ޝާހިދު ޑިފެންސްގެ ސްޓޭޓް މިނިސްޓަރުކަމުން އެހެން މަގާމަކަށް ބަދަލު ކުރައްވައިފި
ގައި 1/08/2009ނޮވެމްބަރު 3، 1988 ގައި ރާއްޖެ ހިފުމަށް އައި ސްރީލަމްކާގެ ތަމަޅަ ޓެރަރިސްޓުުންގެ ވެރިންގެ ތެރޭގައި ހުންނެވި އެކަކީ އަބްދުﷲ ޝާހިދު ކަމަށް ބުނެވެއެވެ. އޭނާއަކީ ދުޝްމަނުންނަށްް ސިފައިންގޭގެ ޗާޓު ކުރަހައިދިން މީހާއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އޭނާއަށް ޑިފެންސްގެ ސްޓޭޓް މިނިސްޓަރުކަން ދިނުމުން ރައްޔިތުންވަނީ އެކަމާއި ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފައެވެ. އެފަހަރުގެ މުޒާހަރާ ފުލުހުން ނެރެގެން އަނިޔާވެރިގޮތަކަށް ހުއްޓުވާލެވުނު ކަމުގައިވިޔަސް މައްސަލަ ނުނިމޭނެކަން ރައީސް ނަޝީދުގެ ސަރުކާރަށްް ވަރަށްް ރަގަޅަށް އެގެއެވެ. އަމުދުން މިމަހު ފަހެއްގައި ޑީއާރު ޕީއިން ބާއްވަން ގަސްތުކުރާ މުޒާހަރާގައި މިމައްސަލަ އިތުރަށް ހޫނުވެގެން ހިގައިދާނެ ކަމުގެ ބިރު ސަރުކާރުގަ ވަރަށްް ބޮޑަށްް އެބައޮތެވެ. މިމުޒާހަރާއާއި މެދު ރައީސް ނަޝީދު ގަނެފައިވާ ބިރެއްގެ ބޮޑުކަމުން ވަރަށްް އަވަސް ފިޔަވަޅު ތަކެއް އަޅުއްވަމުން އެބަ ގެންދަވައެވެ.
މީގެ ތެރެއިން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ޑިފެންސް މިނިސްޓަރ އަމީން ފައިސަލާއި ހޯމް މިނިސްޓްރީ ހިންގުންވެސް ވަގުތީގޮތުން ހަވާލު ކުރެއްވުމެވެ. އޭގެ އިތުރުން ދުރާލާ ރައްޔިތުންގެ ހޫނުވަމުން އަނަ ޝުޢޫރުތަކަށް ފެންޖައްސަވާ ހިހޫ ކުރެއްވުމުގެ ގޮތުން އަބްދުﷲ ޝާހިދު މިހާރު ޑިފެންސްގެ ސްޓޭޓް މިނިސްޓަރުކަމުން ހައުސިން ޓްްރާންސްޕޯޓްް އެންޑް އެންވައިރަންމަންޓްގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކުރައްވައިފިއެވެ.
މިބަދަލުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ދިވެހި ސިފައިންނާއި ފުލުހުން އަދި އާއްމު ރައްޔިތުންނާއި ޝަހީދުންގެ އާއިލާތަކަށްް ލިބިގެން ދާނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަދި މިބަދަލު މާނަކުރާނީ ކޮންގޮތަކަށްކަން ދަންނަވާކަށެއް ނޭގެއެވެ.
ހިމޭން އިންގިލާބީންގެ ފަރާތުން ރައީސް ނަޝީދު ގެންނެވި މިބަދަލަށް މަރުހަބާ ކިޔަމެވެ. ހަމަ އެއާއި އެކު އެހެން ސުވާލެއް ހުށަހަޅާލަން ބޭނުންވެއެވެ. އެއީ މިމައްސަލަ ދިވެހިރާއްޖޭގެ މީޑީއާއިން ރައްޔިތުންނާއި ހަމައަށް ގެނެސް ދީފައިވަނީ ޒިންމާދާރު ގޮތެއްގައިތޯއެވެ. މައްސަލައިގާ އޭރުގެ ސަރުކާރުން ބުނަމުން އައި ގޮތް ހާމަކޮށް ފެންނަނަން އޮތް އިރު އަބްދުﷲ ޝާހިދުގެ ފަރާތުން އޭނާގެ ބަހަކީ ކޮބައިތޯ ރައްޔިތުންނާއި ހަމައަށްް ގެނެސް ދެވުނުތޯއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި އަބްދުﷲ ޝާހިދު އެދުވަހު ކުރަހާ ދިނީ ނުބައި ޗާޓެކެވެ. އަދި އެޗާޓު އޭނާ ކުރަހާ ދޭން ޖެހުނީ ސްރީލަންކާގައި އޭނާ ހުއްޓާ ޓެރަރިސްޓުން އޭނާ ހައިޖެކްކޮށް މަޖުބޫރު ކުރުވައިގެން މަޖުބޫރީ ހާލަތުގައެވެ. ޑިމޮކްރަސީއޭ ކިޔާފައި ޕާޓީ ހަދައިގެން އުޅުނަސް މީޑިިއާއިން ކުޅެންޖެހޭ ރޯލު ފުރިހަމައަށްް އަދާ ނުކުރެވޭ ނަމަ ގައުމުގައި ކަން ހިގާނީ އަޑުގަދަ މީހާގެ ރުއްގިނަވާ އުސޫލުންނެވެ. އަދުލު އިންސާފާއި ކަންކަމުގެ ތެދު އޮތްގޮތް ރައްޔިތުންނަށް އޮންނާނީ އޮޅިފައެވެ. ކަންކަމުގައި ރަގަޅު ނިންމުން ނިންމަން ރައްޔިތުންނަކަށްް ނޭގޭނެއެވެ.
This entry was posted on 1/08/2009 and is filed under ޚަބަރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment