ކުރީގެ ރައީސް އިބްރާހިމް ނާސިރު އަވަހާރަވެއްޖެ

ގައި 11/22/2008

ކުއްލި ހަބަރު
.
އިބްރާހީމް ނާޞިރު

1926 - 2008







ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް
ސާހިބުއްދައުލާ ސުމުއްވުލް އަމީރު އަލްފާޟިލް އިބްރާހިމް ނާސިރުގެ ޢާއިލާއަށް ތައުޒިޔާ ރައްދު ކުރަމެވެ.


ދިވެހިރާއްޖޭގެ ވެރިކަން 10 އަހަރު ކުރަށްވާފައިވާ ކުރީގެ ރައީސް ސާހިބުއްދައުލާ ސުމުއްވުލް އަމީރު އަލްފާޟިލް އިބްރާހިމް ނާސިރު އަވަހާރަވެއްޖެ އެވެ. އިބްރާހިމް ނާސިރު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ކިޑްނީގެ އާލާސްކަންފުޅަށް ފަރުވާކުރަމުންދަނިކޮށް ސިންގަޕޫރު ގަޑިން ރޭގަނޑު 9:30 ހާއިރުއެވެ.

އިބްރާހިމް ނާސިރަކީ ދިވެހިރާއްޖެ ބޭރުގެ އަޅުވެތިކަމުން މިނިވަން ކުރެއްވި ބާނީއެވެ. އެމަނިކުފާނަކީ ދިވެހިރާޖޭގައި ޒަމާނީ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި ޒަޢީމެވެ.

އިބްރާހިމް ނާސިރު އަވަހާރަވި ޤައުމީ ހިތާމައިގައި މީދޫލައިވް ޓީމުން ބައިވެރިވެ، އެމަނިކުފާނުގެ އާއިލާއަށާއި ދިވެހިރާއްޖޭގެ އެއްމެހާ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަޢުޒިއާ ފޮނުވަމެވެ. މާތް ﷲ އިބްރާހިމް ނާސިރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރަށްވާށިއެވެ

އިބްރާހިމް ނާސިރާ ބެހޭ އިތުރު މައުލޫމާތު.


މިއީ މީދޫ ލައިވް އިން ނަގާފައިވާ ލިޔުމެކެވެ.

ފެނާ ނުލައި ދިރިހުރެވިދާނެތަ؟

ގައި 11/18/2008


* ހަމަ ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު ކޮޅެއް



ހުރިހާ ދިރޭތަކެތީގެ އަސްލަކީ ފެންކަން ކީރިތި ޤުރުއާނާއި މިޒަމާނުގެ ސައިންސު ވަނީ ކަށަވަރުކޮށްދީފައެވެ. ފެނާނުލައި ދިރުމެއްނުވެއެވެ. އަދި ދުޅަހެޔޮ ސިއްހަތަކަށްޓަކައި ސާފު ބޯފެނަށްވުރެ ވަކިން މުހިންމު ދެވަނަ އެއްޗެއް ނުވާކަން ސައިންސުވެރިން ވަނީ ކަށަވަރުކޮށްދީފައެވެ.

ފެނަކީ އިންސާނުންގެ އެންމެ އަސާސީ ކާނާއެވެ. ތުއްތުކުއްޖާ މައިމީހާގެ ރަޙިމުގައި އަށަގަތީއްސުރެފެށިގެން ދުނިޔެއަށް އުފަންވެ، މަރުވެ ދިއުމާ ހަމަޔަށްވެސް، ހަށިގަނޑުގައި އެންމެ މުހިންމު ދައުރެއް އަދާކުރާއެއްޗަކީ ފެނެވެ. ހަށިގަނޑުގެ ހެދިބޮޑުވުމާއި، ތާޒާކަމާއި، ޒުވާންކަމާއި، އަދި ދުޅަހެޔޮކަން ލިބުމުގައިވެސް ފެނުގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. އެހެންކަމުން ފެނުގެ މުހިންމުކަން ހަމަކޮންމެ މީހަކަށްވެސް އެނގިފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމަކަށްވާތީ، ފެނާބެހޭ މުހިންމު މައުލޫމާތުކޮޅެއް މިތަނުގައި ހުށަހަޅާލާނަމެވެ.

- އާންމުގޮތެއްގައި ކުޑަކުއްޖެއްގެ ހަށިގަނޑުގެ %07 އަކީ ފެނެވެ. އަދި ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ބަރުދަނުގެ %08 އަކީ ފެނެވެ.

- ސިއްހަތުރަނގަޅު މީހަކަށް ދުވާލަކު 3 ގެލަން ނުވަތަ 84 ތަށި ފެން ބޮވިދާނެއެވެ. ނަމަވެސް ރެއަކާދުވާލު މަދުވެގެން 8 ތަށި ފެން ބޯނަމަ އެއީ ސިއްހީގޮތުން އެކަށިގެންވާ އަދަދެއް ކަމުގައި ބެލެވެއެވެ. އަށްތަށީ ފެނަކީ ރެއަކާދުވާލު ކޮންމެ މީހަކުވެސް މަދުވެގެން ބޯންޖެހޭ މިންވަރުކަމުގައި ވީނަމަވެސް، ކަސްރަތުކުރުން، ނުވަތަ ކުޅިވަރުކުޅުން، ނުވަތަ ދާހިއްލާ ފަދަ ބުރަމަސައްކަތްކުރާނަމަ އަށް ތައްޓަށްވުރެ ގިނައިން ބޯން ޖެހޭނެކަމަށް ސިއްހީމާހިރުން ވިދާޅުވެއެވެ.

- ދުވާލަކު ބޯންޖެހޭ އަށްތަށީ ފެން ކަނޑައަޅަނީ ހަމައެކަނި ސާފު ފެނުން ނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ސަޔާއި ކޮފީއާއި ޖޫހާއި އަދި މިނޫންވެސް ބުއިންތަކުގައި އެކުލެވޭފެން އަށްތަށީ ފެނުގެ ތެރޭގައި ހިމެނެއެވެ. ކޮންމެ ކާއެއްޗެއްގައިވެސް ފެނުގެ ކޮންމެވެސް މިންވަރެއް އެކުލެވިފައި ވީނަމަވެސް ސިއްހީ މާހިރުން ވިދާޅުވަނީ ރެއަކާއި ދުވާލު ބޯނެޖެހޭ އަށްތަށީފެން ހަމަކުރަން ޖެހޭނީ ސާފު ފެނުން ކަމުގައެވެ.

- މާ އަވަސްއަވަހަށް ގިނައިން ފެން ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ. ފެން ބުއިމުގައި ސިއްހީގޮތުން އެންމެ ރަނގަޅުގޮތަކީ ލަސްލަހުން މަޑުމައިތިރިކަމާއެކު ފެން ބުއިމެވެ. އަދި ފެން ބޯއިރު އިށީނދެ އިނދެ ފެން ބުއިމަކީ ސުންނަތެއްގެ އިތުރުން ސިއްހީ ގޮތުންވެސް އެންމެ ރަނގަޅުގޮތްކަމަށް މާހިރުން ވިދާޅުވެއެވެ.

- އިންސާނުންނެކޭ އެއްފަދައިން ދުނިޔޭގައިވާ ކޮންމެ ދިރުމަކަށްވެސް ފެން ބޭނުންވެއެވެ. ދުނިޔޭގެ ބޭރުފަށަލައިގެ ގާތްގަނޑަކަށް %57 ހިއްސާކުރަނީ ފެންކަމުގައިވީނަމަވެސް އަދި ދުނިޔޭގައި ގާތްގަނޑަކަށް 623 މިލިޔަން ކިއުބިކް މައިލްސްގެ ފެން ހުރި ނަމަވެސް އޭގެތެރެއިން އިންސާނުންނަށް ބޭނުންކުރެވެނީ 01/3 ބައި ފެނެވެ.

- ހަށިގަނޑުގައިވާ ފެނުން %1 މަދުވުމުން ކަރުހިއްކުން އިހުސާސްކުރެވެއެވެ.

- ކާނާގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ބޭނުންނެތް ތަކެއްޗާއި ވިހަ ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފެނެވެ. އެކިބާވަތުގެ ސޮފްޓް ޑްރިންކްތަކާއި ޖޫސްފަދަ ތަކެއްޗަކީވެސް މިފަދަ ކަންކަމަށް އެހީތެރިވެދޭ ތަކެތި ކަމުގައިވީނަމަވެސް، ހަށިގަނޑުގައި އުފެދޭ ޖަރާސީމާއި ވިހަ، ހަށިގަނޑުން ބޭރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާއެއްޗަކީ ފެނެވެ. އާންމުކޮށްޖެހޭ ރޯގާތަކައި ހުން އައުމާއި ބޭރަށް ހިންގުންފަދަ ކަންކަމަށް އެންމެ ރައްކާތެރި ފަރުވާއަކީ ފެން ކަމުގައިވީއިރު ކުޑަކަމުދާ ނިޒާމަށް ޖެހޭ ތަފާތުބަލިތަކާއި އަލްސާފަދަ ސީރިއަސް މައްސަލަތަކަށްވެސް ފެނަކީ މުހިންމު ފަރުވާއެކެވެ. އެހެންކަމުން ފެނަކީ ހަމައެކަނި ދިރުމެއް ނުނެވެ. ފެނަކީ ފަރުވާއެއްވެސްމެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސްގެގޮތުގައި މުޙަންމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވައިފި

ގައި 11/11/2008


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސްގެގޮތުގައި އަލްފާޟިލް މުޙަންމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާކުރައްވައި، ކުރިއަށްއޮތް 5 އަހަރަށް މަޤާމާއި ޙަވާލުވެވަޑައިގެންފި. އަލްފާޟިލް މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި. އަލްފާޟިލް މުޙަންމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު. ހުވައި ލައިދެއްވި ވަގުތަކީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 10:16 ގައި.

ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ހުވައިގެ ލިއުމުގައި ސޮއިކުރެއްވި.

އެއަށްފަހު މިއަދުގެ ރަސްމިއްޔާތުގައި، މިއަދުން ފެށިގެން ކުރިއަށްއޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ކަމުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް މަޤާމުގެ ހުވައި ކުރެއްވި. އެމަނިކުފާނަށް ޤާނޫނީ ހުވައި ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު.
ހުވައި ކުރެއްވުމަށްފަހު ޑރ. މުޙަންމަދު ވަހީދު ޙަސަން މަނިކުވެސް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ކަމުގެ ޤާނޫނީ ހުވައިގެ ލިއުމުގައި ސޮއިކުރެއްވި.

ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކެވި. ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ކޮށްދެއްވިކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވި. އަދި ރައްޔިތުން ވޯޓްދެއްވީ މިރާއްޖޭގައި ހެޔޮ ވެރިކަމެއް ޤާއިމްކުރެއްވުމަށް ކަމަށާއި، އިރާދަކުރެއްވިއްޔާ ރައްޔިތުން އުންމީދުކުރާފަދަ ހެޔޮ ވެރިކަމެއް މިރާއްޖޭގައި ޤާއިމްކޮށްދެއްވާނެކަމުގެ ޔަޤީންކަން މުޙަންމަދު ނަޝީދު ދެއްވި. އަދި އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވި.

އަދި ސަރުކާރުގެ މަސައްކަތް އަވަސްކުރެއްވުމުގެ ގޮތުން، އެމަނިކުފާނު އެކުލަވާލައްވާފައިވާ ކެބިނެޓް ރައްޔިތުންގެ މަޖިލީހުން ވެވަޑައިގެންނެވި އެންމެ އަވަހަކަށް އެންޑޯޒް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމްގެ ވަދާޢީ ތަޤުރީރު ދެއްވަވައިފި

ގައި 11/10/2008


މިވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ލޯތްބަށާއި ޤަދަރަށާއި އިޙްތިރާމަށްޓަކައި ދިވެހިރައްޔިތުންނަށް ތަކުރާރު ކުރައްވައި ފަށްފަށުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޖު މައުމޫން ޢަބްދުލްޤައްޔޫމް ޝުކުރުއަދާކުރައްވައިފިއެވެ. އަދި އަބަދުވެސް އެމަނިކުފާނު ހުންނަވާނީ ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހި ދަރިއެއްގެ ގޮތުގައި ކަމަށާއި، ދިވެހި ލޮބުވެތި ފަސްގަނޑުގައި، މަތިވެރި ދިވެހި ދިދައިގެ ވިހުރުވުން ފެންނަ ހިސާބުގައި، ދިރިއުޅުން ވޭތުކުރެއްވުމުގެ އިޚްލާޞްތެރި ޢަޒުމުގައި ކަމަށް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރައްވައި، ދިވެހި ލޮބުވެތި ފަސްގަނޑުގައި ދިރިއުޅުން ވޭތުކުރެއްވުމުގެ ޢަޒުމު އާކުރެއްވީ، ރާއްޖޭގެ ރޭޑިޔޯ ސްޓޭޝަންތަކާއި ޓެލެވިޜަން ޗެނަލްތައް މެދުވެރިކުރައްވައި މިއަދު މެންދުރުފަހު 2 ޖެހިއިރު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަމުން ދެއްވި އެމަނިކުފާނުގެ ވަދާޢީ ތަޤްރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ރިޔާސީ 6 ދައުރު ނުހަނު ކާމިޔާބުކަމާއެކު އެމަނިކުފާނަށް ފުރިހަމަކުރެއްވިފައިމިވަނީ، މާތްﷲގެ ވާގިފުޅާއި ތައުފީޤާއެކު، ވަރަށް ގިނަ އިޚްލާޞްތެރި ބޭފުޅުންތަކެއް އެމަނިކުފާނާއެކު މަސައްކަތް ކޮށްދެއްވިކަމުން އަދި ޤައުމަށް ޚިދްމަތް ކުރެއްވުމުގައި، ގިނަ ބޭފުޅުންތަކެއް ވަފާތެރިކަމާއެކު އެމަނިކުފާނަށް އެހީތެރިވެދެއްވިކަމުން ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ތަޤްރީރު ކުރިޔަށް ގެންދަވަމުން، އެކި މުއްދަތުގައި، އެމަނިކުފާނުގެ ވަޒީރުންގެ ގޮތުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. ދައުލަތުގެ އެހެނިހެން އިސް މަޤާމުތަކުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރެއްވި ވަރަށްގިނަ އަދަދެއްގެ ދިވެހި ރައްޔިތުން، އަދިވެސް ތިއްބެވީ ހިތާމަޔާއި މާޔޫސްކަމުގައި އަދި ލޮލުން ކަރުނަ ހިލިފައިކަން އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ތިންހަތަރު ދުވަހު އެމަނިކުފާނާ ސަލާން ކޮށްލެއްވުމަށް ވަޑައިގެންނެވި އަދި އެނޫން ގޮތްގޮތުން ބައްދަލުކޮށްލެއްވި އެތައްހާސް ދިވެހި ރައްޔިތުންނެއްގެ ލޯފުޅުތަކުންނާއި މޫނުފުޅުތަކުން މިކަން ރަނގަޅަށް އެނގިގެންދިޔަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، އެމަނިކުފާނު އެމަޤާމުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނާއެކު މިކުރެއްވި ތާރީޚީ ދިގު ދަތުރުގައި، މާތްﷲގެ ވާގިފުޅާއެކު، ގިނަ ކަންތައްތަކެއް މިވަނީ ކާމިޔާބުކަމާއެކު ކުރެއްވިފައި ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ދޫކުރައްވާފައި މިވަޑައިގަންނަވާ ދިވެހިރާއްޖެއަކީ، އެމަނިކުފާނު މިޤައުމުގެ ކަންތަކާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ވަރަށްވުރެ މާ ކުރިއަރާފައިވާ، މާބޮޑަށް ތަރައްޤީވެފައިވާ، މާ ފުދުންތެރި ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެމަނިކުފާނު ނިންމެވި ކޮންމެ ނިންމެވުމެއް ނިންމަވާފައިވާނީ، ސޮއިކުރެއްވި ކޮންމެ ލިޔުމެއް ސޮއިކުރައްވާފައިވާނީ، ތަޞްދީޤު ކުރެއްވި ކޮންމެ ޤާނޫނެއް ތަޞްދީޤު ކުރައްވާފައިވާނީ، ތަޢާރުފު ކުރެއްވި ކޮންމެ ސިޔާސަތެއް ތަޢާރުފު ކުރައްވާފައިވާނީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ބިނާކުރައްވަމުން ގެންދެވުމުގެ ވިސްނެވުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމުގެ އެންމެމަތީ މަޞްލަޙަތުތައް ޙިމާޔަތްވެ އޮތުމުގެ ވިސްނެވުމުގައި، ޤައުމުގެ ކުރިމަގު އުންމީދީ ކުރެއްވުމުގެ ވިސްނެވުމުގައި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެއްވުމުގެ ވިސްނުމުގައި، ޤައުމުގެ ބަދަހިކަން ދެމެހެއްޓެވުމުގެ ވިސްނެވުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މިކަންކަން މިހެން ކުރެއްވުމަށް ކިތަންމެ ބޮޑަކަށް މަސައްކަތް ކުރެއްވި ނަމަވެސް، އެމަނިކުފާނު ކަނޑައެޅުއްވި ސިޔާސަތަކުން، އެމަނިކުފާނު ނިންމެވި ނިންމެވުމަކުން، ނުވަތަ ބައްލަވަންވީ ވަރަށް އެމަނިކުފާނަށް ނުބެއްލެވިގެން، އެއްވެސް ދިވެހި ރައްޔިތަކަށް ދެރައެއް، ހިތްދަތިކަމެއް، ވޭނެއް ނުޙައްޤު ގޮތުގައި ތަޙައްމުލު ކުރައްވަން ޖެހިވަޑައިގެންފައިވާނަމަ، އެކަމަށްޓަކައި އެމަނިކުފާނު ހިތާމަ ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކަށް ދިމާވެފައިވާނަމަ، ދިމާވި ރައްޔިތެއްގެ އަރިހުން އަޅުގަނޑު ދީލަތި މަޢާފަކަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން މިދެކޭ ދީމުޤްރާޠީ ހުޅުވާލުމާއި އިޞްލާޙުތަކަކީ، ޤައުމު ބިނާކުރުމުގައި ޤާއިމު ކުރެވުނު ވަރަށް އުސް ތަނބެއްގެ ގޮތުގައި ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. "ޢިލްމީ މުޖްތަމަޢެއް އުފަންވެ، އިޖްތިމާޢީ ހޭލުންތެރިކަން އަށަގަނެ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވުމުން، ދީމުޤްރާޠީ އިޞްލާޙުތަކާއި ސިޔާސީ އިޞްލާޙުތަކަކީ، ދެން އެންމެ ބޭނުންވާނެ ދާއިރާ ކަމުގައި ބަލައި، އެ ދާއިރާ އަޅުގަނޑު ޙަރަކާތްތެރި ކުރުވިން. އަދި އެ ދާއިރާއިން މާތްﷲގެ ވާގިފުޅާއެކު ވަރަށްބޮޑު ބައެއް މިވަނީ ކާމިޔާބު ކުރެވިފައި. ކަން ދިމާވި ގޮތުން، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވާން މިޖެހުނީ، އެމަސައްކަތްތައް އަދި މުޅިން ނުނިމި ވަނިކޮށް. އެހެން ނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހިންގެ އާ ޒަޢާމަތުގައި، އެ ކަންތައްތައް ރައްޔިތުންނަށް ޙާޞިލުވެގެން ދިޔުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު މުޚާޠަބު ކުރައްވާއިރު، ރާއްޖޭގެ ކުރިމަގާމެދު އެމަނިކުފާނަށް ކުރެއްވޭ އުންމީދުތައް ވަރަށް ގިނަ ކަމަށް ވިދާޅުވެ، އެމަނިކުފާނު ކުރައްވާ އުންމީދުތައް ހާމަކުރެއްވިއެވެ. އެ އުންމީދުތަކުގެ ތެރޭގައި ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ރައްކާތެރިވެފައި އޮތުމާއި، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މިލޮބުވެތި ޤައުމު އަބަދުމެ އޮތުމާއި، ދިވެހި ވަޠަނުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްވެފައި އޮތުމާއި، ބަދަހި ގުޅުމަކުން ދިވެހި ޢާއިލާތައް އަބަދުވެސް ގުޅިފައި އޮތުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ވަދާޢީ ތަޤްރީރުގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި، އެމަނިކކުފާނު ދެމިހުންނެވުމުގެ މުއްދަތު ނިމިގެން ދިޔަ ނަމަވެސް، ޤައުމަށް ޚިދްމަތް ކުރެއްވުމަށް އޮތް ފުރުޞަތު، މި ހިސާބުން ނިމުނީ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. "މިމަޤާމުން އަޅުގަނޑު މި ވަކިވަނީ، އަޅުގަނޑު މި މަޤާމަށް އައި ދުވަހަށްވުރެ މާ އުންމީދީ ހިތަކާއެކު. ރާއްޖޭގެ އެންމެ ފާގަތި ދުވަސްތައް، އަދި ކުރިއަށް އޮތީ ކަމަށް ގަބޫލު ކުރަމުން. ދިވެހި ރައްޔިތަކަށްވާތީ، އަޅުގަނޑަށް ލިބިދޭ، ދިވެހި ރައްޔިތެއް ކަމުގެ ލަޤަބަކީ، އަޅުގަނޑުގެ އެންމެ މަތިވެރި އުފާ ކަމުގައި، އަދި އަޅުގަނޑުގެ އެންމެ މަތިވެރި ފަޚުރު ކަމުގައި ގަބޫލު ކުރަމުން. ޤައުމުގެ ޚިދްމަތުގައި، އަދި ރައްޔިތުންގެ ޚިދްމަތުގައި މާތްﷲގެ ވާގިފުޅާއެކު ދެމިހުރުމުގެ ވަރުގަދަ ޢަޒުމުގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ތަޤްރީރުގައި، މާދަމާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާ އަލްފާޟިލް މުޙަންމަދު ނަޝީދަށާއި އެމަނިކުފާނުގެ ސަރުކާރަށް އިޚްލާޞްތެރި މަރްޙަބާ ތަކުރާރު ކުރެއްވިއެވެ. އަދި ޤައުމު އެކުވެރިކުރައްވާ، ޤައުމައިގެން ކުރިޔަށް ވަޑައިގަތުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. ދިވެހި ލޮބުވެތި ރައްޔިތުންނަށް، އުފާވެރި ކުރިމަގަކަށާއި، ދުޅަހެޔޮ ދުވަސްތަކަކަށް އެދިވަޑައިގެންނެވިއެވެ.


ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ތަހްނިޔާ އާއި މަރުޙަބާ ދަންނަވަމެވެ

ގައި 11/10/2008


މާދަމާއަކީ މިއަހަރުގެ އުފާވެރި ޖުމުހޫރީ ދުވަހެވެ. އެހެންކަމުން ދުވަހުގެ މުނާސަބަތުގައި މިބްލޮގް ބައްލަވާ އެންމެހައި ބޭފުޅުން ނަށާއި ރާއްޖޭގެ އެންމެހައި އަޚުންނާއި އުޚުތުންނަށް ތަހްނިޔާއާއި މަރުޙަބާ ދަންނަވަމެވެ.
ޖުމުހޫރީ ދުވަހަކީ ވަރަށް މުހިއްމު މުނާޞަބަތެކެވެ. އެދުވަހަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވު
ނު ބަދަލަކާއި ގުޅިގެން ފާހަގަކުރެވޭ ދުވަހެކެވެ. ރާއްޖޭގައި ކުރިން ހިންގަމުން އައިސްފައިވަނީ ރަސްކަމެއް ކަމަށްވެފައި، 1968 ވަނައަހަރުންފެށިގެން ހިނގަމުން މިދަނީ ޖުމްހޫރީ ވެރިކަމެކެވެ. ރާއްޖޭގެ ރައްޔިތުން ދާދިފަހުންވެސް ނިންމީ ރާއްޖޭއާއި އެންމެގުޅޭ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމްކަމުގައެވެ.

އާދެ ! ޖުމުހޫރީ ވެރިކަމުގެ އުޞޫލު ބިނާވެގެންވަނީ ރައްޔިތުން އިންތިޚާބުކުރާ ވެރިކަމެއްގެ މައްޗަށެވެ. އަޣުލަބިއްޔަތަށް ފެންނަގޮތެއްގެ މަތިން ޤައުމުގެ ކަންތައްތައް ގެންދާ އުޞޫލުގެ މައްޗަށެވެ. މިއީ އިސްލާމް ދީނުގައި މަޝްވަރާގެ އުޞޫލު ނިޔާކުރާގޮތްވެސް މެއެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުން މުސްލިމުން އެބައިމީހުން ގެ ކަންތައް ހިންގާނޭ ވަލިއްޔުލް އަމުރަކު އިންތިޚާބުކުރީ ، އެބައިމީހުންގެ މެދުގައި މަޝްވަރާކޮށް އަޣުލަބިއްޔަތަށް ފެނުނުގޮތެއްގެ މަތިންނެވެ.
މިއަދު އަޅުގަނޑުމެންވެސް ގުނަމުން މިދަނީ މިފަދައަޣްލަބިއްޔަތެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގަވާނެ ވެރިއަކު އިންތިޚާބުކޮށް ރާއްޖޭގެ ރައްޔިތުންނަށް މިވެރިކަމުގެ ދަށުން ލިބިދޭނެ ބާއްޖަވެރިކަމެއްގެ އިންތިޒާރު ގެ ނިމުން ފާހަގަކުރާ އެންމެފަހު ދުވަސްކޮޅެވެ. 11 ނޮވެމްބަރ 2008 ދުވަހުގެ ފަހުން ކުރިއަށް އޮތް 5 އަހަރުދުވަހަށް މިޤައުމުގެ ވަލިއްޔުލް އަމުރާއި ޙަވާލުވެ ވަޑައިގަންނަވާނީ އަލްފާޟިލް މުޙައްމަދު ނަޝީދެވެ. މުޅިން އައު ވެރިއެކެވެ. ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށް ގިނަބަޔަކު ބުނަމުން ތާއީދު ކުރަމުން އައި ބޭފުޅެކެވެ. އެހެންކަމުން އިސްވެ މަތާރަންފިލާގެ ނަމުގަޔާއި އަދި އަަޅުގަނޑުގެ އަމިއްލަނަމުގައި އެބޭފުޅާއަށް ޖުމުހޫރީ ދުވަހުގެ ތަހްނިޔާ ދަންނަވަމެވެ.
އަދި ހަމަމިނޭވާގައި މިޤައުމުގެ ސިޔާސީ ނައު މިއަދާހަމައަށް ވާސިލްވިއިރު ޤައުމުގެ އެންމެމަތީ ވެރިއަކަށް ހުންނެވުމަށް މާތްﷲ މިންވަރުކުރެއްވި ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ، އެމަނިކުފާނު މިއަދު އެދެއްކެވި ޑިމޮކްރަސީގެ ރިވެރި ނަމޫނާއަށް ޓަކައި އިޚްލާޞްތެރިކަމާއި އެކު އެމަނިކުފާނަށް ޝުކުރުދަންނަވަމެވެ. އަދި ހަމައެއާއިއެކު ޖުމްހޫރީ ދުވަހުގެ ތަހްނިޔާ އާއި މުބާރަކު ބާދީ އެމަނިކުފާނަށް އަރިސްކުރަމެވެ.
މިޤައުމުގެ އަމާންކަމާއި، މިނިވަންކަމާއި ، ސިޔާދަތާއި ، އިސްތިޤްލާލު ، ރައްކާތެރިކުރައްވާ މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށިއެވެ.

އެމެރިކާގެ ތާރީޚީ އިންތިހާބު ޑިމޮކްރެޓިކް ކެންޑިޑޭޓް ބަރަކް އޮބާމާ ކާމިޔާބު ކުރައްވާއިފި

ގައި 11/05/2008

އަވަސް ޚަބަރު

Senator Barack Obama and his family celebrate victory

އެމެރިކާގެ ރިޔާސީ އިންތިޚާބު ޑިމޮކްރެޓިކް ކެންޑިޑޭޓް ބަރަކް އޮބާމާ ކާމިޔާބު ކުރައްވައިފިއެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތަކުން އެކަން
ކަށަވަރުކޮށް ދެއްވާފައިވާއިރު، އިންތިޚާބުގައި އޮބާމާއާ ވާދަކުރެއްވި މެކެއިން ވަނީ ބަލި ޤާބޫލުކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ އެމެރިކާގެ 44 ވަނަ ރައީސްކަން ބަރަކް އޮބާމާ ކާމިޔާބު ކުރެއްވުމަކީ އެމެރިކާގެ ތާރީޚުގައި މުޅިން އާސަފުހާއެއް ހުޅުވިގެންދިޔަ ކަމެކެވެ. މިއީ ނަސްލީ ތަފާތުތައް ބޮޑު އެމެރިކާގައި ބަދަލަކަށް ރައްޔިތުން ދިން ވޯޓެއްކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު މިއަދުގެ މިހާތަނަށް އޮބާމާވަނީ 338 ވޯޓު %52 ހޯއްދަވާފައެވެ. އެއީ 55,811,791 ޖުމުލަ ވޯޓާއެކުގައެވެ. ޖޯޖް މެކޭން އަށް ލިބިވަޑައިގެންފައިވަނީ 156 އިލެކްޓޯރަލް ވޯޓް%47އެވެ. އެއީ 50,973,964 ޖުމުލަ ވޯޓާއެކުގައެވެ.

ޖޯޖް މެކޭން ބަލި ޤަބޫލުކުރެއްވިކަން އިޢުލާން ކުރައްވާފައިވާއިރު، ސަޕޯޓަރުންނާ ބައްދަލުކުރައްވާބަރަކް އޮބާމާ ވިދާޅުވެފައިވަނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ އޭނާއަށް ތާއީދުކުރެއްވިއެމެރިކާގެ ރައްޔިތުން ކަމަށެވެ.

ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓް - ހުރާ ދަރިކޮޅު (ދެވަނަ ފަހަރަށް) - 1773-1952 އަދި 1953-1968

ގައި 11/02/2008

ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) 1774
ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު 1774-1779
ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) 1779
ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) 1799-1835
ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) 1835-1882
ސުލްޠާން އިބްރާހީމް ނުރައްދީން 1882-1886 (ފުރަތަމަ ފަހަރު)
ސުލްޠާން މުޙައްމަދު މުޢީނުއްދީނު (ދެވަނަ) 1886-1888
ސުލްޠާން އިބްރާހީމް ނުރައްދީން 1888-1892 (ދެވަނަ ފަހަރު)
ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ) 1892
ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) 1892 (ފުރަތަމަ ފަހަރު)
ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ) 1892-1903
ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) 1903-1933 (ދެވަނަ ފަހަރު)
ސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) 1933-1943
ފުރަތަމަ ފަހަރު ޖުމުހޫރިއްޔާ އިޢުލާންކުރުން - 1952
ސުލްޠާން މުޙައްމަދު ފަރީދުދީދީ 1954-1968
ދެވަނަ ފަހަރު ޖުމުހޫރިއްޔާ އިޢުލާންކުރުން - 1968

ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓ ު- ދިޔަމިގިލީ ދަރިކޮޅު (ދެވަނަފަހަރަށް) - 1766ން1774

ގައި 11/02/2008


ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓް -ހުރާގޭ ދަރިކޮޅު - 1757ން1766

ގައި 11/02/2008


މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުރާގޭ ދަރިކޮޅު

ހުރާގޭ ދަރިކޮޅުގެ އަސްލު ނިސްބަތްވާ ރަށަކީ ކ.ހުރާ އެވެ. މިސްޓަރ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުން ހުރާގޭ ދަރިކޮޅުގެ ބިންގާ އަޅުއްވާފައިވަނީ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނާއި ހަމައިންނެވެ. އޭގެ ފަހުން ހުރާގޭ ދަރިކޮޅުގެ އެތަކެއް ބޭފުޅުންނެއް، ދިވެހިރާއްޖޭގެ ރަސްކަމާއި ވެރިކަން، އަދި އެންމެ އިސްވަޒީރުކަން ކުރައްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު - ދިޔަމިގިލީ ދަރިކޮޅު 1704ން1757

ގައި 11/02/2008


1692ންދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު- އިސްދޫ ދަރިކޮޅު -1704

ގައި 11/02/2008


ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓް - ޙަމަވީ ދަރިކޮޅު 1692

ގައި 11/02/2008


ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު - އުތީމު ދަރިކޮޅު - 1573ން1692

ގައި 11/02/2008

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުތީމު ދަރިކޮޅު

އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ. މި ކަޅު ޙަސަން ކަލޭގެ އަކީ އައްސުލްޠާން ކަޅު މުޙައްމަދު ގެ ރަސްކަމުގައި ސިޔާސީ ކުށުގައި ބާރަށަށް އަރުވާލެވުނު މާލޭ މީހެކެވެ. ނަމަވެސް މިއީ ތެދުކަމާމެދު މާގިނަ ހެއްކެއް ތާރީޚް އިލްމުވެރިންނަށް ލިބިފައެއް ނުވެއެވެ.


King Manoel 1573-1583 (second time) formerly Sultan Hassan IX
ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު and Hassan Thakurufan Co-Regents 1583-1585
King Joao 1583-1603
King Philippe 1603-1632
ސުލްޠާން އިބްރާހީމް (ތިންވަނަ) 1585-1609 de facto sultan but legally regent for Kings Joao and Philippe.
ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު 1609-1620 de facto sultan but legally Regent for King Philippe
ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) 1620-1632 de facto sultan but legally Regent to King Philippe.
ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) 1632-1648 Legally proclaimed sultan 1632.
ސުލްޠާން އިބްރާހީމް އިސްކަންދަރު 1648-1687
ސުލްޠާން ކުޑަ މުޙައްމަދު 1687-1691
ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު 1691-1692

ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު - ހިލާލީ ދަރިކޮޅު - 1388ން 1573

ގައި 11/02/2008

  1. މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިލާލީ ދަރިކޮޅު

ހިލާލީ ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. މިއީ އެޗްސީޕީ ބެލްގެ މޮނޮގްރާފް ގައި ބަޔާންކުރައްވާފައި ގޮތެވެ. ނަމަވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގެ މައްޗަށާއި އެދަރިކޮޅުތައް ފެށިގެން އައިގޮތުގެ މައްޗަށް ބަލާއިރު، ހިލާލީ ދަރިކޮޅު އަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަން ކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި ބަޔާން ކުރަން ޖެހެއެވެ.

ހިލާލީ ދަރިކޮޅު އަކީ ވެސް ރާއްޖެއިން ބޭރުން އައި ދަރިކޮޅަކުން ރާއްޖޭގައި އުފެދުނު ގޮތްޕެކެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ސުލްޠާން ޙަސަން އަލްހިލާލީ އެވެ. މިރަދުން އަކީ ރަސްކަމުގެ ސިލްސިލާގެ 30 (29) ވަނަ ރަދުންނެވެ. ހިލާލީ ދަރިކޮޅު ނިސްބަތްވާ ޙަސަން އަލްހިލާލީ އަކީ މަލާބާރުން އައިސް ކ.ހުޅުލޭ (ކުޑަރަށް ) ގައި ވަޒަންވެރިވެގެން ހުރި ހިލާލީ ދަރިކޮޅު ގެ ހިލާލީ ބަދުރުއްދީން އޭ ކިޔުނު މީހެއްގެ އަންހެންދަރިއެއްގެ މާމަ ދަރިއެކެވެ. ފަހަރު ގައި ހިލާލީ ދަރިކޮޅު އަކީ ޔަމަން ކަރައިން އައި ދަރިކޮޅަކަށް ވެސް ވެދާނެއެވެ. ސަބަބަކީ މިހާރު ވެސް ޔަމަނުގައި އަލްހިލާލީ އޭ ކިޔޭ މަޝްހޫރު ދަރިކޮޅެއް އޮންނާތީ އެވެ. ޔަމަން އާއި ދިވެހިރާއްޖެ އަކީ 14 ވަނަ ގަރުނުގައި ވަރަށް ބޮޑަށް ގުޅިފައި އޮތް ދެގައުމެވެ.

ސުލްޠާން ޙަސަން އަލްހިލާލީ 1388-1398
ސުލްޠާން އިބްރާހީމް 1398 (ފުރަތަމަ ފަހަރު)
ސުލްޠާން ޙުސައިން 1398-1409
ސުލްޠާން ނާޞިރުއްދީނު 1409-1411
ސުލްޠާން ޙަސަން (ދެވަނަ) 1411
ސުލްޠާން ޢީސާ 1411
ސުލްޠާން އިބްރާހީމް 1411-1421 (ދެވަނަ ފަހަރު)
ސުލްޠާން ޢުޘްމާނު (ދެވަނަ) 1421
ސުލްޠާން މުޙައްމަދު 1421
ސުލްޠާން ޔޫސުފު (ދެވަނަ) 1421-1443
ސުލްޠާން އަބޫބަކުރު (އެއްވަނަ) 1443
ސުލްޠާން ޙާޖީ ޙަސަން 1443-1467 (ފުރަތަމަ ފަހަރު)
ސުލްޠާން ސައްޔިދު މުޙައްމަދު 1467
ސުލްޠާން ޙާޖީ ޙަސަން 1467-1468 (ދެވަނަ ފަހަރު)
ސުލްޠާން މުޙައްމަދު (ދެވަނަ) 1468-1480
ސުލްޠާން ޙަސަން (ހަތަރުވަނަ) 1480 (ފުރަތަމަ ފަހަރު)
ސުލްޠާން ޢުމަރު (ދެވަނަ) 1480-1484
ސުލްޠާން ޙަސަން (ފަސްވަނަ) 1484-1485
ސުލްޠާން ޙަސަން (ހަތަރުވަނަ) 1485-1491 (ދެވަނަ ފަހަރު)
ސުލްޠާން ޝައިޚު ޙަސަން (ހަވަނަ) 1491-1492
ސުލްޠާން އިބްރާހީމް (ދެވަނަ) 1492
ސުލްޠާން ކަޅު މުޙައްމަދު 1492 (ފުރަތަމަ ފަހަރު)
ސުލްޠާން ޔޫސުފު (ތިންވަނަ) 1492-1493
ސުލްޠާން ޢަލީ (ހަތަރުވަނަ) 1493-1495
ސުލްޠާން ކަޅު މުޙައްމަދު 1495-1510 (ދެވަނަ ފަހަރު)
ސުލްޠާން ޙަސަން (ހަތްވަނަ) 1510-1511
ސުލްޠާން އަޙްމަދު ޝަރީފު އަލްމައްކީ 1511-1513
ސުލްޠާން ޢަލީ (ފަސްވަނަ) 1513
ސުލްޠާން ކަޅު މުޙައްމަދު 1513-1529 (ތިންވަނަ ފަހަރު)
ސުލްޠާން ޙަސަން (އަށްވަނަ) 1529-1549
ސުލްޠާން މުޙައްމަދު (ތިންވަނަ) 1549-1551
ސުލްޠާން ޙަސަން (ނުވަވަނަ) 1551-1552 (ފުރަތަމަ ފަހަރު) މަސީހީ ދީނަށް ބަދަލުވެ ނަމަކަށް މެނޯއެލް އިޚްތިޔާރުކުރުން
Interregnum 1552-1554
ސުލްޠާން އަބޫބަކުރު (ދެވަނަ) 1554-1557

Interregnum 1558 - 1573

ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު - ހޯމަ ދަރިކޮޅު ނުވަތަ ތީމުގޭ ދަރިކޮޅު - 1117 ން 1388

ގައި 11/02/2008

ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނު

ގައި 11/02/2008



ބައްޕާފުޅަކީ : އަތިރީގޭ އަލްއަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަލްއަމީރު އަހުމަދު ދޮށިމޭނާކިލެގެފާނެވެ
މަންމާފުޅަކީ : ރޯނުގޭ ޢާއިސަތު ދީދީ އެވެ.
އުފަންވިތާރީޚް އަކީ: 13 ރަޖަބް 1328 ހޖ ( 20 ޖުލައި 1910 މ ) ބުރާސްފަތި ދުވަހުއެވެ.
ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ: މީލާދީން 1932 ވަނަ އަހަރުގައެވެ.

