އައު އަހަރުގެ އައު ސަފުޙާ – ބިސްމި ﷲ
ގައި 1/01/2009އައު އަހަރެއްގެ މި އައު ސަފުޙާއަކީ އައު ވާހަކަތަކެއްނޫނެވެ. ދުނިޔޭގެއެތަންމިތާނގައި ކުރިއްސުރެ މިކަންކަންއަންނަނީ ހިނގަމުންނެވެ. އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުމުގެ ސުންނަތަކީ ވެރިންގެފެންވަރުގައި ވަރަށްކުރިއްސުރެ ކުރެވެމުން އައި އާއްމުކޮށްއެނގޭ މަޝްހޫރުކަމެކެވެ. އަހަރެމެންގެ މިދިވެހިރާއްޖޭގައިވެސް މިކަން އޮތީހަމަމިހެންނޭ ބުނެލުމަކީ ކަނޑައެޅިގެންހެދޭ ބޮޑުމާސިންގާދޮގަކަށްނުވާނެ ކަން ކަށަވަރެވެ. ތާރީޚުގެފަތްފުށްތަކުގައި މިވާހަކައިގެ ތެދުސާބިތުވަރުގެ ހެކިތައް ފެންނަންއެބަހުރި ކަންއެއީއޮޅުވާނުލެވޭވަރުގެ ހަގީގަތެކެވެ.
އައުއަހަރުގެ މިއައު ސަފުޙާގައި މިވާހަކަ އައުކޮށްލިޔަން ޖެހޭކަމީދެރަކަމެކެވެ. މިއަދުގެ މިޒަމާނުގައި ކުރިއެކޭއެއްގޮތަށްމިކަން ކުރެވޭކަމީފާހަގަކޮށްލަންޖެހޭ ވަރުގެލަދުވެތިކަމެކެވެ. ވެއަތުވި ދުވަސްތަކުގައި ހިނގާދިޔަ އެކަހަލަ ކަންތައްތަކާއިމެދު ފާޑުކިޔާ އެ ކަންކަންނުބައިކޮށް ވާހަކަތައްދައްކާ ހެދުމަށްފަހު މިއަދު އެފަރާތްތަކުގެ ފުށުން ހަމަ އެފަދައަމަލުތައް ތަކުރާރުވެ ކުރިއާއިއަޅުވާއިރު ހަގުނަހަތްގުނަ އިތުރަށްފެންނަމުންދާކަމީ ކޮޅުނެތްކޮޅަށްހިތާމަކުރަންޖެހޭފަދަ ކަމެއްކަން ކަށަވަރެވެ.
ވަޒީފާ ގެވާހަކަދައްކާލަމާހިނގާބަލާށެވެ.
މަށަށް ވެސް ބާރުލިބުނީމާމަގޭމީހުންނަށް މިހިރަގެން ރަނގަޅު މޮޅު ގޮތްތައްހޯދާދީ ކަންކަންކޮށްދެވެނީއެވެ. އަތުގައިހޭކެންޏާ ދަތުގައިހޭކޭނެއޭބުނާއުސޫލުންވެސް ތޯއްޗެކެވެ. މަގޭމީހުންނަށް ރައްޓެހިންނަށް އެކުވެރިންނަށް،އަދި އެކުގައި އުޅުނު އެކި ވަރުގެ އެކުވެރިންނަށްމަޤާމުތައްމިހިރަ ބަހާދީ ދީލަތިވެވެނީއެވެ.
މިގޯހެއްކަން މަށަށްވެސްނޭނގިއެއްނޫނެވެ. އަނެއްކޮޅުން އޮތީ މި ވެރިކަމެވެ. އަމިއްލަ ތަޖުރިބާގައި އަނެކުންގެ ސަމާލުކަމުގެ ތެރެއަށްވަންނަ މިފާޑުގެ ކޮންމެކަމަކީ (ކުރިން އޮތްކަމުގައިވިޔަސް )މިއަދުގެ ހޭލުން ތެރި ޒުވާންވިސްނުމުގައި ގަބޫލުކުރެވޭކަމަކަށް ނުވާނެކަންކަނޑައެޅިގެން އެނގޭވެސްމެއެވެ. އެކަމަކުވެސް މިކަންކަން މިކުރެވެނީއެވެ. މަށަށްމަޖުބޫރީވެސްމެއެވެ. މިކަމެއް ހޯދަން މަ “އެނބުރުނުއިރު” އެމީސްމީހުންގާތުގައި މިގޮތަށްބުނެ ވައުދު ވާންޖެހުނީވެސް ހަމަ މަޖުބޫރުންނެވެ. މަށަށްރާވާދީ ބުއްދިލާދިންމީހުން އެގޮތަށްކަންކަންކުރަންލަފާ ދިނީތީއެހެންހެދީއެވެ. ދެންމިއަދު މަގާމުލިބުނީމާ އެމީސްމީހުންނަށްވެސް ގޮތްތަކެއްހަދައިދޭން ޖެހުނީއެވެ. ސިޔާސީވުމަކީދޮގުހަދަންޖެހޭކަމެކެވެ. ވެރިކަމަކީ ކިހާވަރެއްގެބުރަކަމެއްކަންވެސްއިހުސާސްކުރެވޭނީ އެފަދަމަގާމެއްލިބުނީމާ އެކަންޏޭ ވެސްބުނެވިދާނެއެވެ. ވަކިންޚާއްސަކޮށް މިކަހަލަ ޕާޓީސިސްޓަމެއްގައި ޑިމޮކުރަސީ ވެރިކަމެއްކުރުމަކީ ގާތްމީހުންތަކަކަށް ކަންކަން ހަވާލުކޮށްއެމީހުންގެ ވާގިހޯދައިގެންނޫނީ ނުވާނެކަމެއްކަމުގައިވާތީ މިހެންހަދަންޖެހެނީއެވެ.
އަތުގައިހޭކެންޏާ ދަތުގައިހޭކޭނެކަމުގައި އެބުނާބުނުމަކީ ވެސް ތެދެކެވެ. އޭގެމާނައަކީ ކޮބައިހޭ އަހައިފިނަމަ އެއީ ދަތުގައި އަތް ހާކާވާހަކައޭވެސް ބުނެފާނެއެވެ. އެކަމަކުއެއީ ދަތަކާއިވާކަމެއްވެސްނޫނެވެ. ދަތްތަކަށްފަރުވާދިނުމާ ދަތްޖެހުންފަދަ ކަންކަންކުރާ މީހަކު ބޮޑުކަންނެލިބާނައިގެންއެއަށްކަމެއްކުރާވާހަކައެއްވެސެނޫނެވެ. އެއީ ބާރެއްލިބުނީމާ ތިމާގެ އަމިއްލަފައިދާ އަށް ތިމާއަށްމޮޅަށް ކަންކަން ކުރެވޭއަދިކުރާ ވާހަކަ އެވެ. މިހާރުމިފެންނަ ދިރިހުރި ހެކިތަކުންސާބިތުވާފަދައިންނެވެ. ގާނޫނާއި ގަވައިދާއި އާއްމު ގިނަމީހުންގެ ރުހުމާނުރުހުމަށްއެއްވެސް ފަރުވާލެއް ބަލައިލުމެއްނެތި ސަރުކާރުގެ މަގާމުތަކަށް ބަދަލުގެނެސް އަމިއްލަބައިގެ މީހުންތައްއިސްކުރުމަކީ އަމިއަލަބާލީހަށް ބަންޑާރަކަފަ ގެންނެވުންނޫން އެހެންކޮންކަމެއްހެއްޔެވެ. ރާއްޖެތެރޭގައި ތިއްބަވާ ޢިއްޒަތްތެރި ވެރީންގެ މައްޗަށް ބަސްކިޔާ ގޮތްކިއުމަށް މިފޮނުވަނީ ރައްރަށުގައި ތިއްބަވާ ނުކިޔަވާ ތިބޭ ގަމާރުންތަކަކަށް ކައުންސެލަރުންގެ މަޤާމް އުފައްދާ ހަވާލު ކުރާއިރު ރައްރަށުގައި މައްސަލަތަކެއް ކުރިމަތި ވެގެން އަންނާނެކަން ވިސްނާނުލައެވެ. އެގަމާރުންގެ ކިބައިން އެދުވަހު ވާގި ހޯދުނީތީ މިއަދު އެމީހުންނަށް މަތީމަޤާމް ދޭން މަޖުބޫރުވީމަ އެމަޤާމު އުފައްދާ މަދުދުވަސްކޮޅަކަށް ނަމަވެސް އެކަންކުރަނީއެވެ.
This entry was posted on 1/01/2009 and is filed under ރިޕޯޓް . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 ޙިޔާލު:
Post a Comment