އަލްފާޟިލް އިލްޔާސް އިބްރާހިމް

ގައި 12/10/2008

އަލްފާޟިލް އިލްޔާސް އިބްރާހިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ސެޕްްޓެމްބަރ 1945 ގައެވެ. ބައްޕާފުޅަކީ ތުޅާދޫގޭ އިބްރާހިމް ދޮންމަނިކުއެވެ. މަންމާފުޅަކީ ހައްވާ އާދަމް ހިމިތީ ( ހައްވާމަނިކެ ) އެވެ. ތަޢުލީމް ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލް އިންނެވެ. އަލްފާޟިއިލްޔާސް އިބްރާހިމްއަކީ ކޮންމެފަދަ ބޭފުޅަކާއި ގުޅުންބަހައްޓާ ޢާއްމުރައްޔިތުންގެ ވަރަށްގާތްއެކުވެރި ސަރުކާރަށް ވަފާތެރި އިޚްލާސްތެރި ބޭފުޅެކެވެ. އަލްފާޟިއިލްޔާސް އިބްރާހިމްއަކީ ދިވެހިރާއްޖޭގެ ދެވަނަޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް ނާސިރުގެ ވެރިކަމުގައިވެސް ވަރަށް ގިނަ މަތީމަޤާމް ތަކެއް ފުރުއްވި ތެދުވެރި އިޚްލާސްތެރި ދިވެހި ދަރިއެކެވެ. އަދި ދެވަނަޖުމްހޫރިއްޔާގެ ދެވަނަރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމްގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރެއްވި ޚިދުމަތްތެރި ވަފާތެރި ބޭފުޅެކެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމްފުރަތަމަ ސަރުކާރަށް ޚިދުމަތް ފައްޓަވާފައިވަނީ ރާއްޖޭގެ ދެވަނަޖުމްހޫރިއްޔާގެ ތެރޭގައެވެ. އެދުވަސްވަރު ސަރުކާރުގައި ވަޒީފާއަދާކުރެއްވުމުގެ ގޮތްތަކާއި އުސޫލްތައް މިއަދާއަޅާބަލާއިރު ވަރަށްތަފާތެވެ. ނަމަވެސް އެދުވަސް ވަރު އިލްޔާސް އިބްރާހިމް ވަޒީފާއަދާކުރެއްވުމުގައި ގެންގުޅުއްވިގޮތްތަކެއްގެ ސަބަބުން އަލްފާޟިލް އިބްރާހިމްނާސިރުގެ އެންމެ އަރިސްބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުލިބިފައިވެއެވެ. އަދި އަލްފާޟިލް އިބްރާހިމްނާސިރު އެންމެ އިތުބާރުކުރައްވާ އިބްރާހިމްނާސިރު ސޮއިކުރައްވަންޖެހޭ ބައެއްލިޔުންތަކުގައި ސޮއިކުރެއްވުމުގެ އިޚްތިޔާރު ދެއްވާފައިވާ ބޭފުޅަކީ ހަމައެކަނި އަލްފާޟިލް އިލްޔާސް އިބްރާހިމްއެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމް އަކީ ޢާއްމުރައްޔިތުންނަށް ވަރަށް ދީލަތިބޭފުޅެކެވެ ދެރަމީހެއް މޮޅުމީހެއް ބެލުމެއްނެތި ޢާއްމުރައްޔިތުންނާއި ގުޅުންބަހައްޓަވާ ބޭފުޅެކެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމް ގުޅުންބަހައްޓަވާ އެއްވެސްބޭފުޅަކާއި ގުޅުންނުކަޑާ އެކުވެރިކަން އާލާކުރެއްވުމަށް ގިނަމަސައްކަތްތަކެއްކުރައްވާކަން ފާހަގަކުރެވެއެވެ. ރާއްޖެތެރެއާއި ބެހޭ ވުޒާރާގެ ވަޒީރުކަމާއި ޙަވާލުވެ ހުންނެވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކައް އަރައިވަޑައިގެން އެރައްރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބި އެރައްރަށުން ގާތްއެކުވެރީން ހޯއްދަވާފައިހުންނެވިކަން ފާހަގަ ކުރެވެއެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމް ސަރުކާރުގެ ވަޒީފާއަދާކުރެއްވުމުގައި ފާހަގަކުރެވުނު ބައެއް ކަންކަން ވަނީފެނިފައެވެ. އަލްފާޟިލް އިލްޔާސް އިބްރާހިމްއަށް ވަޒީރުކަން ފުރަތަމަ ލިބިވަޑައިގަތީ 11 ނޮވެމްބަރ 1982 ގައެވެ. އެއީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖުލިސް މެމްބަރެއްގެ ގޮތުން ގިނަދުވަސް ތަކެއްވަންދެން ޚިދުމަތްކުރައްވާފައިވެއެވެ. އަދި ޑިފެންސް މިނިސްޓްރީގެ ނައިބުކަމާއި ސިފައިންގެވެރިޔާގެ ނައިބުކަމާއި އެސްޓީއޯގެ މެނެޖިންގ ޑިރެކްޓަރ ކަން ހިންގަވާފައި ވަނީ އިޚްލާސްތެރިކަމާއިއެކުގައިކަން ފާހަގަކުރެވެއެވެ. އަދިމނޫނަސް އެތަކެއް ވުޒާރާތަކުގެ ވަޒީރުކަން ކުރެއްވިއެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމްއާއި ސަރުކާރުން ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް އިޚްލާސްތެރިކަމާއިއެކު ކުރެއްވުމަކީ އެމަނިކުފާނުގެ ހޮބީއެކެވެ. މިގޮތުން ފާހަގަކުރެވުނު މަސައްކަތުގެ ތެރޭގައި އެސްޓީއޯއާއި ހަވާލުވެ ހުންނެވިއިރު ލ. އަތޮޅުގެ ބައެއް ރައްތައް އެއްފަސްކޮއް މަގުތައްހެއްދެވުމާއި ކައްދޫ އެއާރޕޯޓާއި ހަނިމާދޫ އެއާރޕޯޓާއި އެޓޮލް މިނިސްޓްރީ ހިންގެވިއިރު ރާއްޖެތެރޭގެ ރަށުއޮފީސްތައް ހެއްދެވުމާއި ހެލްތް މިނިސްޓްރީ ހިންގެވިއިރު ރާއްޖެތެރޭގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފުރިހަކަމާއިއެކު ކުރެއްވިއެވެ. އެމަނިކުފާނު ކުރައްވާ ކޮންމެކަމެއް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވެއެވެ.

އަލްފާޟިލް އިލްޔާސް އިބްރާހިމްއަކީ ސިޔާސީ ގިނަޙަރަކާތްތަކެއްގައި ބައިވެރިވެ ކާމިޔާބުކަމާއިއެކު ކުރިހޯއްދަވައިފާބޭފުޅެކެވެ. 7 އޯގަސްޓް 2008 ގައި ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ސަރުކާރު ހިންގުމަށް ގެނެވުނު ބޮޑު ބަދަލާއި ގުޅިގެން ރައްޔިތުންގެ މަޖުލިސްގައި ސަރުކާރާއި އިދިކޮޅުފަރާތްތަކުން ދައްކާ ގިނަވާހަކަތައް އަމާޒުވެގެންދަނީ ސީދާ އިލްޔާސް އިބްރާހިމްއަށެވެ. ނަމަވެސް މިކަމުގައި ސީދާ އެމަނިކުފާނު ޖަވާބު ދާރީ ވަނީ ސާބިތުކަމާއި އެކުގައެވެ. އަދި ބައެއް ރައްރަށުގައި ދިރިއުޅެމުންގެންދާ އިދިކޮޅުފަރާތްތަކުން އެމަނިކުފާނަށް ބަހުގެ ހަމަލާތަކާއި މަލާމާތުގެ ބަސްތައްވަނީ ރައްދުކޮއްފައެވެ. މިކަމަށްވެސް އެމަނިކުފާނު ޖަވާބު ދެއްވަނީ ވަރަށް ކެރިހުންނަވައިގެން އެބަޔަކު ރުޅިނާންނަ ފަދަ ސާދާ ބަހުރުވައިންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމަނިކުފާނު އިސްވެ ރިޔާސަތު ބެލެހެއްޓެވި ގިނަޖަލްސާތައް ބޭއްވިފައިވެއެވެ. އެމަނިކުފާނު ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާއިރު މީހުން އަޑުއަހާ ފަދަ ޢިބާރާތަކުން ވާހަކަފުޅު ދައްކަވާކަމީ އެމަނިކުފާނުގެ ކިބައިގާހުންނަ މާތްސިފައެކެވެ. އަޅުގަޑު ދެކޭގޮތުގައި އެމަނިކުފާނު އަރިހުގައި މަސައްކަތްކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަދި މަސައްކަތްކުރަންވީގޮތް ވަރަށް ރަގަޅަށް އޮޅުންފިލުވައިދެއްވައެވެ. ( އަޅުގަނޑަކީވެސް އެމަނިކުފާނު އަރިހުގައި 1979 ން 1991 އަށް ވަޒީފާއަދާކުރުމުގެ ފުރުސަތު ލިބިފައިވާމީހެކެވެ. ) ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޕާޓީތަކުގެ ރޯލްފުޅާވެގެންކުރިއަށް ހިންގުމުގައި އެމަނިކުފާނުގެ ދައުރު ވަރަށް ރަގަޅައް ފެނިގެންދިޔައެވެ. މިގޮތުން އަޅުގަނޑު ފާހަގަކުރަނީ ޑީއާރުޕީއިން ހިންގި ގިނަހަރަކާތްތަކުން އެމަނިކުފާނު ފެނިގެން ދިޔައީ ޕާލަމެންޓްރީ މެމްބަރެއްގެ ގޮތުގައެވެ. އަދި ނިޒާމީ ވޯޓް ނެގުމަށާއި މަލްޓި ޕާޓީ އެކުލެވޭގޮތަށް ބޭއްވުނު ރިޔާސީއިންތިޚާބުގެ ކެމްޕޭން އާއި ޑީއާރުޕީ ޕްރޮމޯޓް ކުރުމުގައި އިލްޔާސް އިބްރާހިމް ގެންގުޅުއްވި ސިޔާސަތު ފާހަގަކުރެވިގެންދިޔައެވެ. އެމަނިކުފާނަކީ ސިޔާސީގޮތުން ވަރަށްގިނަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވިސްނުންތޫނު ބޭފުޅެކެވެ.

ފުރުއްވި ސަރުކާރުގެ މަތީ ބައެއްމަޤާމް

1 – ރައްޔިތުންގެ މަޖްލީސް މެމްބަރުކަން

2 - މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް މިނިސްޓަރ ކަން

3 - މިނިސްޓްރީ އޮފް ޑިފެންސްގެ ނާއިބުކަން

4 – ސިފައިންގެ ވެރިޔާގެ ނާއިބުކަން

5 – އެސްޓީއޯގެ މެނެޖިންޑިރެކްޓަރކަން

6 - މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭސަންގެ މިނިސްޓަރ ކަން

7 - މިނިސްޓްރީ އޮފް ހެލްތްގެ މިނިސްޓަރ ކަން

މިހާރު ދިވެހި ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް

ގައި 12/10/2008



ނަން:

މުޙަންމަދު ޝިހާބު

އުފަން ތާރީޚް:

2 އޮކްޓޯބަރ 1957

އުފަންވި ރަށް:

މާލެ، ދިވެހިރާއްޖެ

ދާއިމީ އެޑްރެސް:

މ. ބަގީޗާގެ، މާލެ 2191، ދިވެހިރާއްޖެ

ޖިންސު:

ފިރިހެން

ކައިވެނީގެ ދާއިރާ:

އިންދެގެން

ޤައުމިއްޔަތު:

ދިވެއްސެއް

ދީން:

މުސްލިމް

ބަސް:

ދިވެހި، އިނގިރޭސި

ތަޢްލީމު:

ބެޗްލާރސް އިން އެކޮނޮމިކްސް.
ޖޭމްސް ކުކް ޔުނިވަރސިޓީ އޮފް ނޯތް ކުއީންސްލޭންޑް (އޮސްޓްރޭލިއާ)

1977 ން 1979 ށް

އެޑްވާންސް ކޯސް/ސެމިނަރ ފޯރ ސީނިއާ ސްޓެޓިސްޓިޝަންސް – ސްޓެޓިސްޓިކްސް ރިލޭޓަޑް ޓު ޕަވާރޓީ، އިންއީކުއަލިޓީ އެންޑް ބޭސިކް ނީޑްސް.
ސްޓެޓިސްޓިކަލް އިންސްޓިޓުޓް ފޯރ އޭޝިޔާ އެންޑް ޕެސިފިކް
(
ޓޯކިޔޯ، ޖަޕާން)

13 އޮކްޓޯބަރު 1980 ން 14 ނޮވެމްބަރު 1980 ށް

ރޫރަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕްލޭނިންގ ކޯސް.
އިންޓްނޭޝަނަލް ޓްރޭނިންގ އިންސްޓިޓިއުޓް
(
ސިޑްނީ، އޮސްޓްރޭލިއާ)

9 ސެޕްޓެމްބަރު 1981 ން 2 ޑިސެމްބަރު 1981 ށް

އިންޓަރގްރޭޓަޑް ރޫރަލް ޑިވެލޮޕްމަންޓް ތްރޫ އެގްރިކަލްޗަރަލް ކޯޕްރޭޓިވްސް.
އިންސްޓިޓިޓް ފޯރ ދަ ޑިވެލޮޕްމަންޓް އޮފް އެގްރިކަލްޗަރަލް ކޯޕަރޭޝަން އިން އޭޝިޔާ
(
ޓޯކިޔޯ، ޖަޕާން)

5 ޖުލައި 1982 ން 20 ޖުލައި 1982 ށް

އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ކޯސް ފޯރ ސްމޯލް އިކޮނޮމީސް. އިކޮނޮމިކް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް – ދަ ވަރލްޑް ބޭންކް
(
ވޮޝިންގްޓަން ޑީސީ)

1 ނޮވެމްބަރު 1982 ން 3 ޑިސެމްބަރު 1982 ށް

ސީ.އޭ.ޕީ/ސީ.އެސް.އޭ ރީޖަނަލް ސެމިނަރ އޮން "އައިޓެންޓިފިކޭޝަން އޮފް ޕޮޓެންޝިއަލް މާރކެޓްސް"
ވިލުވަރު ރިސޯޓް
ދިވެހިރާއްޖެ

14 މެއި 1984 ން
16
މެއި 1984

ޔޫ.އެން.ޑީ.ޕީ/ އީ.އެސް.ސީ.އޭ.ޕީ ރީޖަނަލް ސެމިނަރ އޮން ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިމްޕްލިމެންޓޭޝަން ފޯރ އައިލޭންޑް ލީސްޓް ޑިވެލޮޕްމަންޓް ކަންޓްރީސް
(
ޕޯޓް ވިލާ، ވެނޯޓު)

12 ޖޫން 1989 ން
23
ޖޫން 1989 ށް

ރީޖަނަލް ސެމިނަރ އޮން ރޫރަލް ޑިވެލޮޕްމަންޓް -، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
(
މަނީލާ، ފިލިޕިންސް)

15 އޮކްޓޯބަރު 1984 ން
23
އޮކްޓޯބަރު 1984 ށް

ޕްރޮގްރާމް އޮން އިންވެސްޓްމަންޓް އެޕްރެއިސަލް އެންޑް މެނޭޖްމަންޓް،
ހާވަރޑް އިންސްޓިޓިއުޓް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް، ހާވަރޑް ޔުނިވަރސިޓީ

28 ޖޫން 1987 ން
21
އޯގަސްޓް 1987 ށް

ޕްރޮފެޝަނަލް ތަޖްރިބާ:

މެނޭޖިންގ ޑިރެކްޓަރ ،މޯލްޑިވްސް ޕޯސްޓް ލިމިޓަޑް، މާލެ

ޖޫން 1999 ން
އޭޕްރިލް 2006 ށް

ޑިރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ ލިމިޓަޑް، މާލެ

މާރޗް 1994 ން
ޖޫން 1999 ށް

ޑިރެކްޓަރ އޮފް އެކްސްޓަރނަލް ރިސޯސަރސް، މިނިސްޓްރީ އޮފް ފޮރިންއެފެއަރޒް، މާލެ

ޖެނުއަރީ 1989 ން
މާރޗް 1994 ށް

ސީނިއަރ އަންޑަރ ސެކްރެޓަރީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް، މާލެ

ނޮވެމްބަރު 1982 ން
ޖެނުއަރީ 1989 ށް

އަންޑަރ ސެކްރެޓަރީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް، މާލެ

ނޮވެމްބަރު 1982 ން
ނޮވެމްބަރު 1985 ށް

އެސިސްޓަންޓް ޑިރެކްޓަރ، ނެޝަނަލް ޕްލޭނިންގ އޭޖެންސީ، މާލެ

ޖެނުއަރީ 1981 ން
ނޮވެމްބަރު 1982 ށް

ޕްރޮޖެކްޓް އޮފިސަރ، ނެޝަނަލް ޕްލޭނިންގ އޭޖެންސީ، މާލެ

ޖެނުއަރީ 1980 ން
ޖެނުއަރީ 1981 ށް

ޕާލަމެންޓަރީ ޚިދުމަތް:

ރައްޔިތުންގެ މަޖިލީހުގެ ރައީސް

އޯގަސްޓް 2008

ރައްޔިތުންގެ މަޖިލީހުގެ ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު

1985 ން 2005 ށް

ރަޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު

2005 ން ފެށިގެން

އެހެނިހެން:

މެންބަރ އޮފް ބޯޑް އޮފް ޑިރެކްޓަރސް،
މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕްރޭޝަން ޕީ.އެލް.ސީ

2007 ން 2008 ށް

މެންބަރ އޮފް ބޯޑް އޮފް ޑިރެކްޓަރސް،
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ ޕީ.އެލް.ސީ

28 ޖެނުއަރީ 1991 ން
1
މާރޗް 1999 ށް

މެންބަރ އޮފް ބޯޑް އޮފް ޑިރެކްޓަރސް،
ބޭންކް އޮފް މޯލްޑިވްސް

1994 ން 1996 ށް

ބައްޕާފުޅު:

އިބްރާހީމް ޝިހާބް، މ. ބަގީޗާގެ، މާލެ

މަންމާފުޅު:

ޖަމީލާ އިބްރާހީމް، މއ. ބަހާރުގެ، މާލެ