަދަ ސީރިއަސް މައްސަލަތަކަށްވެސް ފެނަކީ މުހިންމު ފަރުވާއެކެވެ. އެހެންކަމުން ފެނަކީ ހަމައެކަނި ދިރުމެއް ނުނެވެ. ފެނަކީ ފަރުވާއެއްވެސްމެއެވެ.

0 ޙިޔާލު: