ދިވެހިރާއްޖޭގެ ސިފައިންއުފެދި ސިފައިންގެ ވެރިޔާގެ މަޤާމް ފުރުއްވި ބޭފުޅުން
ގައި 5/21/2009
ދިވެހިރާއްޖޭގެ ސިފައިން އުފެދުނީ ރަސްމީ ގޮތެއްގައި އައްސުލްތާން އިބްރާހިމް ނޫރައްދީން އިސްކަންދަރު ގެ ރަސްކަމުގައެވެއެއީ ރަސްމީގޮތުން ވެރިއަކު ކަޑައަޅާ ވެރިއަކަށް މަސްއޫލިއްޔަތާއި ވާޖިބުތަކާއި ކަންކަން ހަވާލުކުރެވި މަޤާމްހަމަޖެހުމުންނެވެ. އޭރު ދިވެހިރާއްޖޭގެ ޙާލަތު ނިޔާކުރާގޮތުން ސިފައިންގޭތެރޭގައި މާބޮޑު މަސްއޫލިއްޔަތަކާއި ކަންކަންރޭވިފަކާނުހުރެއެވެ. ދިވެހިރާއްޖޭގައި ސިފައިން އުފެދުނީއްސުރެ މިއަދާއި ހަމައަށް 11 ބޭފުޅަކު ސިފައިންގެ ވެރިކަން ކުރައްވާފައިވެއެވެ. އެކިދުވަސްވަރު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ހަމަޖެހި ސިފައި ހުންނަގޮތުން އެކިވަރުގެ ބާރުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތު ހަވާލުކުރެވި އެކިބޭބޭފުޅުން ސިފައިންގެ ވެރިކަންކުރައްވަމުން ގެންދެވީ އެކި ގޮތްގޮތަށެވެެ. މިގޮތުން ފާހަގަކޮއްލެވެނީ މީލާދީން 1892 ވަނައަހަރާއި ހަމައިން އަސްކަރީގޮތުން ސިފައިންނަކީ ޙާއްސަ އިމްތިޔާޒުތަކެއް ދެވެމުންއައިބަޔެކެވެ. އެހެންކަމާއިއެކު ސިފައިންގެ އެންމެމަތީ ވެރިޔަކީ އެއިރަކު ރާއްޖޭގައިހުންނަ އެންމެ އިސް ވެރިޔާކަމުގައިވިއެވެ. މިގޮތުން ރަސްރަސްކަލުންނާއި ވަލިއްޔުލްއަމްރުގެ މަޤާމް ފުރުއްވުބޭފުޅުންނާއި ރައީސުން ހިމެނެއެވެ. މިހާތަނަށް ދިވެރާއްޖޭގެ ސިފައިންގެ ވެރިޔާގެ މަޤާމް ފުރުއްވި ބޭފުޅުންނަކ
( 1 ) އައްސުލްތާން އިބްރާހިމް ނޫރައްދީން އިސްކަންދަރު
( 2 ) އައްސުލްތާން މުހައްމަދު ޢިމާދުއްދީން 5
( 3 ) އައްސުލްތާން މުހައްމަދު ސަމްސުއްދީން އިސްކަންދަރު3
( 4 ) އައްސުލްތާން މުހައްމަދު ޢިމާދުއްދީން 6
( 5 ) ވަޒީރުލްއައުޒަމް އަންނަބީލް މުހައްމަދު ފަރީދު ދީދީ
( 6 )
އައްސުލްތާން ހަސަން ނޫރައްދީން2
( 7 )
އަލްއަމީރު މުހައްމަދު އަމީން ދީދީ
( 8 ) އަލްފާޞިލް ވެލާނާގޭ އިބްރާހިމް ދީދީ ( އިންޤިލާބީ ކޮމެޓީގެ ވެރިއެއްގެ ގޮތުން )
( 9 ) އަލްފާޞިލް އިބްރާހިމް ނާސިރު
( 10 ) އަލްއުސްތާޒް މައުމޫން ޢަބުދުލް ޤައްޔޫމް
( 11 ) އަލްފާޞިލް މުހައްމަދު ނަސީދު
ސިފައިންގެ ވެރިޔާގެ މަޤާމް އެކިދުވަސްވަރު ފުރުއްވި އެކިބޭފުޅުން ސިފައިންގެ ކަންތައްތައް ރަގަޅު ކުރެއްވުމަށް ކުރައްވާފައިވާކަންތައްފާހަގަކޮއްލެވެއެވެ. މިގޮތުން ސުއްމުވުލް އަމީރު މުހައްމަދު އަމީން ދީދީ ފާހަގަކޮއްލެވެނީ ސިފައިންގެ ޚިދުމަތަށް އާރޫހެއް ގެނެސްދެއްވި ވެރިއެއްގެ ގޮތުގައެވެ. ސިފައިންގެ ދިދައާއި ބެޖް އަދި ސިފައިންގެ މޮޓޯ އާއި ސިފައިންގެލަވަ އެންމެ ފުރަތަމަ ހެއްދެވީ އެމަނިކުފާނެވެ.
ސިފައިންގެ ދިގުތާރީޚް ބަލާ ދިރާސާކުރާއިރު ދިވެހިސިފައިންނަށް އެންމެ ގިނަގޮތްގޮތުން އެންމެ ބޮޑު ކުރިއެރުމެއްހޯއްދާވައިދެއްެވި ވެރިއަކީ އަލްއުސްތާޒް މައުމޫން ޢަބުދުލް ޤައްޔޫމް އެވެ. އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުގެ ދަށުން ދިވެހި ސިފައިންނަށް ކުރިއެރުމާއި ތަރައްޤީގެ އާއުސްމިންތަކަކަށް މިވަނީގެނެސްދެއްވާފައެވެ.ެ. އެމަނިކުފާނުގެ ޒަޢާމަތުގައި ލިބުނު ކުރިއެރުން ތަކަށް ބަލާއިރު ދިވެހި އަންހެނުން ސިފައިންގެ ތެރޭގައި ޚިދުމަތް ކުރެއްވުމުގެ މަގުތަނަވަސްވުމާއި ދިވެހިސިފައިންނަކީ ޒަމާނީ ޓެކްނޮލެޖީގެ ވަސީލަތް ބޭނުންކޮއްގެން ދިވެހިޤައުމަށް ޚިދުމަތް ކުރާބަޔަކައްވުމާއި ދިވެހިސިފައިންގެ ތަސައްވަރު ދިވެހިރައްޔިތުންގެ ކުރިމަތީގައި ބަދަލުވެފައިވަނީ ދިވެހިސިފައިންގެ ޤައުމީ ޚިދުމަތުގެ ދުވެއްޔަށް މައުމޫން ގެންނަވާފައިވާހަލުވިކަމާއި ކުރިއެރުމުގެސަބަބުންނެވެ. ސިފައިންނާއި ފުލުހުން ވަކިކުރައްވާ އެބައިމީހުންނަށް އަސްކަރީ ތަމްރީނާއި މަދަނީ ތަމްރީނުދެއްވުމާއި އަލިފާނުގެ ޙާދިސާތަކުންނާއި ސުނާމީކަހަލަ މުސީބާތްކުރިމަތިވުމުން ޤައުމުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފަންނީ އިރުސާދުތައް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ލިބޭނެ މަގުތަނަވަސްކޮއްދީ ދިވެހިސިފައިންނަކީ ދިވެހިޤައުމަށް ކުރިމަތިވާކޮންމެކަމެއްގައި ސާބިތުކަމާއިއެކު މަސައްކަތްކުރާބައެއްކަމުގައި ހެއްދެވީ މައުމޫންގެ ވެރިކަމުގައެވެ. ދިވެހިސިފައިންގެތެރޭގައި ޚިދުމަތްކުރާ އެންމެހައި ސިފައިން ސަފުތަކުގައި ސާބިތުވެ ވަރުބަލިކަމެއްނެތި މިހާރުވެސް ކުރިއަށް އެދަނީ އެމަނިކުފާނު ދުރާއި ގާތުން ސިފައިންނަށްދެއްވި އިރުސާދާއި ތަމްރީނުގެ ސަބަބުންކަން މިައދުގެ ސިފައިން ހެކިވާނެއެވެ. މިޒަމާނުގައި ދުނިޔޭގެ އެކި އެކިޤައުމުތަކުގައި ޙަރަކާތްތެރިވާ " ހަޤީޤީ ސިފައިންގެ ދަރަޖަ ހޯއްދަވައިދެއްވި ވެރިޔަކީ އަލްއުސްތާޒް މައުމޫން ޢަބުދުލްޤައްޔޫމްއެވެ " މިހާރުވެސް ސިފައިންގެއިން ހިންގަމުންގެންދާ ތަފާތު ކޯސްތަކާއި ތަމްރީނު ޕްރޮގްރާމް ތަކަކީ އެމަނިކުފާނުގެ ދުރުވިސްނުންފުޅުން ފެށި ހިގަމުންގެންދާ ކޯސްތަކާއި ތަމްރީނުތަކެވެ.
This entry was posted on 5/21/2009 and is filed under ސިޔާސީ ލީޑަރުން . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.








0 ޙިޔާލު:
Post a Comment