މުޙައްމަދު އަމީން ދީނީ ތަޢްލީމް ޙާސިލް ކުރެއްވީ ބުޗާކަޅުތުއްތު އާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެ ފާނާއި ފަޟީލަތުއްޝައިޚް ހުސައިން ރަހާ ( އައްޑު އަތޮޅު ހިތަދޫ ) ގެ އަރިހުންނެވެ. އިގިރޭސި ތަޢްލީމް ޙާސިލް ކުރައްވަން ފެއްޓެވީ ބައްޕާފުޅު އަލްއަމީރު އަހުމަދު ދޮށިމޭނާ ކިލެގެފާނު އަރިއަހުންނެވެ. އުމުރުފުޅުން 10 އަހަރުފުޅުގައި ސިލޯނަށް ވަޑައިގެން ސިލޯނުގެ ސެންޓް ޖޯސަފާއި ސެންޓް ޖޯންސް ކޮލެޖުން އިގިރޭސި ތަޢްލީމް ޙާސިލްކުރެއްވުމަށްފަހު އިންޑިއާއަށް ވަޑައިގެން އިންޑިއާގެ އަލީގަލް ޔުނިވަރުސިޓީން ތަޢްލީމް ޙާސިލްކުރެއްވުމައްފަހު އެޔުނިވަރުސިޓީން މެޓްރިކިއްލޭޝަން ފާސްނެންގެވުވާއި އެކު އޭރު ރާއްޖޭގެ ސަރުކާރުހިންގެވުމުގެ ހުންގާނުގައި ހުންނެވި އަލްއަމީރު ޢަބުދުލް މަޖީދު ރަންނަ ބަޑޭރި ކިލެގެފާނުގެ ލަފާފުޅު މަތިން ރާއްޖެ ވަޑައިގަތެވެ. އެއީ 1932 ވަނައަހަރުއެވެ. އެދުވަސްވަރަކީ ދިވެހިރާއްޖޭގެ ޤާނޫ ހެދުމުގެ މަސައްކަތް ހަލުވިކަމާއިއެކު ސަރުކާރުން ގެންދިޔަ ދުވަސްވަރު ކަމައްވާތީ ރާއްޖޭގައި ތަޢްލީމީ މީހުން މަދުކަމާއިއެކު އައްސުލްޠާން މުހައްމަދު ޝަމްސުއްދީން އުފެއްދެވި ކޮމެޓީއަށް ޢައްޔަން ކުރެއްވި ބޭފުޅަކަށްވުމާއި އެކު ފުރަތަމަ އަދާކުރެއްވިވަޒީފާ އަކީ އެއީ ކަމުގައި ވެއެވެ. 11 ޝައްވާލް 1350 ގައެވެ. މުހައްމަދު އަމީނަކީ ދައުލަތާއި ސަރުކާރަށްޚިދުމަތްކުރެއްވުމުގައި ވަރުގަދަ ޢަޒްމަކާއި އެކު ފައިތިލަ ސާބިތު ކުރައްވައިގެން ދިވެހިރާއްޖެ ކުރި އެރުއްވުމާއި ތަރައްޤީއަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދެވިބޭފުޅެކެވެ. މުހައްމަދު އަމީން ދައުލަތާއި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި ދުވަސްވަރަކީ ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަމަށްވާތީ މުޅިދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމައިގެ ހިތާމަވެރި އެކިއެކި ޙާދިސާތައް ކުރިމަތިވަމުންދަނީ އިންތިޙާއަށެވެ. އެހަނގުރާމައިގައި ދިވެހި އެތައް ދަރިންނެއް މިދުނިޔެ ދޫކޮށް ދިޔަނަމަވެސް އެމަނިކުފާނު ވާޖިބު އަދާކުރެވުމަށް ފަސްޖެހިވަޑައިނުގެން ސާބިތުކަމާއެކު ދިވެހި ޤައުމު ހިންގެވުމުގައި ރެއެއް ދުވާލެއްނެތި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިވެހި ރައްޔިތުންނައްޓަކައި މަސައްކަތްކުރައްވަމުންގެންދެވިއެވެ. މުހައްމަދު އަމީނު ރާއްޖެ ހިންގުމުގެ ޚާއްސައެއްސިފައަކީ ރާއްޖެތެރޭގެ ރަށްތައް ދިރުއްވާ އާލާކޮށް ރައްޔިތުންގެ ޙައްޤުތައް ހޯއްދަވާދެއްވުމާއި މާލެއާއި ރާއްޖެތެރޭގެ ޒަމާނުންސުރެ އޮންނަ ބޯދާ އާދަކާދަތައް ނައްތާލުމަށް މަސައްކަތް ކުރެއްވުމާއި ރާއްޖޭގެ ކޮންމެ ރަށެއްގައި މަދަރުސާއެއް އުފެއްދެވުމާއި ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެކުދިން ބޮޑު އަތޮޅަކުން ތިންކުދިން ސަރުކާރުން ހިންގާބޯރޑިންގ އެއް އުފައްދަވާ މަޖީދިއްޔާއިން ތަޢުލީމް ދެއްވަންފައްޓަވާފައެވެ. އަދި ރާއްޖޭގެ ކޮންމެރަށަކުން އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް މާލެ ގެންނަވާ މާލޭގެ ގޭގޭގައި ބައިތިއްބަވައިގެން ސަރުކާރު ޙަރަދުގައި މާލޭގެ ހަތަރު އަވަށުގެ މަދަރުސާތަކުގައި ތަޢުލީމް ދެއްވަންފެއްޓެވިއެވެ. މިއީ ރާއްޖެ ތެރެއަށް ތަޢްލީމް ފެތުރިގެންދިއުމަށް ލިބުނު ފުރަތަމަ މަޝްރޫޢްއެވެ. މިމަޝްރޫޢު ވަރަށް ކާމިޔާބުކަމާއި އެކު ހިނގަމުންދިޔައެވެ. އެމަޝްރޫޢު ގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ބައެއް ބޭފުޅުން މިހާރުވެސް ދުނިޔޭގައި ދިރިއުޅެމުން ސަރުކާރުގެ އިސްމަޤާމް ތައް ފުރުއްވަމުން ގެންދަވާކަން ފާހަގަ ކުރަމެވެ. އެއީ އެމަނިކުފާނު ރާއްޖެތެރެ ކުރިއަށް ގެންދިއުމަށްޓަކައި ފައްޓަވައިދެއްވި ބިންގަލެކެވެ. ޙާއްސަކޮށް އަންހެނުން ސިޔާސީ މައިދާނަށް ނެރެ ސަރުކާރުގެ ވަޒީފާތަކަށް އަހުލުވެރިކުރުވުމާއި ރުއްގަސް ހެއްދެވުމަށް އުޞޫލުތަކެއް ތަޢާރަފް ކުރައްވާ ކަނޑާކޮންމެރުކަކަށް ދެރުއް އިންދާ ރޯކުރުމަށް ފަހުގައި މެނުވީ ރުއްކަނޑާ ނުދޭގޮތަށް ހަމަޖެއްސެވިއެވެ. މީގެއިތުރުން ވެސް މުހައްމަދު އަމީން ސަރުކާރުހިންގެވުމުގައި ވަރަށް ގިނަ ގުނަ ކަންތައްތަކެއް ކުރައްވާފައިހުރިކަން މުހައްމަދުއަމީން އާއި ބެހޭގޮތުން ލިޔެފައިވާ ފޮތްތަކުގައި ސާއިޢު ކުރައްވާފައި ހުރިކަން މިފުރުސަތުގައި ފާހަގަކުރަމެވެ.
މުހައްމަދު އަމީނުގެ ތަޢުލީމީ ދާއިރާއަށް ނަޒަރުހިންގާލާއިރު އެމަނިކުފާނަކީ އެޒަމާނުގެ އެންމެހިނގާ އެއްޝަޚުސިއްޔަތެވެ. އެއީ ވާހަކަ ދެއްކުންކުންތެރިކަމުގެ ރަންދުލުގެވެރިޔާއެވެ. އަދިލިޔުންތެރިކަމަށްބަލާއިލާއިރު ކުޅަދާނަ ދިވެހި އަދީބެކެވެ. ލިޔުންތެރި އެއްވެސްމެއެވެ. ވަރަށްގިނަތާރީޚީ ލިޔުންތަކާއި ދިވެހި ބަހުގެ ޤަވައިދު ފޮތްތަކާއި މަޒުމޫނުތަކާއި ނޫސް، މަޖައްލާ އުފައްދަވާ ލިޔުންތައް ޗާޕްކުރައްވާ ޝާޢިއުކުރައްވަމުންގެންދެވި އެވެ. އަދި ޚާއްސަކޮށް ދިވެހި ރައްޔިތުންގެ ސިއްޚީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދިވެހި ބޭސްކުރިއަރުވާ ޑޮކްޓަރީ ފަރުވާ ރާއްޖެ އަށް ތަޢާރަފްކުރައްވާ ޢާންމުކުރެއްވިއެވެ.
މުޙައްމަދު އަމީނުގެ ވެރިކަމުގައި ރާއްޖޭގައި މަސްވެރިކަމާއި އަތްތެރިމަސައްކަތްކުރި އެރުމާއި ރަށްވެހިކަން އާލާކޮށްދިރުވުމާއި،ކުޅިވަރުގެ ރޫޙު ރައްޔިތުންގެ ހިތްތަކުގައި އަށަގެންނެވުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ތަފާތު އެކިއެކި ވާދަވެރި މުބާރާތް ތައް ބާއްވަމުން ގެންދެވިއެވެ. އެދުވަސްވަރު ރާއްޖޭގެ ޒުވާނުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ މަޤްޞަދުގައި ކުޅިވަރުގެ ދަނޑުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން މުބާރާތްތަކުގެ ރެފްރީކަމާއި އަމްޕަޔަރުކަމާއި ޖަޖްކަން ކުރައްވާފައިވެއެވެ. އަދިއިތުރަށް ކުޅުންތެރިންނާއެކު ވާދަކުރައްވާ މަޤާމް ތަކާއި ވަނަތައް ހޯއްދަވާފައިވެއެވެ.
މުހައްމަދު އަމީނުގެ ޢުމްރާނީ ތަރައްޤީއަށް ކުރައްވާފައި ހުރި ކަންކަމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމުގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ އިލެކްޓްރިކް މަސައްކަތް ފައްޓުވާ ދިއްލުން ޢާންމުކުރެއްވިއެވެ. އެންމެ ފުރަތަމަ ވައިރުކުރެއްވީ ނާދީތަމައްދުނުގައެވެ. އޭގެފަހުން މާލޭގެ އޮފީސްތަކާއި މަގުމައްޗާއި ޢާންމުގޭގެއަށް އިލެކްޓްރިކް އަލިކަން ފޯރުކޮށްދެއްވަންފެއްޓެވިއެވެ.

އެމަނިކުފާނަކީ ޤައުމުދެކެ ލޯބިފުޅުވާ ދިވެހިރައްޔިތުންނަށް ހެވާއި ލާބަޔާއި މަންފާއެދި ހުންނެވި ބޭފުޅަކަށްވީހިނދު ޤާނޫނީ ހުކޫމަތުގެ މަތިން ދިވެހި ސަރުކާރު ހިންގަވަންހުންނެވި ބޭފުޅަކަށްވާތީ ސިޔާސީގޮތުން ބަލާއިރު ދިވެހިދަޢުލަތާއި އިގިރޭސި ދަޢުލަތާއި ދެމެދު ކޮށްފައިވާ އެގްރީމެންޓް އާކުރައްވާ ޒަމާނުންސުރެއް ދިވެހިރާއްޖޭގައި ކުރަމުންއައި ވިރާސީ ރަސްކަން އުވާލައްވާ ސީދާ ރައްޔިތުން ބައިވެރިވާ ޖުމްހޫރީވެރިކަމަކަށް ބަދަލުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީ އުފައްދަވައި ޕާރޓީގެ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.
އާކުރެވުނު ދިވެހި ދަޢުލަތާއި އިގިރޭސި ދަޢުލަތާއި ދެމެދު ހެދުނު އެގްރީމެންޓްގައި 23 އޭޕްރީލް 1948 ގައި އިގިރޭސި ސަރުކާރުގެ ފަރާތްޕުޅުން ސޮއި ކުރެއްވީ އިގިރޭސި ހައިކަމިސްނަރ ސަރ ސިސިލް ސާރޔެސް އެވެ. އަދި ދިވެހި ސަރުކާރާއި އިގިރޭސި ސަރުކާރާއި ދެމެދު ކުރެވިފައި އޮތް އެގްރިމެންޓް އަށް ބަދަލުގެންނަވާ އިސްލާޙުކުރައްވާ މިއެއްބަސްވުމަށް އެއްބަސްވީ 1 ޖަނަވަރީ 1953 ގައެވެ. މި އެގްރިމެންޓްގައި ސޮއިކުރެވުނީ ފުރަތަމަޖުމްހޫރީ ދަޢުލަތް ޢިއްލާންކުރި ދަރުބާރުގެ، ދާރުލްޢުލޫމްގައި އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި އެވަގުތު އިގިރޭސީންގެ ދެމަތިންދާބޯޓް ދާރުލްޢުލޫމްގެ މަތިން އުދުހިފައިދިޔައެވެ. މުހައްމަދު އަމީނު ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތައް ރާއްޖެއިން ބޭރުގެ މެހްމާނުން ނާއި ރާއްޖެތެރޭގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި ރާއްޖޭގައި ތިއްބެވި ވިޔަފާރިވެރިނަށް ދަޢުވަތު ދެއްވާ ވަރަށް ފުރިހަމަ ރަސްމިއްޔާތެއްބާއްވާފައިވެއެވެ. އެރަސްމިއްޔާތަކީ ރާއްޖޭގައި އޭރު ފާހަގަ ކުރެވުނު އެންމެ ފުރިހަމަ ރަސްމިއްޔާތެވެ. މުހައްމަދު އަމީނު ރާއްޖޭގެ ޖުމްހޫރިއްޔަތާއި ޙަވާލުވެ ވަޑައިގެން ފުރަތަމަވެސް ފެއްޓެވި މަސައްކަތްޕުޅަކީ ރާއްޖެތެރޭގެ ކަންކޮޅުތަކަށް ވަޑައިގެން ރާއްޖޭތެރޭގެ ރައްޔިތުންގެ ޙާލު އަހުވާލުބައްލަވާ ރައްޔިތުން އެކުވެރިވެ ތިބުމައް ބާރު އަޅުއްވާ ތަޤްރީރު ދެއްވާ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށްދިމާވަމުންދާ ތަދުމަޑުކަމާއިމެދު ރައްޔިތުން ނަށް ނަސޭހަތްތެރިވެ ކާބޯތަކެއްޗާއި މޭވާ އަޅާގަސް އިންދާހެއްދުމަށް ބާރު އެޅުއްވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެކުވެރިކަން އާލާކުރެވޭނީ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންކަމުގައި ފާހަގަކުރައްވާ ކުޅިވަރު ހާއްސަކުރައްވާ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަކީ ކޮބައިތޯބައްލަވާ އެކަމަށް ބޭނުންވާނެ ވަސީލަތް ޤާއިމްކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ރީތީގެ މުބާރާތެއް ބޭއްވުނީވެސް މުހައްމަދު އަމީނުގެ ވެރިކަމުގައެވެ. އެމަނިކުފާނަކީ ވިސްނުންތެރި ވާހަކަފުޅު ދެއްކެވޭ ހީވާގި ކެރޭ މުރާލި ބޭފުޅެކެވެ. ވުމާއިއެކު ސަރުކާރުހިންގުމުގައި އެމަނިކުފާނު ހުރިހާކަމެއްވެސް ޙައްލުކުރައްވަމުން ގެންދެވީ ސަރުކާރު ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި ކަންކަމާއިގުޅޭ ފަންނީ ބޭފުޅުންނާއި ވާހަކަދައްކަވާ މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރަމުންނެވެ. އެމަނިކުފާނު ވެރިކަމުގައި ރާއްޖޭހިންގުމުގައި ދިމާވި އެންމެބޮޑު މަސްއަލަތަކަކީ 1939 ވަނަ އަހަރު އިއުލާންކުރެވުނު ދެވަނަބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑު އަތޮޅަށް އިގިރޭސި ސިފައިން ފޭބުމުން ދިވެހި ދަޢުލަތާއި ވަރަށްބޮޑު ދެކޮޅުވެރިކަމެއް އައްޑުއަތޮޅުގައި އުފެދި އެކަން ޢަމަލީގޮތުން ހަމަޖައްސަވައި އެހަމަނުޖެހުމުގައި ބައިވެރިވި މީހުން ގެންނަވާ ޝަރީޢަތުގައިވާގޮތުގެ މަތިން އެބައިމީހުންނަށް ދޭންވާ ހައްޤުއަދަބު ދެވުނެވެ. މުހައްމަދު އަމީނުގެ ރައީސްކަމުގައި 1951 ގައި ދިވެރައްޔިތުންގެ ތެރެއިން ބައެއްމީހުން ޒަމާނުންސުރެ ބޭނުންކުރަމުން އައި ދުންފަތުގެ އިސްތިޢުމާލް ކުރުން މަނާކުރެއްވިއެވެ. އަދި މަޝްހޫރު ތިލަދުންމަތީ ގަޑުބަޑުގައި މާލެއަށް އައިއުޅަނދުތައް މައިތިރިކުރެއްވުމަށް އަމިއްލަފުޅުގޮތުން ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. މުހައްމަދު އަމީނު ކޮޅުބަށް ވަޑައިގެން ހުންނަވަނިކޮން ސަރުކާރުހިންގެވުމުގައި އިސްކޮން ތިއްބެވި ބައެއްބޭފުޅުން ޚިޔާލް ތަފާތުވެ ވެރިކަން ބޭނުންވެގެން އުޅުނު ބައެއްމީހުންނާއި ދެމުދު ހިނގާދިޔަ މަސްއަލައާއި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށްދިމާވި މާލީ ދަތިކަމާއި ގުޅިގެން 21 އޮގަސްޓް 1953 ވީ ހުކުރުދުވަހު އެމަނިފާނު ރާއްޖެ ވަޑައިގެންނެވި ވަގުތު މާލޭގެ ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވި އެއްވުމުގެ ސަބަބުން މާލެއަތޮޅު ވިހަމަނާފުއްޓަށް ވަރަށް އިހާނެތިގޮތެއްގައި ތަޅާ އަނިޔާކުރުމައް ފަހު ގެންދެވުނެވެ. ރާއްޖޭގެ ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް އަބަދުވެސް ގިނަގުނަ ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތި ވަމުންދާބައެއްކަން ރާއްޖޭގެ ރާއްޖޭގެ ތާރީޚުން ފެންނަން ހުރެއެވެ. އެގޮތުން މުހައްމަދު އަމީނުގެ ވެރިކަމަށް ދިމާވި ހުރަސްތަކާއި ގޮންޖެހުން ތަކުގެ ސަބަބުންނާއި ދެވަނަ ބޮޑު ހަނގުރާމައިގައި ދުނިޔޭގެ ކަންކޮޅުތަކަށް ދިމާވި ތަދުމަޑުކަމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ އެމަނިކުފާނު ވެރިކަމުން ދުރުކުރެވުނެވެ. އެހެން ވުމާއި އެކު ޖުމްހޫރީވެރިކަމާއި ސިޔާސީ ޕާރޓީ އެހާހިސާބުން ކަފުންކޮށް ވަޅުލަންޖެހުނީ ދިވެހި ދައުލަތާއި ދިވެހިވެރިކަމަށް ދަހިވެތިވެ ފެންބޮވައިގެންފައި ތިބި ދިވެހިޚާއިނުން ތަކެއްގެ ސަބަބުންނެވެ.