ތިޔައީ ގޯހެއް
ގައި 1/05/2009މިލިޔުމަކީ 28 އޯގަސްޓް 2007 ގައި ލިޔެފައިވާލިޔުމެކެވެ.
ކޮންމެކަމެއް ކުރާއިރު ވިސްނާ ފިކުރުކޮއް އެހެންމީހުންނާއި ޚިޔާ ބަދަލުކުރުމީ ހަމަގަމުވެސް ރަގަޅުގޮތާއި ނުބައިގޮތް އެގޭނޭކަމެކެވެ. ދަންނަވަން މިއުޅެނީ މި މުޖުތަމަޢުގައި މިހާރު ހިގަމުންދާ އޮއިވަރަކީ އަދާލަތުޕާޓީން މީހުން ކަޑުވާ އެމް ޑީ ޕީއަށް މީހުން އިތުރުކޮއް އަދާލަތުޕާޓީ ޑިލީޓް ކުރުމަށް ކުރަމުންގެންދާ މަސައްކަތެވެ. މިމަސައްކަތް ކުރާބަޔަކު ތިޔަހެން ނުހަދާށެވެ. ތިޔައީ ގޯހެކެވެ މިބުނަނީ ވައިކަރަދޫ ފަސްގަޑުގައިވެސް ހުރިހާ ޕާޓީ ތަކަށްވެސް ފުރުސަތުދީ އެފުރުސަތުގެ ބޭނުންކޮށް ރަގަޅު ގޮތުގައި ހަރަކާތްތެރިވެ ރަށުގެ ކުރިއެރުމާއި ދީނީ އެއްބައި ވަންތަކަމާއި މަސައްކަތްތެރިކަމާއިއެކު ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެން ސިޔާސީ މައިދާނުގައި ތިބެގެން ކުރަންވީކަމެކެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީ ތަކަކީ ވަކި މަޤްސަދެއްގައި ވަކި މިސްރާބަކައް ވަކި ދުވަސްވަރެއްގައި ހިންގަން ޖެހޭނެ ކަމަކަށް ވާއިރު ކޮންމެ ޕާޓީ އަކުންވެސް ހަރަކާތް ތައް ހިންގާނީ އެޕާޓީ އެއްގެ މެނިފޯސްޓާއި އެޕާޓީ އަކުން ޤަބޫލް ކުރާ ހަމަތަކަކާއި އެކު އެޕާޓީގެ ކައުންސިލުން ނިންމާފައިވާގޮތަކަށެވެ. މިނޫންގޮތަކަށް މިކަން ކުރަން ވެއްޖެނަމަ ވަރަށް ހިތި ނަތީޖާ ތަކެއްލިބި ޕާޓީގެ އަގު ވެއްޓި ރައްޔިތުންގެ ކުރިމަތީ ބޭޒާރުވެ ޕާޓީގައި އިސްވެ ހަރަކާތްތެރިވާމީހުން އިސްތިޢުފާ ދޭން ޖެހިދާނެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޕާޓީ އަކަށްވަދެގެން މިއުޅެނީ ޤައުމަށާއި ރަށައް ފައިދާތަކެއް ހޯދައިދިނުމުގެ މަޤްސަދުގައެވެ. ވީމާ މިކަން ކާމިޔާބު ކުރުމައްޓަކައި އެޕާޓީ އަކުން މަސައްކަތްކުރަންވާނީ އެޕާޓީގެ މެނިފޯސްޓާއި އެޕާޓީގެ ހިންގާ ޤަވާއިދުގެ ތެރެއިންނެވެ. ކޮންމެ ޕާޓީއެއްގެ ވެސް މެނިފޯސްޓަކީ އެޕާޓީގެ ކައުންސިލް މިމްބަރުންނާއި ޢާއްމު މިމްބަރުންގެ އަޢްލަބިއްޔަތުން ފާސްވެ އިލެކްސަންސްއިން ޤަބޫލް ކުރާ އެއްޗަކައްވާއިރު އެޕާޓީއަކަށް ނިސްބަތްވާ ކޮންމެ މީހަކު އިޙްތިރާމް ކުރަންޖެހޭނެ އެއްޗެކެވެ. އެހެން ކަމައް ވަނީނަމަ މީހަކު ހަމަ ބުނާއިރަށް ޕާޓީން ކެޑުމުގެ ފުރުސަތު ދެވިގެންނުވާނެއެވެ.
އަދާލަތު ޕާޓީގެ މަޤްސަދާއި އަމާޒު ކަމަށް މެނިފޯސްޓް ގައި ބުނެފައިވާ ނުކުތާ ތަކާއި މެދުވިސްނާ ފިކުރުހިންގާއިރު އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ރަގަޅު ޕޮއިންޓް ތަކަކީ
( ހ ) ޢަދުލް އިންސާފްގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ސިޔާސީ އިޖްތިމާއީ އިޤްތިޞާދީ ޘަޤާފީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުން.
( ށ ) ދިވެހިރާއްޖޭގައި އިސްލާމީ ސަޚްސިއްޔަތާއި ދިވެހި ވަންތަކަން ދެމެހެއްޓުން
(ވ ) ދިވެހިންނަކީ ދީނާއިމެދު ފަޙުރުވެރިވާ ދީނުގެ ކަންތައްތަކަށް ތަބާވާ ބަޔަކަށް ހެދުމަށްމަސައްކަތްކުރުމާއި އެކު އެންމެހާ ބާތިލް އަޤީދާތަކާއި ލާދީނީ އޮއިވަރުތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުން
މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮއް ބަލާއިރު ހަމަގައިމުވެސް އެމް ޑީ ޕީގެ މެނިފޯސްޓަކުން ޤައުމަށް ފައިދާހުރި ދީނީ ވަހުދަތު ހިމާޔަތް ކުރެވޭ ވަރުގެ ބަހެއް ބުނެފަކާ ނެތެވެ. މިހާތަނަށް އައި އިރު އެމްޑީޕީގެ މަޤްސަދު ހާސިލް ކުރުމައްޓަކައި ކުރަމުން އައި ކޮންމެ މަސައްކަތެއް ވަނީ ބޭކާރުވެ ރައްޔިތުންގެ ކުރިމަތީގައި މަޤުބޫލްކަން ގެއްލިފައެވެ. މިހެން މިވަނީ ހަރުދަނާ މެނިފޯސްޓެއްނެތި އަބަދުވެސް މީހުންގެ ހައްޤުތަކައް އަރައިގަންނަމުން ދާތީއެވެ. މިހާރު ތިޔަ އަރައިގަނެވެނީ އަދާލަތުޕާޓީގެ އަންބޮޑި އަށެވެ. އަދާލަތުޕާޓީގެ ކަރާމާތަށް ހުތުރުވާގޮތަށް ހަސަދަވެރިގޮތެއްގައި އެމް ޑީ ޕީގެ ޗެއަރ ޕާސަން މުހައްމަދު ނަސީދު ވާހަކަދެއްކެވި ކަމީ ވަރަށް ހިތާމަހުރި ކަމެއްކަމަށާއި މިއިން އެގެނީ ޕޮލިޓިކަލް ޕްލޫރަލިޒަމަކީ މުހައްމަދު ނަސީދާއި އޭނާގެ ބައިވެރިން ޤަބޫލު ކުރައްވާއެއްޗެއް ނޫންކަމެވެ. ސިޔާސީ ކަންކަމުގައި ތަފާތުވިސްނުން ތަކާއި ތަފާތު ޚިޔާލު އުފެދުމަކީ ޕާޓީ ނިޒާމުގެ ތަބީޢަތް ކަމުގައި ތިމާމެން ޤަބޫލުކުރާގޮތްނޫން އެހެންގޮތަކަށް ބަޔަކު ދެކެފިނަމަ އެކަމަކާ އެމީހެއްގެ އަބުރުނަގާލުމަށް ވާހަކަދެއްކުމަކީ ޑިކްޓޭޓަރުންގެ ކަމެއްކަން ނަސީދު އަށް އެގިނުލައްވަނީބާވައެވެ. ހަމަގައިމުވެސް މިޤައުމުގައި އެފަދަ މީހަކު ވެރިކަމަށް އިސްކުރަން އުޅޭ ބަޔަކު އެއުޅެނީ މަސްތެއްވެގެން ކަމާއިމެދު ޝައްކު އުފެދެއެވެ. މިޤައުމުގައި އެފަދަ މީހަކައް ވެރިކަމާއި ގާތްވެވުނަ ނުދިނުމަށް ޢަދާލަތު ޕާޓީ މަސައްކަތް ކުރާނެކަމުގައި އަޅުގަނޑު އުއްމީދުކުރަމެވެ. ތިޔަކަހަލަ ރީދޫ ކުލަޔަށް ހެއްލި އާޚިރަތައް ނުވިސްނާ ބަޔަކު ދައްކާ ވާހަކަ އިން އިބިލީހުގެ ދަރިން ހައްލުވަން މަސައްކަތްކުރާށެވެ. ހަމަ ހިލާވެސް މިދިވެހި ރާއްޖޭގައި ތިޔަބައި މީހުންނަކަށް ލާދީނީ އޮއިވަރެއް ނުހިންގޭނެއެވެ. އަދި މިވައިކަރަދޫ ގައި އެމް ޑީ ޕީ ގެ ނުފޫޒެތް ނުފޯރުވޭނެއެވެ މިފަސްގަޑު ގައި ތިޔަކުރަމުންގެންދާ ވިޔާނުދާ ޢަމަލުގެ އަގު ވަޒަން ކުރަމުންދަނީ މިފަސްގަޑަށް އުފަންވެފައި ތިބި ނިކަމެތި ކުޑަކުދިންނެވެ. އަދި އެކަމުގައި ބެދެވިގެން އެދަނީ ކިޔަވާ ކުދިންނާއި މާދަމާ މިރަށުގެ އެކިކަންކަމާއި ހަވާލުވާން ތިބި ޒުވާނުންގެ ތެރެއިން ބައެށްކުދީންނެވެ. ވިސްނާ ފިކުރުހިންގާބަލާށެވެ. ތިޔަ ހޯދައިދެނީ ޤައުމީ ދީނީ އެއްބަވަންތަކަންހެއްޔެވެ. ނުވަތަ ދޭދޭ މީހުންޖެއްސުމާއި ފިތުނަފަސާދަހެއްޔެވެ. ތިޔަ ޕާޓޭން އަބަދުވެސް ގޮވަމުން ތިޔަދަނީ ޤައުމުގެވެރިންނާއި ދީނީ ބޭފުޅުންގެ އަބުރާބެހުމުގެ ވާހަކަތަކެވެ. އެބޭފުޅުންނަށް ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަތަކެވެ. އެބޭފުޅުންގެ ޒާތީ ކަންކަމުގެ ވާހަކައެވެ. ނިކަމެތި ކުޑަކުދިން ލައްވާ ޓީޗަރުންނާއި މައިންބަފައިން އިސްތިޢުފާއަށް ގޮވުމާއި ޤާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން މިޤައުމަށް އިސްކޮއްފައި ހުރި ވެރިމީހާ ގަދަ ބާރުން ވެރިކަމުން ބާލުވާ ވާހަކައެވެ. މިޤައުމު ހަލާކު ކުރީ ހަމަ ތިޔަބައިމީހުންގެ ފަސްފަހަތުގައި ދުވަމުންގެންދާ ޕާޓޭންތަކެވެ.
18 އޯގަސްޓް 2007 ދުވަހު އަމާން އޮމާން ކަމާއި އެކު މިޤައުމު ހިންގުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ ނަތީޖާގެ ސަބަބުން ހިންހަމަޖެހުމުގެ ބަދަލުގައި މިތިބެން ޖެހެނީ މާދަމާ ދިރިތިބެވޭނެކަމުގެ އުއްމީދު ގެއްލިފައެވެ. އެއީ ބަރުލަމާނީ މޫނުކަފަގަޑު އަޅާ ޖަނާޒާ ބާއްވާ ވަޅުލަންޖެހުނީމައެވެ. މިއީ ކާކު ކޮންބަޔަކު ކުރާކަމެއްކަން ވާނުވާ ނޭގި ހަދާނެ ގޮތްހުސްވެ ހައިރާންކަންމަތީ ތިބެން މިޖެހެނީ ރީދޫ ކުލަޔަށް ނަޒަރު ހުއްޓިފައެވެ. އެކަހަލަ ދެރަ ކަމެއް ވައިކަރަދޫގެ ދަރިއަކަށް ނުހަދާށެވެ. އާދޭހާއެކު ބުނަމެވެ ތިޔައީ ގޯހެކެވެ. މާދަމާ މިޤައުމު ދެކެން އެމީހަކުވެސް ބޭނުންވާނެއެވެ. ހަމައެކަނި އެމް ޑީ ޕީގެ ސަޕޯޓަރުންނާއި އެމްޑީޕީގެ މެމްބަރުން ފިޔަވާ އެހެން މީހުން ވެސް މާދަމާ ދެކެން ބޭނުން ވާނެއެވެ. މިހާރުވެސް ޑީ އާރު ޕީގެ ވައިކަރަދޫގެމިމްބަރަކަށް ރިޔާސީ ނިޒާމަށް ކެމްޕޭން ކުރީތީވެ އިންޒާރުގެ ފޯނުކޯލް ތައް ކުރަމުންދަނީ ކައްވަޅުގައި އޮތް މީހެއްގެ ނަމުގައި ވާ ސިމް ކާޑެއް ބޭނުންކޮށްގެންނޫންހެއްޔެވެ. މިފަދަމިސްމީހުންގެ ސިމްކާޑާއި އައިޑީ ކާޑާއި ޕާސްޕޯޓަކީ އެމްޑީޕީ އަށް ނުހަނު ބޭނުންތެރި އަގުބޮޑު މުދަލަކަށް ވާއިރު ހދ. އަތޮޅުގައިވެސް އެފަދަ އަގުބޮޑު އާސާރީ މުދާ ވާނުވާގޮތް ބެލުމަށް ޤާނޫން ހަދާ މަޖްލިސް ތެރެއަށް ވަދެލަބަލާށެވެ. އެމަޖްލިސް ގައި އެމްޑީ ޕީ ގެ ސަޕޯޓަރުންނާއި ބޮޑުން ގަންނަ ސަކަރާތަކީ ވޭތުވެ މިދިޔަ ޤަރުނުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލީސް ކުރާގޭގައި ބަޔަކު ނުޖަހާ ސަކަރާތެކެވެ.އަދި ދުނިޔޭގެ އެހެން ޤައުމެއްގައިވެސް މިފަދަ މަންޒަރެތް ފެނުމަކީ ވަރަށް ނާދިރުކަމެކެވެ.
އެމް ޑީ ޕީ ގައި އުޅެވޭނީ ގޮއްމުށުގެ ބާރާއި އަނިޔާކުރުމާއި ފޭރުމާއި ލޫޓްވުމާއި ނުހަމަގޮތުގައި މަސްތުވެފައި ތިބެން ބޭނުންވާ ޚިޔާލާއި ފިކުރު ހުންނަ މީހުންނަށެވެ. އަދާލަތުޕާޓީގައި އުޅެވޭނީ ދީނީ އުޚުރަވީ ކަންކަމުގައި އަވަދި ނެތި އުޅެ ޤައުމާއި ވަޒަނަށް ހެވާއި ލާބަ ހޯދައިދިނުމަށް އެދޭ މީހުންނަށެވެ. ވީމާ އަދާލަތު ޕާޓީން ކެޑި އެމް ޑީ ޕީއަށް އެފަދަ މީހުން ދިއުމަކީ އެކަށީގެންވާކަމެކެވެ، އެކަމާއިހުރެ އަދާލަތުޕާޓީ ފަސްފަހަތަކަށް ނުޖެހޭނެއެވެ.
ﷲ އަށް އީމާން ވެގެން ތިބި ދިވެހީންނޭ! ވައިކަރަދޫގެ ލޮބުވެތި ދަރިން ސަމާލުވެ ތިއްބަވާށެވެ. އެމް ޑީ ޕީ މިކުޅޭ ކުޅިގަނޑުން ވައިކަރަދޫ ހަލާކުވެގެން ދިޔަނުދިނުމަށް ވެވެން އޮތްގޮތަކައް މަސައްކަތް ކުރާށެވެ. ވިސްނާށެވެ.! ވައިކަރަދޫގައި އެމް ޑީ ޕީގެ ސަޕޯޓަރުން ސިޓީ ތަކެއްގައި ސޮއިކުރުވަމުންމިގެންދަނީ ވެރިންނާއި މަޖުލިސްގެ މެމްބަރުންނާއި ކޮމެޓީތަކުންނާއި އަދި ހެވާ ލާބަޔަށް އެދި މަސއްކަތަކުރާ ކޮންމެ މީހަކީ އެމީހުންގެ ދުސްމަނުންކަމުގައި ބުނަމުންނެވެ. އެމީހުންގެ އަގު ވައްޓާލުމަށް ދައްކަމުންގެންދާ ވާހަކަތަށް ގިނަވެފައި މީހުންނަށް އޮޅޭގޮތްވާނެއެވެ. މިގޮތުން ޕެޓިސަންގެ ނަމުގައި ނުވަތަ ސިޓީ ތަކުގެ ނަމުގައި ހުށައަޅަމުން ގެންދާ ލިޔުން ތަކާއި މެދު ސަމާލުވެ ވިސްނާ ވަޑައިގަންނަވާށެވެ. މިކަހަލަ ލިޔުންތަކަކީ ޒަމާނީ ޓެކްނޮލެޖީ ބޭނުންކޮށްގެން ކުރެވެންހުރި ވަރަށް ގިނަ ކަންތައްހުރެދާނެއެވެ. ނޭގި ތިއްބާ ތިބާގެ ސޮއި ބޭނުންކޮއްގެން އުޚުރަވީ ޙަޔާތާއި ދުންޔަވީ ޙަޔާތް ބަރުބާދުވެގެން ހިގައިދާނެއެވެ. މިކަމުން ހާމަވެ ފެންނަން ހުރި ހަގީގަތަކީ އެމް ޑީ ޕީގެ ޢިލްމުވެރިންގެ މަޖުލީހުގެ ބައެއް މީހުންގެ ގާތުގައި އެޕާޓީގެ ޗެއާރ ޕާރސަން އަލްފާޟިލް މުހައްމަދު ނަސީދު ލަފާ ދެމުންދަނީ "މިޤައުމަށް އެހެންދީނެތް އައުމުން އިސްލާމްދީނަށް އުޅޭމީހުން އެބައިމީހުންގެ އަޤީދާ ވަރުގަދަކުރާނޭކަމަށާއި އެހެންކަމުން މިދިވެހިރާއްޖޭގައި އެހެންދީންތައް އޮންނަންޖެހޭނެކަމަށެވެެ. މިއީ ބޮޑުތަކުރުފާނުފަދައިން ޖިހާދުކުރައްވާ ބޭފުޅަކައްވާއިރު." މިދިވެހި ފަސްގަނޑު ދެކެ ލޯބިވާއިރު މިފަދަ ޢިބާރާތުން ވާހަކަ ދައްކަމުންދަނީ ކީއްވެބާވައެ
އަދުގެސަރުކާރު ޤާނޫނީ ހަމަތަކުގެމަތިން ހިންގާނަމަ ލާދީނީ ހަރަކާތެއް ރާއްޖޭގެ ވެރިކަމަށް އަޔަނުދިނުމަށް ކުރެވެން އޮތްހުރިހާ ކަމެއް އަދާލަތުން އަންނަނީ ކުރަމުން ކަމަށެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައިވެސް މިކަން ކުރާނެކަމަށް ސަހީމް ވިދާޅުވެފައިވަނީ އަދާލަތުޕާޓީގެ ވެބްސައިޓްގައިލިޔުނު ލިޔުމެއްގައެވެ. މިއަކީ އަދާލަތު ޕާޓީ ޕޮރޮމޯޓް ކުރުމާއި އެޕާޓީ އަށް ހިވަރު ދިނުމެއްވެސްނޫނެވެ. ކަމުގެ ޙަޤީގަތަކީ މިއީ ކަމަށް ވާއިރު މިކަމާއިމެދު ވިސްނާފިކުރު ކުރެވެނީއެވެ.
This entry was posted on 1/05/2009 and is filed under އިޖްތިމާޢީ, ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment