ގަބުޅިމުދިމުން
ގައި 1/05/2009 މީގެކުރިން އަޅުގަނޑުމެން އަޑުއަހާ ކިޔާ އުޅެނީ ގަބުޅި ކަތީބުންގެ ވާހަކަ އެވެ. ނަމަވެސް މިހާރު އެލިސްޓައް ގަބުޅި މުދިމުން އިތުރުކޮށް އެފަދަ މާތް ބޭފުޅުންނަށް ވަޒީފާއާއި ލަޤަބު ދެއްވާކަމީ ހިތާމަކުރާކަމެކެވެ.ދެއުޅި އެއްނުވާމީހުންނަށް އިމާމް ކަން ސަރުކާރުން ދެއްވާކަމީ ހިތާމަހުރިކަމެކެވެ. މުދިމުންނަކީ ޒަމާނުންސުރެ ރާއްޖޭގެ ކަންކޮޅު ތަކުގައި ސަރުކާރުން ރައްޔިތުންބޭނުންވާ އިސްލާމީ ވަޙްދަތު ދެމެހެއްޓުމާއި ސަރުޢީ އެކިއެކި ބޭނުން ތަކާއި މުހުތާދުތައް ފުއްދުމައްޓަކައި އިސްވެ ޙަރަކާތްތެރި ވަމުންއަންނަ ލާމަސީލު ނަމޫނާބައެކެވެ. ކަންމިހެން ހުރިކަމުގައި ވިއަސް މިހާރު ރާއްޖޭގެ އިސްމަޤާމް ތަކުގައި ތިއްބެވި ބައެއް ގަބުޅި މުދިމުން އަދި ސިޔާސީ ޕާޓީތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން އަމާޒުކުރަމުން ނުވަތަ ރާވަމުން މިގެންދަނީ ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފްރަތު އުފެދި މައިން ބަފައިން ދަރީން އެއްބަޑުއެއްބަފާމީހުން ގާތްރަޙުމަތްތެރީން ރުޅިކުރުވާ މައިންބަފައިންނަށް ދޭން ވަޢުދުވެފައިވާ އެހީ ކަޑާލާ ޢާއިލާތަށް ރޫޅާލާ އެބައިމީހުންގެ ޙައްގުތަކައް އަރައިގަނެ މުޖުތަމަޢު ނާމާންކަންމަތީ ބާއްވާ އަންނަން އޮތްޖީލް ހަލާކުކޮއް ރާއްޖޭގައި ޒަމާނުންސުރެ ހިނގަމުންއަންނަ އިސްލާމީ ޢަޤީދާ ނެތިކޮއްލައި ރާއްޖޭގައި މިވާ ޤައުމީ އެއްބައިވަންތަކަން ނެތިކޮއްލުމާއި ރާއްޖޭގެ އިޤްތިސާދުގެބޭނުމުގައިކަމީ ކުޑަވެސް ޝައްކެއް އޮތްކަމެއްނޫނެވެ.
އަޅުގަނޑުމެން ވިސްނާ ފިކުރުކޮއް ދެނެގަންނަންވީ ކަންކަމަކީ ކޮބައިކަން. އަޅުގަނޑުމެން އީމާންވެ މިތިބިދީނަކީ ކިހާ މަތިވެރި މާތްދީނެއްކަން. އަޅުގަނޑުމެންގެ އަޤިދާ ނުގުޑާނެކަން. ޤައުމީ ރޫޙަކީ ކޮބައިކަން މާތްﷲ އާއި އެކަލާންގެ ރަސޫލާ އާއި ވެރީންނައް އީމާންވުމަކީ ކޮބައިކަން އަޚްވަންތަކަމަކީ ކޮބައިކަން އަވައްޓެރީންނަކީ ކޮބައިކަން އެކުވެރި ރަޙުމަތްތެރީންނަކީ ކޮބައިކަން މިކަންކަމުގެ މައްޗަށް ވިސްނާ ފިކުރުކޮއް އަޅުގަނޑުމެން ނުހަނު ލޯބިވާ ދަރީންގެ މުސްތަޤްބަލް ގެއްލުނަނުދީ ސާބިތުކަމާއިއެކު އެދަރިން ނަށް އެންމެފަހުވަޤްތާއިޖެހެންދެން ނަސޭހަތްތެރިވެ ވިސްނައިދީ އެދަރީންގެ ޙައްޤުގައި ދީނައްޓަކައި ޤައުމައްޓަކައި ޤްރުބާންވާން ތައްޔާރައްހުރިކަން އެދަރިންނައް ބަހާއި ޢަމަލުން ސާބިތުކޮއްދީ އެދަރިން ނަށް ތެދުމަގުދައްކައިދިނުން
ފެންނަންހުރި ކަންކަމުގެ މައްޗައް ބަލާ ވިސްނާ ދިރާސާކުރާ އިރު މުދިމުންނަކީ ތެދުވެރި އަމާނަތްތެރި ބަޔަކަްވުމާ އަޚްލާޤީ ސިފަތައްލިބިގެންވާ ހަރުދަނާމީހަކައްވުން ކޮންމެހެ ވަނީ ންބޭނުން ވެފައެވެ އެއީ އެމީހެއްގެ ފަހަތުގައި ނަމާދު ކުރަންޖެހޭ އިމާމެއްކަމައްވާތީއެވެ. މިހާރަކައްއައިސް ޕާޓީ ބަދަލުކުރާފަދައިން ނަމާދުކުރާމިސްކިތް ވެސް މިވަނީ ބަދަލުކުރަން ޖެހިފައެވެ. ސަބަކީ އިމާމް މީހާގެ ޢަޤީދާ އާއި އޭނާގެ ޢަމަލްތަކާއި އުޅުމާއި ގުޅުން އަދި ކިޔަވާ ކިޔެވެލީގެ ރާގު ކަމުނުދާތީއެވެ. މިހެން މިވަނީ ފައިސާގެ ދަހިވެތިކަމުން ތިމާގެ ހިތް ބަދަލުވެ އަނެކުންނަށް އިޙުތިރާމް ނުކުރެވޭތީއެވެ. މިހާރަކައް އައިސް އިވެމުންދާ ވާހަކަ އަކީ ކުރިމކަތިވަމުން އަންނަ މާތް ރަމްލާން މަހުގެ ތަރާވީހު ނަމާދު އިމާމްވެ ކުރާނީ ފައިސާދޭނަމައެވެ. މިއީ މުހިއްމު ސުވާލެކެވެ. މިސުވާލުގެ ޖަވާބަކީ މިބައިމީހުން އާޚީރަތް ބެނުން ނުވަނީ ބާވައެވެ ހިތުގައި އިޚުލާސްތެރިކަމެއް ނެތީ ބާވައެވެ ހަމައެކަނި މާއްދީ ފައިދާ އާއި ދުންޔަވީ ކަންކަން ބާއްޖަވެރިކުރުމައްޓަކައި ބޭނުންވަނީ ބާވައެވެ. އާދެ! ދުންޔަވީ ކަންކަންބޭނުންވާ މީހާ ވިސްނާ ދެނެގަންނަން ޖެހޭ ކަންތައްތަކެއްވެއެވެ. ޢާއިލީ ގުޅުން ބަދަހިކުރުން ރައްޓެހި ރަހުމަތްތެރީންނާއި ގުޅުން ބަދަހިކުރުން ގާތް އަވައްޓެރީންގެ ގުޅުން ބަދަހިކުރުން ރައްޔިތުންގެ ރުހުމާއި ލޯބިހޯދުން ޖުމްލަކޮއް ބުނާނަމަ އެއްވެސް ދިވެއްސަކައް ބަދުބަހެއްނުބުނުން މިނަންގަނެވުނު ކަންކަމަކީ ދުންޔަވ ީ ކަންތައްހާސިލް ކުރުމައްޓަކައި ބޭނުންވާ ކަންތަކެވެ. އުޚުރަވީހަޔާތް ބާއްޖަވެރި ކުރުމައްޓަކައި ތިމާކުރަންޖެހޭ ކަންތަކެއްވެސްވާކަން ދަންނަންޖެހެއެވެ. މިސާލަކަށް އިމާމަކުނަމަ ފަރުލު ނަމާދައްރައްކާތެރިވުން ތިމާގެފަހަތުގައި ނަމާދުކުރާމީހުންނަށް ރަގަޅު ނަސޭހަތާއި އިރުސާދު ދިނުން އޭނާގެފަރާތުން ނަމޫނާއަކަށްވާސިފަތަކާއި ދުލުން ހެޔޮބަހެއްމެނުވީ ބޭރުނުކުރުން ސަހުވާނީ އެދުންފާޅުވާ އެއްވެސް ބާވަތެއްގެ ޢަމަލެއް ސިފައެއްފާޅު ނުކުރުން ސުންނަތްނަމާދާއި ސުންނަތްރޯދަ ހިފުމަށް އާދަކުރުން މިކަންކަން ކުރަމުން ގެންދާނަމަ އެކަމުގެ ސަވާބާއި ދަރުމަ އާޚިރަތްދުވަހުން އެފަރާތަކައްދެއްވުމަށް މާތްﷲ ވަނީ ވަޢުދުގެބަސް ފުޅު ވަޙީކުރައްވާފައެވެ.
މިލިޔުން އަޅުގަނޑު ލިޔަން ގަސްތުކުރީ މިހާރު މިދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ނޭދެވޭ ވިޔާނުދާ ކަންތައްތައް ފެންނަމުންދާލެތް ގިނަކާމާއި މައިންބަފައިންނާއި ދަރިން ނާއި އެދަރިންގެ ދަރިން ކުރަމުންގެންދާ ކަންތައްތަކުން ޢާއިލީގުޅުންކެޑި މުޖުތަމަޢު ހަޅާކުވެ މައިންބަފައިންގެ މައްޗަށް ދަރިން އަމުރު މަޢުރޫފް ހިންގާ އެއްބަޑު އެއްބަފާކަމުގެ ގުޅުންކަޑަމުންދިއުމާ އަބިމީހާގެ މައްޗަށް ފިރިމީހާ އަޑު އުފުލުމާއި އެކު ވަރިފަށައް އަރާ ތިންފައްވަރިން ވަރިކުރާ މަންޒަރާއި ޚަބަރުތައްލިބެމުންދާތީވެ މިކަމުގައި ކޮންމެސްފަރާތެއްގެ އިހުމާލެތް ވާކަމަށް އަޅުގަނޑު ޤަބޫލްކުރާތީ އެފަރާތަކައް އާދޭހާއެކު މިގޮވާލަނީ މިކަންކަން ހުއްޓުވާ ކުރިއަށް އަންނަންއޮތްޖީލައިގެން މިޤައުމު ގެންދިއުމަށް އާހިތްވަރަކާއެކު ކަމަރު ބަދެލަދޭށެވެ.
This entry was posted on 1/05/2009 and is filed under އިޖްތިމާޢީ, ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment