ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީއަށް ގޮނޑިތައް ކާމިޔާބުކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވުންގެ އެހީތެރިކަމަށް

ގައި 1/23/2009

.


އިބްރާހީމް ސާއިދު / ދިވެސް ދުވަހުނޫސް

ދިވެހިންގެ ސިޔާސީ ނިންމުންތަކުގެތެރެއަށް ބޭރުމީހުން ވެއްދުމަކީ އެކަންތައްތަކުގެ ސަބަބުން ދިވެހިންނަށް ގެއްލުމާއި، ހަލާކު ކުރިމަތިނުވެ ނުދާނޭ ފަދަ ނުރައްކާތެރިކަންތައްތަކެވެ. ޚާއްޞަ ގޮތެއްގައި އެދައުލަތެއްގެ މުޅިވިސްނުން އިސްލާމްދީނާއި ޚިލާފަށް ބައްޓަންކުރެވިފައިވާ އިނގިރޭސިވިލާތުގެ އެހީތެރިކަން ސިޔާސީ ކަންކަމުގައި ހޯދުމަކީ ދިވެހިން ސަމާލުވާންޖެހޭކަމެކެވެ.

ތާރީޚުގެ ތެރެއިން ދިވެހިންނަ މިފިލާވަޅުވާނީ އެއްފަހަރަށްވުރެ ގިނަފަހަރު ލިބިފައެވެ. ޒަމާންބަދަލުވެ، ދުނިޔެކުރިއަރަމުންދާ މިފަދަ ޒަމާނެއްގައި އެއްޤައުމާ އަނެއްގެ ޤައުމަކާ ދެމެދު ގުޅުން އޮންނާންޖެހެއެވެ. ނަމަވެސް ރާއްޖެފަދަ ކުޑަކުޑަ ޤައުމެއްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް އިނގިރޭސި ވިލާތްފަދަ ޤައުމެއްގެ ބަޔަކު ފާޑުކިޔައި، މަސްހުނިގަނޑެއްހެން މި ޤައުމުގެ ސިޔާސަތު މޮޑެން އިނގިރީސީންގެ އަތަށް ދިނުމަށް ރާއްޖޭގެ މިއަދުގެ ރައީސްއަކަށް ހުންނެވި ކެނެރީގޭ މުޙައްމަދު ނަޝީދު ނިންމަވަމުންދާކަމީ ދިވެހިން ކަންބޮޑުވާން ޖެހޭ ކަމެކެވެ.
އެމް.ޑީ.ޕީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެވޭނޭ އުޞޫލުތަކާއި، އެހީތެރިކަން ދިނުމަށްޓަކައި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ އިސްމެންބަރުންތަކެއް ވަނީ ރައީސް ނަޝީދުގެ އެދުމުގެ މަތީން ފާއިތުވި އަންގާރަދުވަހު ރާއްޖެއަށް އައިސްފައެވެ. މީގެތެރޭގައި ކޮންޒަވޭޓިވް ޕާޓީގެ ވައިސްޗެއަރމަން މރ. ރިޗަރޑް ސްޕްރިނގ އާއި، އެޕާޓީގެ މެންބަރެއްކަމުގައިވާ ކަރަން ލުމެލީގެ އިތުރުން ރެޑިޗް އަދި މައިކް ނިކޮލަސް ރާއްޖެއަށް ޒިޔާރަތްކުރަމުންދާކަމަށް އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފްގައި ހާމަކޮށްފައިވެއެވެ.


ޓެލެގްރާފް ބަޔާންކޮށްދޭ ގޮތުގައި އިނގިރޭސި ކޮންޒަވޭޓިވުންގެ އެހީތެރިކަމަށް އެމީހުންގެ ޒަމާންވީ އެކުވެރިޔާ މުޙައްމަދު ނަޝީދު އަންނި ގޮވާލުމަށް އިޖާބަދީ އޭނާގެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކޮންޒަވޭޓިވުންގެ އިސްޓީމެއް މިހާރު ރާއްޖޭގައި ހަރަކާތްތެރި ވަމުން އެބަދެއެވެ. މިމަހުގެ ހަވަނަ ދުވަހުގައި ޓެލެގްރާފްގައި ޝާއިއުކޮށްފައިވާ މިއާޓިކަލް މި ނޫހުގެ އިނގިރޭސި ސަފުޙާގައި ހިމެނިފައިވާނެއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެދިގެން އައި އެމް.ޑީ.ޕީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާޓީތައް ހިންގުމަށް ރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤަވާޢިދުތަކާއި ތަރަހަ ތަކުގެ ތެރޭގައި ހަރަކާތްތެރިވުމަށެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގާ ގޮތްކިޔާދީ، ސިޔާސަތު ރޭވުމަށް ބޭރުގެ އެއްވެސް ފަރާތަކަށް ސިޔާސީ ޕާޓީތަކުގެ ޤަވާޢިދު ހުއްދަނުކުރެއެވެ.
ނަމަވެސް އެމް.ޑީ.ޕީ އުފެދި ހަރަކާތްތެރިވާން ފެށުމާއި އެކު އެޕާޓީއާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވްޕާޓީއާއި ވަރަށް ގާތްގުޅުމެއް ބާއްވަން ފައްޓާފައިވެއެވެ. އެޕާޓީގެ އިސް މެންބަރުން ރާއްޖެއަށް އައުމާއި، އެމް.ޑީ.ޕީގެ އިސްފަރާތްތަކުން އިނގިރޭސިވިލާތަށް ގޮސް އެޕާޓީން އެކި އެކި އެހީތައް އައީ ހޯދަމުންނެވެ.
އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަކީ އިނގިރޭސި ވިލާތުގައި އޮންނަ ނަޞާރާ ޖަމާޢަތްތަކާއި، އެޤައުމުގެ އެންމެ އިސްވެރިކަމުގެ ކީރިތިކަމުގެ މިސާލެއްކަމުގައި ބެލެވޭ ނަޞާރާދީނަށް ވަރަށް ވަފާތެރި އެދީން ފެތުރުމާއި، އެދީނުގެ ބޯދާ ގޮތްތަކަށް ސިޔާސީ ފިކުރުބިނާވެފައިވާ ޕާޓީއެކެވެ. ޤަދީމީ ގޮތް ދަމަހައްޓަން މަސައްކަތްކުރާ ކޮންޒަވޭޓިވުން ވަނީ އިނގިރޭސި ވިލާތުގައި މުސްލިމުންގެ މިސްކިތްތަކުގެ މުންނާރު ފައްޅިތަކުގެ މަތީގައި ހުންނަ ބޮޑު ސަލީބަށްވުރެ އުސްވިޔަނުދިނުމަށްވެސް އިނގިރޭސި ޕާލިމެންޓަށް ބިލެއްވެސް ހުށަހަޅާފައެވެ. މިފަދަ ބަޔަކު ރާއްޖޭގައި އެމީހުންގެ ދީނީ ފައްޅިތަށް އެޅުމަށް ބޭނުންވާނޭކަމީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ.
ރައީސް ނަޝީދު ވަނީ ރާއްޖޭގެ އެކި އެކި އިޤްތިޞާދީ މަސައްކަތްތަކަށް އިނގިރޭސި ކުންފުނިތަކާއި އޭނާގެ އިނގިރޭސި ރައްޓެހިންނަށް ޖާގަދިނުމަށް ނިންމާފައިކަމަށް ބައެއްމީޑިއާތަކުން މަޢުލޫމާތު ފެތުރިފައެވެ. ރައީސް ނަޝީދުގެ ތަޢުލީމީދުވަސްވަރުގެ އެކުވެރިޔާ އަދި އިނގިރޭސިވިލާތުގެ ލިވަރޕޫލުގެ މަޝްހޫރު ނަޞޯރާ މަދުރަސާއެއްކަމުގައިވާ “ ޑޯންޓީ” ސްކޫލުގައި އެކުގައި އުޅުނު ޑޭވިޑް ހާޑިންހަމްއަކީ ފްރެންޑްސް އޮފް މޯލްޑިވްސްގެ ނަމުގައި ޖަމާޢަތެއް ހަދައިގެން އުޅުނު މީހެކެވެ. އަދި 2004 ގެ ސްނާމީއާއި ގުޅިގެން ރާއްޖެއަށް އެހީދިނުމުގެ ނަމުގައި އެހެންމީހުންގެ އަތުން ފައިސާހޯދާ، ރާއްޖެއަށް ބައިބަލް ފަދަ ތަކެތި ފޮނުވަން އުޅުނު މީހެއްކަމަށް ކުރީގެ ސަރުކާރަށް މަޢުލޫމާތު ލިބުމާއި ގުޅިގެން ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ކޮށްފައިވާ މީހެކެވެ. ނަމަވެސް ނަޝީދަށް ވެރިކަން ލިބުމާއި އެކު ޑޭވިޑްހާޑިނހަމް ވަނީ ރާއްޖެއައިސް ކުރުނބާވިލެޖު ރެސޯޓުގައި އޭނާގެ 13 އަހަރަށްދާ ދަރިފުޅާއި އެކު ރައީސް ނަޝީދުގެ ފަރާތުން ޚާއްޞަ ހޮލިޑޭ އެއް މިދިޔަ ޑިސެމްބަމަހުގައި ހޭދަކޮށްފައެވެ. މީގެ އިތުރުން މީނާ ވަނީ ހދ. ކުޅުދުއްފުއްޓަށްވެސް ޒިޔާރަތްކޮށްފައެވެ.
ޑޭވިޑްހާޑިންހަމުގެ އިތުރުން އިނގިރޭސި ކޮންޒަރވޭޓިވް ޕާޓީގެ ޝެޑޯވް ފޮރިންސެކްރެޓަރީ ޖޯން މޫ އަކީވެސް ނަޝީދުގެ ވަރަށް އަރިސްމީހެއްކަމަށް ޓެލެގްރާފްގައި ލިޔެފައިވެއެވެ.
މިފަދަ ފަރާތްތަކާއި އެކު މިއަދުގެ ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާ ބަހައްޓަވާ ގުޅުންތަކާއި މެދު ދިވެހިން ސަމާލުވުން އެއީ ވަރަށް މުހިންމު ކަމެކެވެ. 2005 ގައި އެމް.ޑީ.ޕީ ރަޖިސްޓްރީވުމަށްފަހު، އިނގިރޭސި ކޮންޒަވޭޓިވުންގެ އިސް ލީޑަރުން ދޭތެރެ ދޭތެރެއިން ރާއްޖެއަންނަމުންދެއެވެ. އޭގެ ތެރޭގައި އެޕާޓީގެ އިންސާނީ ހައްޤުތަކާއި ބެހޭ ބޮޑަކަށް އުޅޭ ޑެވޮންގެ އެމް.ޕީ ގެރީ ސްޓްރީޓަރ އާއި، ރިޗަރޑް ސްޕްރިންގ، ފަދަ އިސް ފަރާތްތަށް ވަނީ ފާއިތުވެދިޔަ ތަނުގައި އެމް.ޑީ.ޕީއަށް އެހީތެރިވުމަށްޓަކާ މާލެއަށް އައިސްފައެވެ. މީގެތެރެއިން ބައެއް މީހުން އެމް.ޑީ.ޕީން އަތޮޅުތަކުގައި ބޭއްވި ބައްދަލުވުންތަކަށްވެސް ޒިޔާރާތްކޮށްފައިވެއެވެ.
2007
ގައި ރާއްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމަކާއި ބެހޭގޮތުން ނެގުނު ފެންނަ ނުފެންނަ ވޯޓުގައިވެސް އެމް.ޑީ.ޕީއަށް އެހީތެރިވުމަށް ކޮންޒަވޭޓިވް ޕާޓީން ބަޔަކު އައިސްފައިވެއެވެ. އަދި އޭގެ ފަހުން 2008 ވަނަ ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ކެންޕޭން ހިންގާނޭގޮތް ކިޔައިދީ އެކަމަށް ޢަމަލީ ގޮތުން އެހީތެރިވެދީ ހަދާފައިވަނީވެސް އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއާއި ގުޅުން ހުރިފަރާތްތަކެވެ

0 ޙިޔާލު: