ޤައުމީޖަލްސާއަށް ތައްޔާރުވުން

ގައި 1/05/2009

( މިލިޔުމަކީ 19 މެއި 2008 ގައި ޑީއާރުޕީ ވައިކަރަދޫގޮފީގެ ރައީސް ހަމަރޯޅި ނޫހަށް ދެއްވި ބަސްދީގަތުމެކެވެ.)

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޕާޓީ ތަކުގެ ޙަރަކާތްތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ( އަތޮޅުތަކުގައި ) ހިނގަމުން މިދަނީ ވަރަށް ހަލުވި ސްޕީޑެއްގައެވެ އެގޮތުން އަތޮޅު ތެރޭގައި ކޮންމެ ޕާޓީއަކުންވެސް ގޮފިތަށް ޤާއިމް ކުރެވި ބައެއް ރައްރަށުގައި ގޮފިތަކުންން އޮފީސް ތައްވެސް ޤާއިމް ކޮށްފައި ހުރި ކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުބުން އަތޮޅުތަކާށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ބޭނުންވާ އެކިއެކި ފަސޭހަތަކާއި ޕާޓީ ތަކުން ކުރަން ބޭނުންވާ ކަންކަން ފަސޭހަކަމާއި އެކު ކުރެވެމުންދެއެވެ. ބައެއް ރައްރަށުގެ ގޮފިތަކުން ސިޔާސީ ބޭނުން ތައްފުއްދުމައްޓަކައި ރަށުތެރޭގަޔާއި އަތޮޅު ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމައްޓަކައި ހަޤީގަތާއި ޚިލާފް ވާހަކަދައްކަމުންގެންދާކަމީ ހިތާމަ ހުރިކަމެކެވެ، މިކަމުގެ ސަބަބުން ވިސްނާލަން ޖެހޭ ހަޤީ ގަތަކީ ބައެއްރަށްރަށުގައި ފިތުނަވެރިކަމާއި ދީނީއެއްބައިވަންތަކަން ގެއްލިގެން ދިއުމުން ރަށުގެ ވެރީންނާއި ރައްޔިތުން ޖެހި ފިތުނައިގެ ތެރެއަށް ގިނަ ކަންތައްތަކެއް ހުށައެޅިގެން ދިއުމެވެ،

ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ޑީ އާރު ޕީ އަކީ މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ އެއް ޕާޓީ އެވެ. މިޕާޓީން އަތޮޅުތަކުގައި ގޮފިތައް ޤާއިމްކުރުމައްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއްކުރެވި އެކަންވަނީ ކާމިޔާބު ކުރެވިފައެވެ. ދެންއޮތީ ގޮފިތަކުގައި ތިއްބަވާ ބޭފުޅުން ސާބިތުކަމާއި އެކު ޑީ އާރު ޕީ ކުރިއަށްގެންދިއުމަށް ޑީ އާރު ޕީގެ ކައުންސިލާއި އެހީތެރިވުމެވެ. މިކަމުގައިވެސް ސާބިތުކަމާއި އެކު މަސައްކަތްތަކެއ ކޮއްދީފައި ވާކަން ވަރަށް އުފާލާއި އެކު ފާހަގަކުރަމެވެ.

މިހާތަނައް އައި އިރު ރަށުގޮފިތައް އެކުލަވާ ލެވިފައި ވަނީ އެންމެ ފަހަރަކުއެވެ. އަޅުގަޑަށް އެގިފައިވާގޮތުން ގޮފިތައް އެކުލަވާލުމުގައި އެކަށީގެވްވާ އުސޫލެއްނެތި އެކަން ކުރުމުން ގޮފިތަކުގެ މަޤާމްތަކުގައި ތިއްބެވި ބައެއްބޭފުޅުންނަކީ އެމަޤާމަ ތަކަށް ކުފޫ ހަމަނުވާ ރައްރަށުގެ ރައްޔިތުން ބަލައި ނުގަންނަ ބޭފުޅުންކަން ފާހަގަކުރެވެއެވެ. ވީމާ އަލުން ރައްރަށުގައި ގޮފިތައް އެކުލަވާލައި އައުކުރުމަކީ މިވަގުތުކޮންމެހެން ބޭނުން ކަމެކެވެ.

ޑީ އާރު ޕީގެ އަސާސީ ޤަވާޢިދުގެ 60 ވަނަ މާއްދާގެ " ( ހ ) ގައިވާގޮތުން ޕާޓީގެ ހުރިހާމެމްބަރުން ތަމްސީލް ކުރެވޭގޮތައް ބާއްވާ ޢާއްމު ޖަލްސާއެއް ކޮންމެ މީލާދީ ދެއަހަރަކުން އެއްފަހަރު ބާއްވަން ވާނެއެވެ." އެހެންކަމުން ޑީ އާރު ޕީގެ ގައުމީ ޢާއްމު ޖަލްސާ ބޭއްވުމައްޓަކައި ތައްޔާރުވަމުން އަންނަ ދަޑިވަޅެއްގައި އަލުން ގޮފިތައް އެކުލަވާލައި ހެދުމައްޓަކައި ވާންޖެހޭ ތައްޔާރީތައް ގޮފިތަކުން ފަށަން ވެއްޖެކަމުގައި އަޅުގަޑު ދެކެމެވެ. މިގޮތުން ރަށުގޮފިތަކުގެ މަޤާމް ތަކަށް ކުރިމަތިލައްވާބޭފުޅުން އިންތިޚާބްކުރުމުގައި ސިއްރު ވޯޓަކުން ހޮވޭނެގޮތް ހަމަޖެހުމަކީ ކޮންމެހެން ބޭނުންކަމެކެވެ.

އަންނައަހަރު ބޭއްވޭ ޕާޓީގެ ޢާއްމު ޖަލްސާ ކާމިޔާބު ޖަލްސާއަކަށް ހެދުމައްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރައްވާނެ ކަމުގައި ޕާޓީގެ ރެޖިސްޓްރާ އިބްރާހިމް ސާފިޢު ވިދާޅުވެފައިވާއިރު ޑީ އާރު ޕީ ވައިކަރަދޫގޮފިން ޢާއްމު ޖަލްސާއަށް ތައްޔާރު ވުމާއި އިންތިޚާބައް ކުރަން ޖެހޭ ކަންތައްތައް މިދަނީ ކުރަމުންނެވެ. މިގޮތުން ވައިކަރަދޫ ގޮފީގެ ރަޖިސްޓްރީ ސާފުކުރުމާއި މަޤާމް ތަކަށް ކުރިމަތިލައްވާބޭފުޅުންނަށް ދޭން ބޭނުންވާމަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ އަދި ޑީ އާރު ޕީ ވައިކަރަދޫ ގޮފީގެ ގިނަ މެމްބަރުންނަކީ މާލޭގައި ދިރިއުޅެމުން ދާމީހުން ކަމަށް ވާތީ ގޮފި ތަކުގެ އިންތިޚާބުގައި ވޯޓް ލާއިރު މާލޭގައި ދިރިއުޅޭ ވައިކަރަދޫ ގޮފީގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭފުޅުން ވެސް މިވޯޓްގައި ބައިވެރި ކުރަން ޖެހޭނެކަމަށް ފެންނާތީ މިކަމާއިމެދު ގޮތެއް ކަޑަ އަޅާ ނިންމަން ޖެހިފައިވާ މަސްއަލަ އަކަށް ވާތީ މިވާހަކަ މިފުރުސަތުގައި ދަންނަވާލަމެވެ.

އަޅުގަނޑު އުއްމީދުކުރާގޮތުގައި ޑީ އާރު ޕީ އިން އަންނަ 2008 ވަނަ އަހަރުބޭއް ރިޔާސީ އިންތިޚާބުގެ ކެމްޕޭން އަށްތައްޔާރުވަމުން ދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީއާރުޕީ އިން ހަރަކާތްތެރިވާނީ އަލަށް އިންތިޚާބުކުރެވިގެން މަޤާމް ތަކާއި ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުންގެ ބެލުމާއި ހިންގުތެރި ރޭވުމުގެ ދަށުންކަން ޔަޤީން ކުރަމެވެ. މިހާރުގޮފިތަކުގެ އެކި އެކި މަޤާމް ތަކުގައި ތިއްބެވި ބޭފުޅުންވެސް ޕާޓީ އަށް ޓަކައި ވަރަށް ބުރަ ޤައުމީ މަސައްކަތެއް ކޮއްދެއްވިކަން އަޅުގަނޑު ޤަބޫލްކުރަމެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ބުރަމަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގައި އަޅުގަނޑު އުއްމީދުކުރަމެވެ. އިވޭއަޑުތަކާއި ލިބޭ ޚަބަރުތަކުގެ މައްޗަށް ބުރަވާއިރު ގިނަ ޕާޓީ ތަކަކުން މަސައްކަތް ކުރަމުން ދަނީ ޑީ އާރު ޕީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވިޔަނުދިނުމަށް އިދިކޮޅު ފަރާތްތަކުން ވީހާވެސް ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ގިނަ ޕާޓީ ތަކެއް އެކުވެ އިއްތިހާދާއެކު އާ އަހަރުގެ ފުރަތަމަ ދަތުރު އެފެށީ އުތުރު އަރުމާޒު ނަމުގައި ތިންއަތޮޅަށް ކުރާ ކެމްޕޭން ދަތުރަކުންނެވެ.

0 ޙިޔާލު: