މާލެއާއި ހުޅުމާލެއާއިދެ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ފާލަމަކީ ރާއްޖެއާއި ރާއްޖޭގެ މުސްތަޤްބަލާއި ދެމެދު އެޅޭ ފާލަމެއް ކަމަށް އަލްއުސްތާޛު މައުމޫން އ

ގައި 9/12/2008




ޝަކީލް

މާލެއާއި ހުޅުމާލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ފާލަމަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ މުސްތަޤްބަލާއި ދެމެދު ގުޅާލެވޭ ފާލަމެއް ކަމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދުހޯއްދެވުމުގެ ގޮތުން މާލޭގެ ހަވަނަ އަވަށް ކަމަށްވާ ހުޅުމާލޭގެ ލާލޭ އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވުނު ޚާއްސަ ޖަލްސާއެއްގައި އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވީ ހުޅުމާލެއަކީ ދިވެހިރާއްޖެއަށް އައިސްފައިވާ ތަރައްޤީ ވަރަށް ރަނގަޅަށް ސިފަވެގެންދާނެ ރަށެއް ކަމަށާއި މިފަދަ ރަށެއް ތަރައްޤީކުރެވުމަކީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ. ހަމަ އެހެންމެ ހުޅުމާލެއަކީ ވަރަށް ކުރީގެ ޚިޔާލެއް ކަމަށާއި ކުރިން ދެކެމުންއައި ހުވަފެނެއް ނަމަވެސް މި ހުވަފެން މިއަދު މިވަނީ ހަޤީގަތަކަށްވެފައި ކަމުގައެވެ.
ހަމަ އެހެންމެ ޒަމާނީ ފެންވަރަށް ރާއްޖޭގައި ތަރައްޤީކުރެވިފައިވާ ހަމައެކަނި ރަށަކީ ހުޅުމާލެ ކަމަށާއި ހުޅުމާލެ ތަރައްޤީކުރެވިފައިވަނީ ވަރަށް ބޮޑެތި ޕްލޭންތަކެއް ކުރެވިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ.
މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ 1997 ވަނަ އަހަރު ފަޅެއްގެ ގޮތުގައި އޮތް ތަނެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވީ ނަމަވެސް ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކެއް އެބަހުރިކަމުގައެވެ. އެގޮތުން ދަތުރުފަތުރުގެ މައްސަލަޔަކީވެސް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި އެހެން ނަމަވެސް މިކަންތައްތަކަކީ މަސައްކަތްތަކެއްކޮށްގެން ހައްލުކުރެވިދާނެ ކަންތައްތަކެއް ކަމުގައެވެ.
ހުޅުމާލެއަށް އައިސްފައިވާ ތަރައްޤީއަށް ނަޒަރު ހިންގަވާލައްވަމުން ޒަޢީމް ވިދާޅުވީ ހުޅުމާލެއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލު ހުރި ރަށް ކަމަށާއި މިސްކޫލުގައި ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކުދިންނަކީ އެކުދިންގެ ސަބަބުން މުޖުތަމަޢުއަށް ބޮޑެތި ފައިދާތަކެއް ކުރާނޭ ކުދިންތަކަކަށް ހެދޭނެ ކަމުގައެވެ. ހަމަ އެހެންމެ ތަރައްޤީގެ މަގުގައި އައިސްފައިވާ ކޮންމެ ހެޔޮބަދަލަކީ ބައެއްގެ ޤުރުބާނީތަކެއް ވެގެން އައިސްފައިވާ ބަދަލުތަކަކަށްވާއިރު ދިވެހިރައްޔިތުންގެ ޕާޓީން ބޭނުންވަނީ ރައްޔިތުން އެދޭ ގޮތަކަށް ކަންތައްތައް ފުރިހަމަކޮށްދިނުމަށް ކަމުގައި އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ކުރިޔަށް އޮތް ފަސްއަހަރަށް އެކުލަވާލާފައިވާ މެނިފެސްޓޯއަކީ ޚިޔާލީ ފޮލާއެއް ނޫން ކަމަށާއި މިމެނިފެސްޓޯގައިވާ ކަންތައްތަކަކީ ރާއްޖޭ މިއަދު އޮތްހާލަތާއި ޚިދުމަތްކުރައްވަންތިއްބެވި ބައެއްގެ ޤާބިލިއްޔަތަށް ބަލާއިރު ނުކުރެވޭނެ ކަންތައްތަކެއް ނޫން ކަމުގައެވެ. ހަމަ އެހެންމެ ރައްޔިތުންނަކަށް މި ޕާޓީގެ ފަރާތުން ހުވަފެންތަކެއް ނުދައްކާނެ ކަމަށާއި އަބަދުވެސް ވަޢުދުވާނީ ކުރެވޭނެ ކަންތައްތަކެއް ކުރެއްވުމަށްކަމަށެވެ.
މިޖަލްސާގައި ޑީއާރުޕީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމާއި ރަނިންމޭޓް އަހުމަދު ތަސްމީން އަލީގެ އިތުރުން ޕާޓީގެ ޑެޕިއުޓީ މީޑިޔާ ކޯޑިނޭޓަރ އަހުމަދު ނިހާނުގެ އިތުރުން ޒުވާނުންގޮފީގެ މެންބަރު ނޫރުބާން ފަހުމީވެސް ވާހަކަދެއްކެވިއެވެ.

0 ޙިޔާލު: