........... ވެރިކަން ލިބުމުން
ގައި 12/02/2008މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާ ދުނިޔެ އާބާދުކުރުމަށް އިންސާނުންނާއި މަތިކޮށް އެބުރަ މަސްއޫލިއްޔަތު އިންސާނުން އުފުލަމުންގެންދާކަމީ ދުނިޔޭގެތާރީޚް ހެކިކޮށްދޭކަމެކެވެ. ނަމަވެސް ބައެއް އިންސާނުން އެކިޒަމާންތަކުގައި އެކިފެންވަރުގައި އެކިސިފަސިފައިގާ މިކަންކުރަމުންގެންދަނީ އެކިގޮތްގޮތުގައެވެ. މިކަންކަން އަހުރެމެންނާއި ހަމައަށް ވާސިލްވެ ފެންނާންހުރި ވަސީލަތްތަކާއި ކަންކަމުންދޭހަވެ ފޮތްފޮތުގައި އެބައިމީހުން ލިޔެ ރައްކާކުރެވި އަންނާންއޮތްޖީލަށްޓަކައި ފޮރުވަމުން އަންނަކަމީ މިއަދުގެޖީލް އުފާކުރާނެކަމެކެވެ.
އެކި އެކި ޤަބީލާތަކުންނާއި އެކި ޤައުމުތަކުން އަދި އެކިއެކި ޖަމާއަތް ޖަމުއިއްޔާތަކުން ރައްޔިތުން ވެރީންގެ ގޮތުގައި މީހުން އައްޔަންކޮއްހޮވަމުން ގެންދަނީ ވަރަށްބޮޑު އުއްމީދަކާއި ކުރިއެރުން ތަކެއް ޙާސިލްކުރުމުގެ މާތް މަޤްސަދެއްގައެވެ. ދުނިޔޭގެ ތާރީޚް ހެކިވާގޮތުން ދެވަނަ ބޮޑުހަނގުރާމަ އަށްފަހު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ރައްޔިތުން ބޭނުންވީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުން ބޭނުންވާގޮތަށް ޤާއިމްކުރުމަށެވެ.މިކަން ވަރަށް މަދު ޤައުމެއްފިޔަވާ ކުރިއަށްގެންދެވިފައެއްނެތްކަމީ ހިތާމަ ހުރިކަމެކެވެ. މިގޮތުގައި ކުދި ކުދި ޤައުތަކަށްދިމާވަމުން ދަނީ އެޤައުމުތަކުގައި ދިރިއުޅެމުންގެންދާ ނިކަމެތި ރައްޔިތުން ބޭނުންވާ ގޮތަށޭނުދެއްނެވޭނެއެވެ. އެންމެ ކުޑަމިނުން ވެރިކަން ކުރަމުން ގެންދާ މީހުންގެ އަޅުންގެ ގޮތުގައި ރައްޔިތުން ބަދެވި ތިބެންޖެހެނީ ކިހާދުވަހެއްވަންދެންކަމެއްނޭގެއެވެ.
މާޒީވެ ގޮސްފައިވާދުވަސްތަކަށް ބަލާއިރު މިކުޑަކުޑަ ދިވެހިރާއްޖޭގެ ޖަޒީރާތަކުންނާއި ފުރަމާލެއިން މިކަން ވަރަށް ސާފުކޮން ތާރީޚުން ފެންނާން އެބަހުއްޓެވެ. އެބައިގެ ތަފްސީލަކަށް ދާކަށްނެތީމެވެ. ނަމަވެސް އިގިރޭސީންގެ އަތްދަށުގައި ދިވެހިރާއްޖެ ޖިޒީދައްކައިގެން ރާއްޖޭގައި ވެރިކަން ކުރިދުވަސްވަރުގައި ރާއްޖޭގެ ޖަޒީރާތަކުން ވެރިކަން ކުރަމުން އައި ފުރަމާލޭގެ ވެރީންނަށް ޖިޒީ ދައްކަމުންގެންގޮސްފައިވެއެވެ. މިކަމަކީ އެޒަމާނުގައި އުދަގޫ ބުރަ ކަމެކެވެ. އެކަން އެގޮތުގައި ކުރަމުން ގެންދިޔައީ ދިވެހި ޖަޒީރާ ތަކުގައި ދިރިަުޅެމުން ގެންދިޔަ ރައްޔިތުންގެ ތެރެއިންވެރީންގެ ގޮތުގައި ތިބި ބަޔަކު ވެރިކަން ބޭނުންވެގެން ބޭނުންކުރަމުން ގެންދިޔަ ހަދިޔާއެއްގެ ގޮތުގައެވެ. އެހަދިޔާ ދިވެހިތަހުތުގައި ވެޑުވިގެން އިންނަވާ ބޭފުޅަކަށް ނުލިބިއްޖެ ނަމަ ހަދިޔާ ނުފޮނުވުނު ރަށެއްގެ ވެރިއަކު ވެރިކަމުން ދުރުކޮއް އެހެންމީހަކަށް ވެރިކަން ބަދަލުވާކަން ސާބިތުވެފައި އެބަހުއްޓެވެ. މިހުރިހާކަމަކާއި ސަޤާފަތެއް ދިވެހިރާއްޖެއިން ބަދަލުވެގެން މިދިޔައީ ދެވަނަ ބޮޑުހަނގުރާމަ އަށްފަހު ދުނިޔޭގެ ކަންކޮޅުތަކަށް އައި ބޮޑު އިންޤިލާބުގެ ސަބަބުންނެވެ. މިގޮތުން ދިވެހީންނަށް އެޒަމާނަކަށް ފެތޭނެހެން ހެދިފައިވާ ޤާނޫނެއްގެ ހިޔާވަހިކަމުން ހިޔާ ލިބެމުން ދާންފެށީ މިނަންގަނެވުނު ދުވަސްވަރުގައެވެ. ނަމަވެސް ޤާނޫނީ ހިޔާވަހިކަން ލިބިގެންވަނީ ވެރީންގެ އަތްދަށުން ލިބޭ މަދު މިންވަރެކެވެ.
ރައްޔިތުންނަށް ޤާނޫނު އެއީ ކިހާވަރެއްގެ ބުރަދަނެއްހުރި ކިހާބާރެއްކަން ވަޒަން ކުރެވެން ފެށީ ދެހާސްވަނަ ޤަރުނަށް އެޅުނުފަހުންނެވެ. އޭގެކުރީން ރާއްޖޭގެ ވެރިކަމުގެ ފަރާތުން ރައްޔިތުން ބޭނުން ވަނީ ކޮންކަމެއްކަން ރައްޔިތުންނަށް ބުނެދޭން ނޭގުނުކަމުގައި ވިއަސް ރައްޔިތުން ބުނަމުން ގެންދިޔަ ކަންކަމަކީ އެބައިމީހުންގެ އަމިއްލަ ކަންކަމާއި ވެރީންގެ ޒާތީ ކަންކަމުގެ ވާހަކަތަކެވެ. އެކަންކަން ސަރުކާރުގެ ފުދުންތެރިކަންހުރި މިންވަރަކުންނާއި ކޮއްދެވެން ހުރި މިންވަރަކުން އައީ ސަރުކާރުން ވަކި މިންވަރަކަށް ކޮއްދެމުންނެވެ. މިގޮތުން ސަރުކާރު ހިންގެވުމުގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ ތެރެއިން އެވަގުތެއްގައި ފައިދާތަކެއް ހާސިލްވާނެކަމުގައިވަނީނަމަ ކުރަމުންނެވެ. ނަމެސް ސަރުކާރުން އެކަމެއް ކުރަމުންގެނަދިޔައީ އެބޭފުޅެއްގެ ނަސަބާއި ހަސަބައް ބައްލަވައިގެން ކޮއްދެއްވަމުންނެވެ. މީގެތެރެއިން މަދުމީހަކު ފިޔަވާ ސަރުކާރުގައި ތިމާއެދޭކަމެއްހާސިލް ނުވެއްޖެނަމަ ނުވަތަ ވެރީން ނުކޮއްދީފިނަމަ އެމީހަކީ ސަރުކާރާއި ވެރީންނާއި ދެކޮޅަށް މަސައްކަތް ކުރަމުންގަންދާމީހަކަށްވަނީވެފައެވެ. މިގޮތުން ސަރުކާރާއިވެރީންނާއި ދެކޮޅަށް ނުކުންނަމީހަކީ ފައިސާއާއި ތަނަވަސްކަން ހުރިމީހަކުނަމަ އެމީހަކު ވެރިކަމުން ދުރުކުރުމާއި އެމީހެއްގެ ފައިސާގެ ތަނަވަސްކަން ނެތިކޮއްލުމަކީ ސަރުކާރު ހިންގުމުގައި ތިއްބަވާ ބޭފުޅުން ކުރައްވަމުން ގެންދަވާ ކަމެކެވެ. މިކަމަކީ މައިސަރުކާރުންނާއި ރާއްޖެތެރޭގެ އަތޮޅުތަކުންނާއި ރައްތަކުގެވެރީންވެސްކުރަމުންއަންނަކަންކަމެވެ. މިއީ އެދުވަސްވަރުގެ ސަޤާފީއާދައެކެވެ. މިހެން މިކަން ހިނގަމުންދާތީވެ ވެރިކަމުގައި ތިއްބަވާ ބޭފުޅުންނާއި ފައިސާވެރީންނާއި ކަމުވޮށިވެގެންވާ ބާރާއި ނުފޫޒު ގަދަ ބޭފުޅުން ބައި ތިއްބަނީ ވެރީންގެ މުށުތެރޭގައެވެ. މިބައިމީހުން އެދޭ ކޮންމެ ކަމެއް ވެރީން ކޮއްދެމުން ގެންދަނީ ވެރީންގެ ވެރިކަން ގެއްލިހިގައިދާނެކަމުގެ ސަބަބަކަށްވާތީއެވެ.
ރާއްޖޭގެވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ވެރިކަމުގައި ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ފުޅާވެވެގެން ދާންފެށިފަހުން ރައްޔިތުން އެކަމުގައި ބައިވެރިވަމުން ގެންދިޔައީނުހަނު އިޚްލާސްތެރިކަމާއިއެކު ޤައުމީ ޖޯސާއިއެކުގައެވެ.ވެރީންގެފަރާތުން ފެންނަމުންދާ ބައެއް ކަންކަމުގެ ސަބަބުން ޤައުމީ އެއްބައިވަންތަކަން ގެއްލި ބޮޑުބުރާސްފަތި ، ކަޅުހުކުރު، ނޮވެމްބަރ3 ފަދަދުވަސްތައް ރާއްޖޭގެ ރައްޔިތުން ދެކެމުންދިޔައީ ހިތާމަޔާއި އެކުގައެވެ. ނަމަވެސް މިފަދަ ދުވަސްތައް ގެނައުމުގައި ކޮންމެވެސް ބަޔަކު އަޑީގައިތިބެ ވެރިކަން އެހެންއަތަކަށް ފުރޮޅާލުމަށް ކުރެވޭ ކަމެއްކަމުގައި ވެގެންދެއެވެ. މިކަން ކުރާބަޔަކު މިކަން ކުރަމުން އަންނަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމުގައިވާތީ އެފަރާތްތަކަށް ޤާނޫނާއި ޤަވާޢިދުގައިވާގޮތަށް އަދަބު ދެމުން ގެންދަވަނީ އެދުވަސްވަރެއްގައި ސަރުކާރު ހިންގެވުމަށް ހައްދަވާފައިވާ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށްފެނިވަޑައިގަންނަވާ އުސޫލަކުންނެވެ. މިއުސޫލާއި ޤަވާޢިދު ގިނަފަހަރަށް ހައްދަވަނީވެސް ރައްޔިތުންގެ ޚިޔާލާއި މަސްވަރާއެއް ހޯދުމަކާއި ނުލައެވެ. ނަމަވެސް 7 އޯގަސްޓް 2008 ގައި ތަސްދީޤް ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ސަރުކާރު ހިންގުމަށް ގެނެވުނު ބޮޑު ބަދަލާއި ގުޅިގެން ޤާނޫނާއި ޤަވާޢިދު ހެދެމުން ދަނީ ރައްޔިތުންގެ ރުހުމާއި ލަފާހޯދިގެންނެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ބޭއްވުނު މަލްޓި ޕާޓީ އިންތިޚާބުގައި ފުރަމާލޭގެ ކެނެރީގޭ މުހައްމަދު ނަސީދު އިންތިޚާބު ކާމިޔާބުކުރުމައްޓަކައި ކެމްޕޭން ކުރައްވަމުން ގެންދެވިއިރު ދައްކަވަމުންގެންދެވި ގިނަ ވާހަކަތަކަކީ ރައްޔިތުންބޭނުންވި ކަންކަން ކަމުގައި ފާހަގަކުރެވިގެން ދިޔަދިޔުމަކީ ފަހުބުރުގައި ނަސީދުއާއި އެކު ގިނަ ޕާޓީތަކަކުން ހެދި ވަތަން އެދޭގޮތްކަމުގައި ބަލައިގަނެ އެގޮތް ރައްޔިތުން ނިންމި ނިންމުމާއި ގުޅިގެން 11 ނޮވެމްބަ 2008 ގައި ކެނެރީގޭ މުހައްމަދު ނަސީދު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެގެން ދިޔަ ދިޔުމެކެވެ. މިއަށްފަހު އެމަނިކުފާނު ރާއްޖޭގެ މަތީ ވެރިއެއްގޮތުގައި ހުންނަވައިގެން މިވީ މަދު ދުވަސް ތަކުގައި ފެއްޓެވުމަށް ހަމަޖެއްސި ކަންކަމުގެ ތެރޭގައި މަޖްލިސްއަށް ހުށައެޅި މަޖުލިސްގައި ވަކާލާތުކުރެވެމުންދާފެށުމުން އަޅުގަނޑު ހިތަށް އެރީ މިކަންކަމަކީ އެމަނިކުފާނުގެ ރައްޓެހި ގާތްތިމާގެ ބޭފުޅުން ބޭނުންވާ ގޮތްތަކެއްގެ މައްޗަށް ހުށައެޅުނު ކަންތައްކަމުގައެވެ. މިގޮތުން މަސްވެރީންނާއި ރައްޔިތުންގެ ލާބަޔާއި މަންފާގެ ނަމުގައި ހުށައެޅުނު ކަސްޓަމް ޑިއުޑީ ކަޑާލުމަށް ހުށައެޅުނުބިލް ފާހަގަވެގެންދަނީ ބޭއިންސާފު ބިލެއްގެ ގޮތުގައެވެ. މިބިލްގެ ބަހުސް ހިންގަމުންގެންދާއިރު މަޖުލިސްގެ ބައެއްބޭފުޅުން ނުހަނު އަސަރާއި ހިތާމަޔާއި އެކު މިކަންމިގޮތަށް ނުކުރުމަށް ގޮވާލާ ވާހަކަދައްކަމުންގެންދެވިތަންވަނީ ޤައުމީ ޓީވީއިން ފެނިފައެވެ. މިބިލް ފާސްވުމުން މިވާގޮތަކީ މައިގަޑުގޮތެއްގައި މިތަކެތީގެ %10 ބޭނުން ކުރަމުން ގެންދަނީ އާއްމު ރައްޔިތުންނެވެ. އަނެއް %90 ބޭނުންކުރަނީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓްން ބޭނުން ކުރުމުގައެވެ. މިކަމުން ޖުމްލަ ގޮތެއްގައި ފައިދާއާއި ލާބަ ލިބެމުން ދާނީ ޓޫރިސްޓް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ. މިކަމުން ސަރުކާރަށް ލިބިގެންދަނީ ކިހާ ވަރެއްގެ ގެއްލުމެއްކަން ނުވަތަ ފައިދާއެއްކަމާމެދު ވިސްނަވާލަންޖެހޭ! އަނެއް ކަމަކީ ސިނާޢީ މަސައްކަތް ކުރުމަށް ބޭނުންކުރާ ބިންތަކާއި ޓޫރިޒަމް މަސައްކަތް ކުރުމައް ބޭނުންކުރެވޭ ބިންތައް ދިގުމުއްދަކަށް ކުއްޔަށްދޫކުރުމާއި ބެހޭބިލް ހުށައެޅިފައިފާ މައްސަލައެވެ. މިއީވެސް ވިސްނަވާލަންޖެހޭކަމެކެވެ. މިކަމުގެ ސަބަބުން އަންނަން އޮތްޖީލަށް ކުރިމަތިވާނެ ހިތާމައަކަށް ވާނީ މިހާރަށްވުރެ ބޮޑު ހިތާމައެކެވެ. ރާއްޖޭގެ ބިންތަކާއި ކަޑުތަކަކީ ދިވެހި އެންމެހާ ރައްޔިތުންގެ ހައްގެކެވެ. ހަމައެކަނި ރައްޔިތުން އިންތިޚާބުކުރާ ވެރިމީހާ ބޭނުންވާހާ ބަޔަކަށް ދިނުމާއި ވިއްކުމަކީ އޭނާގެ ހައްގަކަށްވެގެންނުވާނެއެވެ. އެއީ އަހަރެމެންގެ ކާފަގެ ދަރިންނާއި މުނިކާފަގެ ދަރިންގެ ހައްގަކަށްވާތީ މިހާރު ހިގަމުންމިދާ އިންތިޤާލީ މަރުހަލާގައި މިބިލް ހުށައެޅި މިބިލާއިމެދު މަޖުލީސްއިން ގޮތެއްނިންމުމަކީ ދިވެހިރައްޔިތުން އެދޭނެ ގޮތެއްނޫނެވެ. އަޅުގަނޑު ދެކޭގޮތުގައި މިޤައުމަކީ ބިންމަދު ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވާތީ މިފަދަ ބިލެއްފާސްކުރާއިރު ސީދާ ރައްޔިތުންގެ ވޯޓަކަށް ދިއުމަކީ ކޮންމެހެން ކުރުން އެކަށީގެންވާކަމެކެވެ. އަދި މިބިލް ފާސްކުރުމަށް ހުށައަޅާ އިންތިޤާލީ މަރުހަލާގައި ފާސްކުރުމަށް ބޭނުންވާ އެއްސަބަބަކީ ވަތަންއެދޭ ގޮތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރީންނާއި މިހާރު މަޖުލިސްގައިތިއްބެވި ބޭފުޅުންގެތެރެއިން މަޖުލިސްގައި ހަރުއަޑުން ކުރީގެސަރުކާރަށް ފާޑުވިދާޅުވެ ކުރީގެސަރުކާރުހިންގެވުގައި ތިއްބެވި ބޭފުޅުންނާއި ދެކޮޅަށް އަޑު އުފުލި ބޭފުޅުންނެވެ. މިބިލަކީ ވަކިމަޤްސަދު ތަކެއްޙާސިލްކުރަންވެގެން މިހާރުގެ ސަރުކާރުން ހުށައެޅުއްވިބިލެކެވެ. މިލްގެ ސަބަބުން ފައިދާވެގެން ދާނީ އެމަނުކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި އެމަނުކުފާނުގެ ޢާއިލާއަށާއި ގާތްރަޙްމަތްތެރިބޭފުޅުންނަށެވެ.
ތިންލައްކަ މީހުންގެ އާބާދީއެއްގައި ދިރިއުޅެމުން ގެންދާ މިކުޑަކުޑަ މުޖުތަމައުގައި ހިގަމުންދާ ދީނާއި ޤާނޫނާއި ޚިލާފު ބޮޑެތި ޖަރީމާތައް ހިންގައިފައިވާ ބޮޑެތި ކުއްވެރީންގެ ގޮތުގައި ޖަލުގައިތިއްބެވި ބައެއްމީހުން މިއަދު ވެގެންދަނީ މެޑެލް ޖެހިފައިވާ ޤައުމީ ބަތޮލުންގެ ގޮތުގައެވެ. ނޮވެމްބަރތިނެއްގެ އުދުވާނީ ހަމަލަހިންގައި އެހަމާލައިގައި ދިވެހިރައްޔިތުންގެ ތެރެއިން ސަހީދުވެ އެތައްބަޔަކު ޒަޚަމްވެ ދިޔައިރު އެޢާއިލާތަކުގެ ހިތުން ހިތާމައާއި މޮޅިވެރިކަން ނުފިލަނީސް މިއަމަލު ހިންގުމުގައި އިސްވެ އުޅުނުފަރާތް ތަކަށް މަތީ މެޑެލްތަކާއި މަތީ މަޤާމް ތައް މިސަރުކާރުން ދެމުން ގެންދާން ފެށުމުން ދޭހަވެގެންދަނީ ޢާއިލީ ވެރިކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ކުރަމުން ގެންދާ ކަމެއްގެ ގޮތުގައެވެ. މިކަމާއި ގުޅިގެން މުޖުތަމަޢު އަށާ ޤައުމިއްޔަތަށް ދިމާވެދާނެ ބިރުވެރިކަން ނިހާޔަތަށް ބޮޑުވެގެން ހިގައިދާނެކަންފެނެއެވެ. ޤައުމީ ދިފާއީ މަރުކަޒުގެ ސްޓޭޓް މިނިސްޓަރެއްގެ މަތީ މަޤާމު އެފަދަ ޚާއިނަކާއި ހަވާލުކުރުމަކީ އެއްގޮތަކަށްވެސް ކުރުން ހެޔޮވާވަރުގެކަމެއްނޫނެވެ. ވިސްނާލަން ޖެހޭ ނުކުތާއަކީ ނަސީދު ތަކުރާރުކޮއް ވިދާޅުވަމުންގެންދަވާ ބަދަލު ހިފުމުގެ ރޫހް ގެންގުޅެގެން މިޤައުމު ކުރިއަށް ނުދާނެ ކަމާއި އެކަމުން ޤައުމިއްޔަތަށް ލިބޭނީ ގެއްލުން ކަމުގައި ދެކެވަޑައިގަންނަވާއިރު މިކުރެވެނީ ކޮންފަދަ ކަމެއްބާވައެވެ. އަދި މިނޫނަސް ނަވާރަ ދިވެހީން މަރާލި މައްސަލަ އަކީ ދީނުގައި ކަޑައެޅިގެން މަރުގެ އަދަބު ދިނުން ލާޒިމް ކުރާއިރު އެކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ކަޑަ އަޅާ ފައިހުންނެވި ބޭފުޅެއްގެ ބަސްފުޅެއްހޯދުމަކާނުލާ އަދި ރާއްޖޭގެ ރައްޔިތުންގެ ޚިޔާލާއި މަސްވަރާ ނުހޯދާ އެފަދަ މީހުންނަށް މަތީ މަޤާމް ތަކާއި ލަޤަބު ދިނުމަކީ ކަޑައެޅިގެން ބަދަލު ހިފުމުގެ ރޫޙް ގައި ކުރަމުން ގެންދާ ކަންކަމެވެ.
ރާއްޖޭގެތާރީޚް ހެކިވާގޮތުން ވެރިކަންކުރައްވަންހުންނަވާ ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ޢާއިލާގެ މެމްބަރުންނާއި ގާތްރަހުމަތްތެރީން ވެރިކަމުގެ ދާއިރާގައި ނުވަތަ ބާރުތައްހަވާލުކުރަމުން ގެންދަވާފައިވާކަން ފާހަގަކުރެވެއެވެ. މައުމޫން، ނާސިރު، އަމީން،ފަރީދުވެސް އަދި ދުނިޔޭގެ ހުރިހާ ބޭފުޅުންވެސް ވެރިކަން ކުރައްވާފައިވަނީ އެބޭފުޅުންގެ ޢާއިލާގެ ބޭފުޅުންނާއި ގާތްރަހުމަތްތެރީން އަރިސްކުރައްވައިގެން އެބޭފުޅުންގެ މަސްވަރާއާއި އެކުގައެވެ. ހަމައެބީދައިން ކެނެރީގޭ ނަސީދުވެސް ވެރިކަމުގެ ބިންގާ އަޅުއްވާހިންގަވަންފެށީ ރައްޔިތުންގެ ލޯމަތީ އަދުންއަޅުވަމުންނެވެ. އެއީ އެމަނިކުފާނު އިންތިޚާބުގެ ތެރޭގައި ދެއްކެވި ގިނަވާހަކަފުޅު ތަކަކީ ވެރިކަން ހޯދުމުގައި ރައްޔިތުންގެ ލޯމަތީ އަދުން އެޅުވުމަށް ދެއްކެވި ވާހަކަތަކެއްކަންފާހަގަކުރެވިގެން މިދަނީ މިހާރު ސަރުކާރުގެ އިދާރާތަކާއި މުއައްސަސާސްތަކުން ފެންނަމުންނެވެ. ގާތްރައްޓެހި ރަހުމަތްތެރީންނާއި ޢާއިލާގެ ބޭފުޅުންނަށް މަތީ މަޤާމުތައްލިބެމުންނެވެ. މިއީ ކަންބޮޑުވާންވީ މައްސަލައެއްނޫނެވެ. ވެރިކަން ކުރެވޭނީ ވެސް ގާތްމީހުންނާއި ރައްޓެހި ރަހުމަތްތެރީންގެ ޚީޔާލާއި މަސްވަރާ ނުހޯދައިދެންނެވެ
މިހާރު ހިނގަމުންމިދަނީ ތާހިރުވެރިކަމެއްކަން ނަސީދު ވިދާޅުވަމުންދާއިރު އެވިދާޅުވާ ބަހުގެ ފުރިހަމަކަން އަދި ފެންނާކަންނެތެވެ.
ތާހިރުދިރިއުޅުމަކަށް ފެށިގެންއަންނައިރު ރާއްޖޭގެ ރައްޔިތުން ކުރިފޮނި އުއްމީދު ތައް ފެންނާނީ ވެރިކަމުގެ ކިހާހިސާބަކުންބާވައެވެ. މިވެރިކަން ހިންގުމުގައި މަޖުލީސްއިން ލަފާދެއްވާފައިވަނީ ސަތޭކަދުވަހަށެވެ. ނަމަވެސް އަދިމިވަނީ ރައްޔިތުންބޭނުންތައް ހާސިލްކުރުމައް ސިޓީއެއްވެސް ފޮނުވާނެ ފަރާތެއް ނޭގިގެންނެވެ. އެޓޯލްމިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަކީ ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންކުރަމުން ގެންދާ ސަރުކާރުގެ ދެމުއައްސަސާއެވެ. މިދެތަން މިވަނީ އެއްތަނެއްގެ ގޮތުގައެވެ. މިހެންކަމުން އެޓޯލްމިނިސްޓްރީން ރައްޔިތުން ބޭނުންކުރަމުންގެންދިޔަ ޚިދުމަތް ތައް ދެން ބޭނުންކުރަންޖެހޭނީ ކޮންމުއައްސަސާއަކުން ކަމެއް ރައްޔިތުންނަށް ވަނީ އޮޅުންފިލުވައިނުދެވިއެވެ. މިހެންކަމުން ރާއްޖެތެރޭގައި ދިރިއުޅެމުން ގެންދާ ނިކަމެތި ރައްޔިތުންނަށްވަނީ ނޭގުމެއްގެ ތެރޭގައެވެ. އެފަރާތްތަކުން ކުރަންބޭނުންވާ ކަންކަން މިވަނީ ނުކުރެވިއެވެ. މިވެރިކަމާއި ނަސީދު ހަވާލުވުމުގެ ކުރިން ވިދާޅުވެފައިވަނީ ވެރިކަންކުރުމުގައި ކުރަންޖެހޭ ހުރިހާތައްޔާރީތަކާއި ހަދަން ޖެހޭ ހުރިހާދިރާސާތަކާއި ހޯދަންޖެހޭހުރިހާފައިސާއެއްވަނީ ހޯދިފައިކަމުގައެވެ. ނަމަވެސް ކުރިންދެއްނެވުނު ޓްއަރިސްޓް ރިސޯޓްތަކުގެ މައްސަލައިގާ ނަސީދު ވިދާޅުވަނީ ރިސޯޓްތައް ފަންސާސް އަހަރައް ކުއްޔައް ދިނުމުން ލިބޭފައިސާއިން ރާއްޖެހިންގިދާނެކަމުގައެވެ. އެހެންކަމުގައިވަނީނަމަ އިތުރުފަރާތަކުން ފައިސާ ނުހޯދާ ނުވަތަ ދަރަނަޏައް ފައިސާނުނަގާ ވެރިކަން ކުރުމުގެ މަގު ފަހިވެގެން ދާނެކަމުގައެވެ. ރިސޯޓްތައް ފަންސާސް އަހަރައް ކުއްޔައް ދީގެން ލިބޭ ފައިސާއަކަށްވުރެ ރައްޔިތުންބޭނުންވަނީ ކޮންގޮތަކައްތޯބަލައި ދިރާސާ ކުރެވިފައި ނެތްކަންކަށަވަރެވެ. އެއީނަސީދު ހުށައަޅުއްވާފައިވާ މެނިފޯސްޓްގައި ފައިސާހޯދާނެގޮތުގެ ތަފްސީލުގައި ބަޔާންކުރެވިފައިނެތީމައެވެ. މިކަމުން ދޭހަވަނީ ކެމްޕޭންތެރޭގައި އިދިކޮޅުފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކުން ބައެއްވާހަކަތައް މިހާރު ސާބިތުވަމުންދާތީއެވެ. އެފަރާތްތަކުން ބުނަމުންއައީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ ރިސޯޓްތަކާއި ރާއްޖޭގެ ދެކުނުންބައެއް ވިއްކާލާނެކަމަށް ދެކެވުނު ވާހަކަތަކެއްވެސް އިވެމުން އައެވެ. މިވާހަކަތަކުގެ ތެދުހަޤީގަތްމިވަނީ ރައްޔިތުންނަށްފެންނާން ފަށާފައެވެ. މިކަމާ މިހާރުވެސް އިދިކޮޅުފަރާތްތަކުން ކަންބޮޑުވެ މުޒާހަރާކުރަމުން ގެންދަނީ މިކަން މަޖިލީސްއިން ފާސްކޮއް ސަރުކާރުން ތަންފީޒުކުރަން ފަށާފާނެތީއެވެ. އެހެންކަމުގައި ވަނީނަމަ ޢާއްމު ރައްޔިތުންނަށް ލިބިގެންދާނީކޮޅެއްނެތްހާވެސްބޮޑު ގެއްލުމެކެވެ. ނަސީދު ވިދާޅުވާގޮތުގައި ވެރިކަންލިބުމުން ރައްޔިތުންނަށްކޮއްދެއްވަން ވިދާޅުވި ވިދާޅުވުން މިދަނީ ފަނުފުލުންނެވެ. ވިޔަފާރިވެރީން ތިބޭނީ އެބައިމީހުންގެ ވަތްގަޑު ދަށުގައިކަން ހާމަކުރި ހާމަކުރުން ވެގެންމިދަނީ ކިހާހިސާބަކުން ކަން ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. ފަގީރުންނާއި މުއްސަދިންއެއްލެވެލެއްގައި ދިރިއުޅެމުންދާނެކަމަށް ހީކުރިހީކުރުން މިވަނީކިހިނަކުންބާވައެވެ. އަދި ފެންނަފެނުމާއި ކިޔާލަވަތަކުން ހީވަނީ ހަމަ ޑްރާމާ ސިލްސިލާއެއްހެންނެވެ. ވާނީވެސްއެހެންނެވެ. އަރިހުގައި ގާތް ރަހުމަޔްތެރީންގެ ގޮތުގައި ބަސްދަންނަވާ އަޑުއުފުލުމުގައި އުޅުއްވަނީ ރާއްޖޭގައިތިއްބެވި ބޮޑެތި ޚާއިނުންނާއި މޮޅު ފިލްމުސްޓާރުންފަދަ ބޭފުޅުންނެވެ.

This entry was posted on 12/02/2008 and is filed under ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
Subscribe to:
Post Comments (Atom)
1 ޙިޔާލު:
http://mvheadlines.com/
http://fataastv.blogspot.com/
Post a Comment