ޚަރަދުކުޑަ މުއައްޒަފުން މަދު ސަރުކާރެއްތޯ…..؟ ” - އަރަތެއް “
ގައި 1/23/2009* 40 ސެކްރެޓަރީން ގެމުސާރަ 3ނައިބުންނާއި އެއްވަރު
* 12ޑިރެކުޓަރުން ގެމުސާރަ ސްޓޭޓް މިނިސްޓަރަކާއި އެއްވަރު
* 10 ޑީޖީ ން ގެމުސާރަ މިނިސްޓަރެއްގެ މުސާރައާއި އެއްވަރ
ތިރީސް އަހަރުގެވެރިކަމެއްނިމި އައުވެރިކަމަކަށް (އަނެއްދިވެހިރާއްޖޭގެ ނަން ދެވިފައިވާވެރިކަމަށް) ބަދަލުވެއައުގާނޫނުއަސާސީއަކަށް އަލިވިލިގެން މިފެށުނުވެރިކަމުގައި ހެޔޮވެރިކަމުގެ އޮށްޓަރުހުރިމިންވަރު ދެނެގަތުމަށް ޓަކައި ގިނަދުވަސްތަކެއްގެ ތަޖުރިބާއެއް މިހާރަކު ބޭނުމެއްނެތެވެ. ފުރަތަމަފެށުމުގައިވެސްއޮތީ ސަރުކާރުގެ މުއައްޒިފުންނަށް،ގައުމުގެ އެތަކެއްއާއިލާތަކަށް އިގުތިސާދީގޮތުންނާއި ނަފުސާނީގޮތުން ލިބެންފެށި ބޮޑު އަނިޔާތަކެވެ. ބަދަލުހިފުމާއި ގޮންޖެހުމާއި ދެކޮޅުވެރިކަމާއި އަދާވާތްތެރިކަމެވެ. ސަރުކާރުގެ ކޮންމެ މުއައްޒިފެއްގެހިތުގައިވެސް މިއަދުދައުރުވަމުން މިދަނީ ޝައްކުތަކާއި ވަހުމުތަކެވެ. ބިރުވެރިކަމާއިނާމާންކަމެވެ. އެފަދަކޮންމެމުއައްޒަފެއްގެ އާއިލާއަށް ވެރިވެފައިވަނީ ދަރީންނަށްލިބިދާނެނިކަމެތި ކަމެއްގެ ޖެހިލުންވުމެވެ.
ހެޔޮބަދަލެއްގެނައުމަށްޓަކައި ރައީސް އޮފީހުގެ ކޮމްޕިއުޓަރުތަކުން ރެއާއިދުވާލު ލިޔަމުންގެންދަނީ މުއައްޒިފުންގެ ނޯޓިސްތަކާއި އިސްތިއުފާ ދޭންއެންގުމުގެލިޔުންތަކެވެ. ސިވިލްސާވިސްކަމިޝަނުގެ ޕުރިންޓަރުތަކުންޕުރިންޓުވެގެންނުކުންނަނީ ސަރުކާރު މުއައްޒިފުން ގެޔަށް ފޮނުވުމުގެ ޕެކޭޖުތަކެވެ. ސަރުކާރުގެ ބައެއްމުއައްޒިފުން މިކަންސިފަކުރަނީ މިއަދުގައުމަށްކުރިމަތިވެފައި މިވަނީ “ހިކި ސުނާމީ” އެއްކަމުގައެވެ. ތަޖުރިބާކުރެވުނު “ތެތް ސުނާމީ” އަށްވުރެ މި ހިކިސުނާމީގެ ވޭން ވަކިކުޑަނޫންކަމުގައެވެ.
މިކަންއަރަތަކަށްވަނީ މިހެންވެގެންނެވެ. އަޑުއިވެނީ ޚަރަދުކުޑަ މުއައްޒިފުން މަދު ސަރުކާރެއް އެކުލަވާލަނީ ކަމުގައެވެ. ތެދުފުޅެކެވެ. މުއައްޒިފުންމަދު ކުރެވިދާނެއެވެ. އަދި އެގޮތުން އެމުއައްޒިފުންތިބި ގޮނޑިމޭޒު ފަދަ ތަކެތި ނީލަމުގައިވިއްކާލައިގެން ފައިސާކޮޅެއްވެސް ހޯދިދާނެއެވެ. މިއަދުގެ ސަރުކާރުގެއޮނިގަނޑުރާވާގޮތް މާލޫމާތަށްޓަކައި ލަފާކޮށްލާނަމެވެ.
40 ސެކެޓުރީން ކަނޑާލާފައި 3 ނައިބުން ލީމާ މުސާރައިގެ އަދަދު ވަނީ އެއްވަރެވެ.
12 ޑިރެކުޓަރުން “ ސްޓޭޓު މިނިސްޓަރެއްލީމާ “ “ .
10 ޑީޖީ ން “ މިނިސްޓަރަކު ލީމާ “ “ . މިއާއިއެކު އެކަމަކު ބާކީވާ ގޮނޑިމޭޒުކަބަޑު ތަކެއްގެ ޚަރަދު ސަރުކާރަށްކުޑަ ވެގެންދާނެއެވެ. މިގެނެވޭބަދަލުގައި އެތަކެތިބާކީވުމުން ނީލަންކިޔައިގެން ކުޑަނަމަވެސް އާމްދަނީއެއްވެސް ސަރުކާރަށްލިބޭނެ ވެސްމެއެވެ. މިގޮތުންބަލާނަމަ (ޚަރަދުކުޑަ ސަރުކާރެއް ޑިމޮކުރަސީ ނިޒާމުގެދަށުން ގާއިމްކުރާނަމަ (މިސަރުކާރުމިފެށުނީ އަދިކުރިޔަށް މިދަނީ ވަރަށްރަނގަޅަށޭބުނެވިދާނެއެވެ. އަޑުގަދަމީހާ ރުއްގިނަވާ އުސޫލުން 500 ފަހަރު “ގޮޅާބޯ” ގޮވާފައިތިބި މީހުންނަށް ރަށު ކައުންސެލަރުކަން، 1000 ފަހަރު “ގޮޅާބޯ” ގޮވާއަޑުގަދަކޮށް ބާރަށް ހަޅޭއްލަވާފައި ތިބިމީހުންނަށް އަތޮޅު ކައުންސެލަރުކަން ލިބޭނަމަ ދުއިސައްތައެއްހާ ރަށުކައުންސެލަރުން ނާއި ވިހިތިރީސް އަތޮޅު ކައުންސެލަރުން ނަށް ފުރަތަމަ ވަޒީފާދޭންމަޖުބޫރުވެސްވާނެކަން ކަށަވަރެވެ.
ސަރުކާރުގެ ޚަރަދުކުޑަކުރުމަށްޓަކައި ފުރަތަމަ އެޅޭފިޔަވަޅަކީ މިއީކަމުގައިވާނަމަ މިސަރުކާރަށް ހަމަ މަރުޙަބާއެވެ. ***
This entry was posted on 1/23/2009 and is filed under ރިޕޯޓް, ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 ޙިޔާލު:
Post a Comment