ބާޢީންނާއި ގަންޖާ ބޯ މީހުންގެ ހެޔޮވެރިކަން

ގައި 1/07/2009

1988 ވަނައަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަދުވަހަކީ ރާއްޖޭގެ އެއްވެސް މީހެއްގެ ހިތުން ފޮހެވިގެންނުދާނެވަރުގެ ކުއްލި ބިރުވެރި ހަމަލާތަކެއް ރާއްޖެއަށް އަމާޒުވި ދުވަހެކެވެ. މިދުވަހުގެ ހަނދާންތައް ކޮންމެ ދިވެއްސެއްގެ ހިތުގައި އިއްޔެވީކަމެއްހެން އަދިވެސް އެބަހުއްޓެވެ. ތަމަޅައިންގެ ގުރޫޕަކާއި ހައެއްކަ ދިވެހި ޚާއިނުން ގުޅިގެން ގާނޫނީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލައި ރާއްޖޭގެ ރައްޔިތުން އަޅުވެތިކޮށްލުމުގެ ނިޔަތުގައި މިބައިމީހުންވަނީ ކުށެއްނެތް ދިވެހީންގެ ތެރެއިން 19 މީހަކު ޝަހީދުކޮށްލާފައެވެ. އެހެންކަމުން މިފަދަނުބައި ޢަމަލެއް ހިންގައިފައިވާ ބަޔަކަށް ދިވެހިޤައުމުދެކެ ލޯބިވާ އެއްވެސް މީހަކު ހަގީގީ މަޢާފެއް ނުކުރާނެއެވެ.
ނަމަވެސް ހިތާމައަކީ އަދުގެ ސަރުކާރުން މިފަދަ ނުބައި އަމަލެއް ހިންގައިފައިވާ ބަޔަކަށް ޖާގަދީ އެބައިމީހުން ބޮޑުގޮނޑިއަށް ލައިގެން ސަރުކާރު ހިންގަމުންދާތީއެވެ. މިފަދަބައެއްގެ އިޚުލާސްތެރިކަމުގެ އިތުބާރަކީ ކޮބައިތޯއެވެ. ދިވެހި ރައްޔިތުންގެ ލޭ ބިންމައްޗަށް އޮހޮރުވައިލައިފައިވާ ބަޔަކު މިޤައުމުހިންގުމުގެ އިސްސަފުގައި ބައިތިއްބައިގެން ނަތީޖާ ނިކުންނާނީ ކިހިނަކުންބާއެވެ. މިއީ ޤައުމަށް އިޚުލާސްތެރި ކޮންމެ ދިވެއްސެއްގެ ހިތުގައި އުފެދިގެންދާނެ މުހިންމު ސުވާލެކެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެންޕެއިނުގެ ތެރެއިންވެސް އެންމެގަދަޔަށް ދެކެވެމުން އައިސްފައިވާ ވާހަކައަކީ މިވާހަކައެވެ. އެމްޑީޕީގެ ފުރަގަހުގައި މިފަދަ އެތައްބަޔަކު ފޮރުވިފައިތިބިކަން މިހާރު ރައްޔިތުންނަށް މިވަނީ އެނގި ހާމަވެފައެވެ. ހިތާމައަކީ އެދުވަސްވަރުވެސް ރާއްޖޭގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން އައިސްފައިވާކަމެވެ. އެހެންނަމަވެސް މިހާރުމިވަނީ ހުރިހާކަމެއް ރައްޔިތުންނަށް ހާމަވެފައެވެ.
މިއަދުގެ ސަރުކާރުގެ ކެބިނެޓުގައި ކުރިންފާހަގަކުރެވުނު 3 ނޮވެންބަރުގެ ހާދިސާގައި ޚާއިނެއްގޮތުގައި ހައްޔަރުކޮށް މަރުގެޙުކުން އިއްވައިފައިވާ ފަރާތެއްކަމަށްވާ އަބްދުﷲ ޝާހިދު ރާއްޖޭގެ ޑިފެންސް ގެ މަޤާމަކަށް ހަމަޖައްސައި ސަރުކާރު ހިންގުމުގެ ބޮޑުބާރެއް އޭނާއަށްވަނީ ޙަވާލުކޮށްފައެވެ. މިފަދަ މަޤާމެއް މިކަހަލަ ހާއިނަކަށް ދިނުމަކީ ދިވެހި ޤައުމުދެކެލޯބިވާ އެއްވެސް ރައްޔިތަކު އެދޭކަމެއްނޫނެވެ. ދާދި މިކަހަލަ ކަމެއް ގައި ނަން ހަޑިވެފައިވާ މިއަދުގެ ޑިފެންސު މިނިސްޓަރަކީވެސް މިލިސްޓުގައި ގުނާލެވޭ މިކަހަލަ ތަރިއެކެވެ. ވީމާ މިކަމަކީ ހަމަހޭގައި ހުރެގެން މިފަދަ ނުރައްކާތެރި ކަމެއް ކޮށްފާނެ ކަމަށްވެސް ދިވެހި އެއްވެސް ރައްޔިތަކު ޤަބޫލެއް ނުކުރެއެވެ.
އަދުގެސަރުކާރުން ކުޅެމުންމިގެންދާ ކުޅިގަނޑުގެ ތެރޭގައި ރާއްޖޭގެރައްޔިތުންގެ މެދުގައި ފިތުނަފަސާ އުފައްދައި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ނަގައިލުން ހިމެނެއެވެ. މިގޮތުން އަބްދުﷲ ޝާހިދު ޑިފެންސް ގެ މަޤާމަށް ލުމަކީ މިކުޅިގަނޑުގެ އެއްބައެވެ. ކަންތައް ހޫނުވެ ދެންވާއޮބިނޯވެދާނެހެން ހީވުމުން އެހެން މަގާމަކަށް ބަދަލުކުރި ކަމުގައިވިޔަސް މިއީ އަދުގެ ސަރުކާރުންކުޅޭ ކުޅިގަނޑުގެ އެއްބައެވެ. ހަމަ މިގޮތަށް ގަންޖާ ފަދަ ތަކެތިބުއިމާއި ގުޅިފައިވާ ބައެއްމީސްމީހުންނަށް ވެސް މިއަދުގެ ސަރުކާރުން ވަނީ މުހިންމުމަގާމު ތައް ހަވާލުކޮށްފައެވެ. އަދި އެތައްބައެއް ކުރިއަށް އެބައޮތެވެ. މިފަދަ ބަޔަކަށް ހެޔޮވެރިކަމެއް ކުރެވިދާނެތޯއެވެ؟ ރާއްޖޭގެ އެންމެހައި ރައްޔިތުން މިކަމާދޭތެރޭ ފުންކޮށްވިސްނައިލުން ވަރަށްމުހިންމެވެ.

0 ޙިޔާލު: