ގުލްޒާރުގައި ފޮޅެމުންއައި މާތައް މޯޅިވެ ކޮކާތައް މަރުވަމުންދަނީ

ގައި 1/07/2009

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެމަގާމުގައި މިހާރު ހުންނެވި ގ.ކެނެރީގޭ މުޙަންމަދު ނަޝީދު (އަންނި)ރިޔާސީ އިންތިޚާބުކާމިޔާބުކުރެއްވުމަށްޓަކައި އަސަރާއި އެކު އެމަނިކުފާނުގެ ރަންއަޑުފުޅުން ކޮންމެޖަލްސާއެއްގައި ވިދާޅުވަމުންގެންދެވި ޅެންބައިތަކީ އެވަގުތުހަގީގަތްނޭނގިތިބި ބަޔަކަށް އެދުވަސްވަރެއްގައިނިދީގައިވެސް ކިޔުނުލޭންބައިތަކަށްވެފައިވާކަން އަޅުގަނޑުމެންއެންމެން ދަންނާނެއެވެ. “ގުލްޒާރުގައިނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ” އެމަނިކުފާނުގެ ރަން އަޑުފުޅުންމިބައިތު ވިދާޅުވުމުން އޭރުފޯރިއެރިމީހުން މިހާރުމާޔޫސްވެ ކަންބޮޑުވެފައިތިބިކަން އެމީހުންގެމޫނުމަތިންފެންނަމުންދާތީ ގިނަބަޔަކުމިހާރުވަނީކަންބޮޑުވެފައެވެ. މިއަދު އަޅުގަނޑުމެންރައްޔިތުންގެ ހިތުގައިއުފެދިގެންދާސުއާލަކީ އެދުވަހު ރައީސްނަޝީދު ވިދާޅުވަމުންގެންދެވި ގުލްޒާރުގައިތިބި ނޫރާނީމަލާއި ބުލްބުލާއި ކޮކާތަކަށްމިހާރުވެފައިވާގޮތެކެވެ.
އަނެއްދިވެހިރާއްޖެ އަކަށްއަލިވިލުމަށްފަހު މިފަދަބަހާރުމޫސުމެއްގައި ދިވެހިރައްޔިތުންއުޅެންޖެހޭނެކަމުގައި ވަޢުދުވެވަޑައިގެންނެވިނަމަވެސް
އޭގެމަލަމަތިލޮލުކޮޅަށްވެސްފެންނަމުންނުދާތީ ރައީސްނަޝީދަށްތާއީދުކުރި އަޅުގަނޑުމެންގެ ގާތްއަޚުންނާއި އުޚުތުންމިހާރު ހިތާއި ހިތާ ބުނަމުންދަނީ އެމީހުންގެއުންމީދުތަކުގައި ހަގީގީކުލައެއްޖެހޭނެ ދުވަހަކާއި ގޮތަކާއިމެދުގައެވެ. ރައްޔިތުންގެކުރިމަތީގައި ޅެންބައިތުތައްގަތަމުން ރައްޔިތުންގެލޯ މައްޗަށްދަޅަތަކެއް ދެއްކުމަށްފަހު ވެރިކަންލިބިވަޑައިގަތުމުން އެފަދަޅެމާއި ފަރިއްސާއިރައިވަރަކީވެސް ކޮންއެއްޗެއްކަން އޮޅިވަޑައިގަތުމަކީ ވެރިކަމަށްދަހިވެތިވެފައިވާމީހެއްގެ ޝުޢޫރާއި އެދުންރައްޔިތުންނަށްހާމަވެގެންދާކަމެއްކަންހަމަ ޔަގީނެވެ.
ތިމާއަށްވޯޓުދެވުނީ ރަނގަޅުމީހާއަށްބާވައޭ ގިނަބަޔަކު މިހާރުއަމިއްލަޒަމީރާއި ސުވާލުކުރެއެވެ. ރައީސްނަޝީދާއި އެކު އެއްމަލަކުންފޮނިބޯން ބައިއަތުހިފިގިނަބަޔަކު މިހާރުވިއްސިވިހާލިވެގެން އެބަޔަކަށްރަނގަޅުމުސްތަގުބަލެއްހޯދޭނެފެހިސިގުނަލަކަށް ބަލަމުންދާކަމީ އެމަނިކުފާނުގެ “ތެދުވެރި އިޚުލާޞްތެރިކަންވަރަށްރަނގަޅަށްހާމަވެގެންދާކަމެކެވެ. ވެރިކަމަށްވަޑައިގަތުމަށްފަހު ދައުލަތުގެ މުއައްސަސާތައް ބެހުމުގައި އަމިއްލައެދުންފުޅާއި ގާތްމީހުންނަށްއިސްކަންދިނުމުގެ ޚިޔާލުފުޅު ނަޝީދުގެ ވިސްނުންފުޅުގައިހުރުމުން ބޮޑެތިއަރާރުންތަކެއްއުފެދި ދައުލަތުގެ ދާޚިލީވަޒީރުވެސް މަހެއްހާދުވަސްނުވަނީސް އަމިއްލަފުޅަށްއިސްތިއުފާދެއްވިދެއްވުމަކީ ނަޝީދުގެފަހަތުގައި ތިބެއްޖެނަމަ ކުރިމަގުގައި ރާއްޖޭގޭ މުޖުތަމަޢުންވެސް އެފަދަކަންތައްތަކެއްފެނުން އެކަށީގެންވާ ސިގުނަލެކެވެ. ނަތީޖާއެއްގެގޮތުން ނަޝީދާއިއެކު އިސްކޮށްތިއްބެވި ބޭފުޅުންގެތެރޭގައި ޒާތީ މައްސަލަތަކެއްމިހާރު މިވަނީ ޖެހި ފިތި ބާރުވެސްވެފައެވެ.
މަޖިލީހުގެރުހުންނެތްތާނގައި ދެން ފެނިގެން ދިޔައީ ކެބިނެޓު ހުވާކުރެއްވިތާމާގިނަދުވަހެއްނުވެ ރައްޔިތުންނިކުމެ ކެބިނެޓުގައިތިބި ވާނުވާނޭނގޭ މީހުންގެ އިސްތިއުފާއަށްގޮވައި އެމީހުންބޭރުކުރުމަށްގޮވާލައި ނުރުހުންފާޅުކުރަމުންދިޔަ މަންޒަރެވެ. ހެޔޮވެރިކަމޭ ރައްޔިތުންގެވެރިކަމޭ އިޚުލާސްތެރިކަމޭ އެދުވަހު ހަރުއަޑުންކިޔަމުންގޮވަމުންދިޔައިރު ވެރިކަމާއިހަވާލުވުމުން އަޅުގަނޑުމެންރައްޔިތުންނަކީ ކޮންބައެއްކަންނުދަންނަ ރައްޔިތުންގެ އަޑުނާހާމީހަކަށް ކުރެވޭނީކޮން ހެޔޮވެރިކަމެއްތޯއެވެ. ބާޣީންނާއި ބޮޑަތި ސިޔާސީކުށްވެރިންނާއި ރައްޔިތުންގެރުހުން ގެއްލިފައިވާ ކެބިނެޓެއްމިއަދުރައްޔިތުންގެ ކުރިމައްޗަށްނެރެފައިވާކަމީ ނަޝީދު ކުރައްވަންއުޅުއްވާހެޔޮވެރިކަމުގެ މިސާލެވެ.
ގ.ކެނެރީގޭ މުހަންމަދުނަޝީދުގެ ވެރިކަމުގެ ފަލްސަފާގެމިވީމަދުދުވަސްކޮޅުގައި ކަންތައްތައް ވަމުންދާގޮތަށް ކުރިއަށްއޮތް ތާނގައި ކަންތައްތައް ވަމުންދާނަމަ ކިތަށްރަށުގެ ރަށުއޮފީސް ބަންދުކޮށްފައިހުންނާނެބާވައެވެ. ނޫނީކިތައްމިނިސްޓަރުންރަށްރަށުގައި ހިފެހެއްޓި ކިތައްރަށުގައި އެމްޑީޕީ ގެ ޖަނާޒާ ބާއްވަންތައްޔާރުވާނެތޯއެވެ. މިހާރުމިފެންނަގޮތުގައި ރައީސްނަޝީދު ރައްޔިތުންކަމުގައި އެބައްލަވަނީ އެމްޑީޕީ އަށްސޮއިކޮށްގެންތިބި އެޕާޓީގެ މެމްބަރުން އެކަންޏެވެ. ދެންތިބިމީހުންނަކީ ރައްޔިތުން ކަމުގައި ނުބެއްލެވިޔަސް ވާގޮތެއްބަލަން ހަމަތިބެންވީ ހެއްޔެވެ.؟

0 ޙިޔާލު: