އަނިޔާވެރިޔާ ރައީސް ނަޝީދު ފުލުހުން ފޮނުވައިގެން ވަޠަންގެ އަންހެން ދަރިއެއްގެ ބަނޑުކޮޅުގައި ޖަހާ ބިންމައްޗަށް ވައްޓާލި…

ގައި 1/06/2009

ތެދުވާން އުޅުމުން ދެވަނަ ފަހަރަށްވެސް ޖަހާ ވައްޓާލި.




އިންޑިއާއިން ސުލާ ޝިރާޒް ހިއްޕަވައިގެން ރަންބުއްދިވެގެން ވަޑައިގަތުމަށްފަހު ޚުދުމުޚުތާރު، އަނިޔާވެރިޔާ ރައީސް ނަޝީދު ސުލްހަވެރިކަމާއި އެކު އެއްވެ އަޑު އުފުލަމުން ދިޔަ އާއްމު ރައްޔިތުންނާއި މެދު އަނިޔާވެރި ވެފައިވަނީ ދުވަހަކުވެސް ދިވެހިންގެ ހިތުން ފިލައިގެންނުދާނޭ ފަދަ އަނިޔާ ވެރި ގޮތަކަށެވެ. އެއްކޮޅުން އަމީން ފައިސަލްގެ ބެލުމުގެ ދަށުން މާލެތެރެ ޓެރަރައިޒް ކުރަންް ސިއްރިޔާތުގައި ހިންގާ އެމްޑީޕީގެ ހައްދުފަހަނަ އަޅައިފައިވާ މިލިޓަންޓް ގްރޫޕް، ރައީސް ނަޝީދުގެ ފިދާއީން ސުލްހަވެރި މުޒާހަރާ ކުރަމުން ދިޔަ މީހުނަށް ބިރުދެއްކުމަށް އެތަނަށް ފޮނުވިއެވެ. އަނެއްކޮޅުން ފުލުހުން ނެރެ މުޒާހަރާގައި ބައިވެރިވި މީހުން ހިފާ އަނިޔާކޮށް ހައްޔަރު ކުރަން ފެއްޓިއެވެ.

އަސްތާ ސަހަރޯއެވެ. މިއިން ޒަމާނަކުވެސް ފުލުހުންގެ ބަޔަކު ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެފައި ނުވާ ވަރަށް ފުލުހުން މުޒާހަރާ ކުރަމުން ދިޔަމީހުންނަށް އަނިޔާ ކުރިއެވެ. ގަދަކަމުން އަނިޔާކޮށްް މީހުން ލޮރީއަށް އެއްލަމުން ދިޔައެވެ. ބިންމަތީގައި އެމީޙުން ދަމާކާއްތާފަ ގެންގޮސް ލޮރީތެރެއަށް އެއްލާލައެވެ.

ގާނޫނޫ އަސާސީއިން ލިބިދޭ ހައްގެއްގެ ބޭނުންކުރުމަށް އައިސް ބާގީންނާއި ދެކޮޅަށް އަޑު އުފުލަމުން ދިޔަ އަންހެނެއްގެ ބަނޑު ކޮޅުގައި ފުލުހުން ޖަހާ އޭނާ ހޭނެތިގެން ވެއްޓުނެވެެ. ވެއްޓުމުންވެސް ބަލާލުމެއް ނެތި އަނެއްކާވެސް މިވަޠަންގެ ހިްތަވރުގަދަ އަންހެން ދަރިޔާ ގައިގާ އޭނާ ބަނޑުން އުފަންކުރި ދަރީން އިތުރު އެކަތި ފަހަރު އަޅާ ވިހެލިއެވެެ. ބަނޑުގައި ޖެހިލެއް ބާރުކަމުން އޭނާ ހޮޑުލާ ހެދިކަމަށް ވެއެވެ. އަދިް ހޮސްޕިޓަލަށް ގެންގޮސްގެން އޭނާއަށް ފަރުވާދޭން ޖެހުނެވެެ.

ރެއަކީ ފެށުމެކެވެ. އަނިޔާކުރުމަކުން ބިރު ދެއްކުމަކުން ދިވެހީންގެ އަޒުމަކަށް ބަދަލެއް ނާންނާނެއެވެ. ބާޣީން ދިވެހި ލަޝްކަރީންގެ އިސްމަގާމުތަކުން އިސްތިއުފާ ނުދޭހާ ހިދަކު ނުވަތަ އެމީހުން އެވަޒީފާތަކުން ވަކިނުކުރެވޭހާ ހިނދަކު މުޒާހަރާ ކުރިއަށް ދާނެއެވެ. އިގިރޭސިންގެ ގޮނޑިކޮއްކޮ ރައީސް ނަޝީދުގެ އަނިޔާ ވެރިކަމާއި އޮޅުވާލުން މުޅިދުނިޔެއަށް ބޭޒާރުވެގެން ދާނެއެވެ. ތަކުރާރުކޮށް ކުރެވޭ މުޒާހަރާތަކުން ސުލާ ޝިރާޒް ހިއްޕަވައިގެން ދުނިޔެ ރަންބުއްދިވެފަ ހުންނެވި ރައީސްގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރު ގޮތްގަނޑު އިތުރަށް ފާޅުވެގެންދާނެއެވެ.

ދަރީންނޭވެ އާހިތްވަރަކާއި އެކު އަލުން ތެދުވާށެވެ. ގުރުބާންވި ކާބަފައިކަލުންގެ ހަނދާން އާކުރާ ގޮތުގައި ޝަހީދުވި ދަރީންނަށްޓަކައި ތެދުވާށެވެ.

0 ޙިޔާލު: