ރައީސް ނަޝީދު އިންޑިއާ ދަތުރުފުޅުގައި ރާފޮދު (ސުލާ ޝިރާޒް) ހިއްޕެވި

ގައި 1/06/2009

ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާފޮދު ހިއްޕެވި ކަމަށް އިންޑިއާގެ ދުވަހު ނޫހެއް ކަމުގައިވާ ބިޒްނަސް ސްޓެންޑަރޑްގައި ލިޔެފިއެވެ. ރައީސް ނަޝީދުގެ ދަތުރުފުޅާއި ބެހޭގޮތުން އެނޫހުގައި ލިޔުންތެރިޔާ އަދީތީ ޕަދްނީސް ލިޔުއްވާފައިވާ ލިޔުމުގައި ބުނެފައިވަނީ ސުލާ ޝިރާޒީ ތައްޓެއް (ދުނިޔޭގައި މިހާރު ވާދަކުރާ އިންޑިއާ އިން އުފައްދާ ވައިން) ހިއްޕަވަމުން ނަޝީދު ދިވެހިރާއްޖެ މިހާރު ކަންބޮޑުވާ މައްސަލަތައް ހާމަ ކުރެއްވި ކަމުގައެވެ.

ސުލާ ވައިން އަކީ ދުނިޔޭގެ ބާޒާރަށް އިންޑިއާއިން ނެރެފައިވާ އިންޑިއާގެ އެންމެ މަޝްހޫރު ވައިން އެވެ. ބީބީސީ އިން މައުލޫމާތު ލިބިފަވާ ގޮތުގައި ޔޫރަޕާއި، އިގިރޭސި ވިލާތުގައިވެސް ސުލާ މަރުކައިގެ ވައިން އަންނަނީ ވާދަކުރަމުންނެވެ. އިންޑިއާގެ ސުލާވައިން ޔާޑްސް އިން އުފައްދަނީ މައިގަޑު 4 މަރުކާގެ ވައިންއެވެ. އޭގެ ތެރޭގައި ވައިޓް ވައިންގެ ދެވައްތަރާއި، ރެޑްވައިންގެ ދެވައްތަރު ހިމެނެއެވެ. އޭގެތެރެއިން ސުލާ ޝިރާޒް އަކީ މިހާރު ދުނިޔޭގެ މަގުބޫލުކަން ހޯދަމުން އަންނ ރެޑް ވައިންއެކެވެ.

ދިވެހިރާއްޖެ ފަދަ އިސްލާމީ ގައުމެއްގެ ވެރިޔަކު އިންޑިއާފަދަ ދީނާއި ސަގާފަތަށްް ނުހަނު އިހްތިރާމް ކުރާ ގައުމަކަށް ރަސްމީ ދތުރުފުޅެއްގައި ވަޑައިގެން ނޫސްވެރިންގެ ކުރިމަތީގައާއި، އެކިއެކި ޚާއްސަ ހަފްލާތަކުގައި ރާފޮދު ހިއްޕަވަމުން ވަޑައިގަތުމަކީ ދިވެހި ރައްޔިތުންނަށް ހުރި ކިހާ ލަދުވެތި ކަމެއް ހެއްޔެވެ. އަދި މުޅި އިސްލާމީ އުއްމަތަށްވެސް ހުރި ލަދުވެތި ކަމަކަށް މެނުވީ މިކަން ވާނެ ހެއްޔެވެ. ހިތާމަޔަކީ މިފަދަ ވާހަކަތަކަށް އަދުގެ ދިވެހި ނޫސްވެރިކަމުން އެއްވެސް ވަރަކަށް އިސްކަމެއް ނުދޭތީއެވެ. ނޫސްވެރިންނަކީ ހާދަ ބޮޑު ޒިންމާއެއް އެމީހުންގެ ކޮނޑުގައި އެޅިފައިވާ ބަޔެކެވެ. އެމީހުން އެމީހުންގެ އަދާކުރަން ޖެހޭ ރޯލު ފުރިހަމައަށް އަދާ ނުކޮށް އަލުން މިގައުމު މިންޖުވާނެތޯއެވެ.

0 ޙިޔާލު: