ނައިފަރަށް ރައީސް ނަޝީދު އެއް ބޫޓް ކިބައިގައި !

ގައި 1/23/2009

އިބްރާހީމް ސާއިދު / ދިވެސް

ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން އުތުރުގެ ހަތަރު އަތޮޅުގެ ރަށްތަކަކަށް ކުރައްވަަމުންގެންދަވާ ރަސްމީދަތުރުފުޅެއްގައި މިހާރުގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދު އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު ނުކުރާކަމެއް ކުރައްވައިފިއެވެ.
އުތުރުގެ ހަތަރުއަތޮޅުކަމުގައިވާ ނ. ރ. ބ. ޅ ގެ މަންދޫބުންނާއި އެކު ޅ. ފެލިވަރުގައި އިއްޔެގެ ވަގުތެއްގައި ބޭއްވި ޚާއްޞަ ބައްދަލުވުންތައް ނިންމަވާލެއްވުމަށްފަހު އަތޮޅުގެ އެކިރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ 11:00 ގައި ރައީސް މުޙައްމަދު ނަޝީދު އަންނި ވަނީ ޅ. ނައިފަރަށް ޚާއްޞަ ދަތުރެއްކޮށްފައެވެ. ޅ. ނައިފަރަކީ މީގެ ދެއަހަރެއްހާ ދުވަސްކުރީން އެމް.ޑީ.ޕީގެ ޗެއަރޕާސަންކަމުގައި ހުންނެވި ދުވަސްވަރު އަންނި ވަޑައިގަތުމުން “ ޗަކަވެލިން” މަރުޙަބާ ކިޔާފައިވާ ރަށެކެވެ.
ކޮންމެއަކަސް ރައީސް ނަޝީދުގެ ރަސްމީ ލޯންޗްކޮޅު ނައިފަރުގެ ޖެޓީއަށް ބަނދަރުކޮށް، ބޮޑީގާޑުންނާއި ، ދައުލަތުގެ އެންމެއިސް ޢިއްޒަތްތެރިންގެ ތެރެއިން އެމަނިކުފާނަށް ކަމުދާ ބޭކަލުންކޮޅަކާއި އެކު ނައިފަރަށް ފައިބާ ވަޑައިގެން އެއްވެފައިވާ ނައިފަރު ރައްޔިތުންނާއި ސަލާމްކުރައްވަމުން ގެންދެވެވީ އަބަދުވެސް އެހުންނަވާހިނިތުންވުން” އިތުރަށް ފުޅާވެފައި ހުންނެވި ހާލަތެއްގައެވެ.
ނައިފަރުގެ ޖެޓީއާއި އަތޮޅުގެ ހިމެނޭ ސަރަހައްދާއި ރަށުއޮފީސް ހިމެނޭ ސަރަޙައްދާއި ދޭތެރޭ 500އެއްހާ ފޫޓް ހުންނާނެއެވެ. ޖެޓީ ސަރަޙައްދުގައި ތިބި ރައްޔިތުންނާއި ސަލާންކޮށް، ރަސްމީ ޢިއްޒަތުގައި ރަށުއޮފީހާއި ހަމައަށް އާދެވުނު އިރު ރައީސް ނަޝީދު ކުއްލިއަކަށް ހުއްޓުމެއް އަރާ މަޑުކޮށްލެއްވިތަން ފެނުނެވެ. ވީގޮތް އޮޅުން ފިލީ އަދި ކިރިއާއެވެ. އެމަނިކުފާނުގެ އެއްފައިގައި ބޫޓް ކިބަނެތެވެ. ނަމަވެސް އިސްޓާކީނު ހަމައަށް ހުއްޓެވެ. ހިރަފުހާއި އެކު ތަތްލާފައިވާ އިސްޓާކީނު އެއްފައިގައި އަނެއްފައިގައި ބޫޓާއެކު އެއޮއް ދުރަަށް ވަޑައިގެންނެވުނު އިރުވެސް އެމަނިކުފާނަށް މިކަމެއް އެނގިވަޑައިނުގަންނަވައެވެ. އަރިހުބޭކަލެއްކަމުގައިވާ ސަލްޖަމްގޭ ޒިޔާދަށް ޖެހުނީ މަދުވާ ބޫޓްކިބަ ރިޔާސީ ލާންޗްކޮޅުން ހޯދައިގެން ގެންނާށެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެސް އިރެއްގައި އަބަދު ހަމައަށް ތިބުން އެއީ ކޮންމެހެން މުހިންމު ކަމަކަށް ނުވިއަސް، ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އަބަދުވެސް ހުންނަވާން ޖެހޭނީ، ބަރާބަރަށް ވާނުވާ އޮޅުން ފިލާވަޑައިގެން ކަމަށް އަޅުގަނޑުދެކެމެވެ.
މި މަންޒަރު ނައިފަރުގައި ތިއްބެވި ދިވެހިރައްޔިތުންނަށް ފެނިފައިވާ އިރު އެރަށުގައި ވަޒީފާތަކުގައި އުޅޭ ބަންގާޅުމީހުންނަށްވެސް މި މަންޒަރު ވަނީ ފެނިފައެވެ. އޭގެތެރެއިންއެކަކު ބުނިކަމަށްވެއެވެ. “ އަހަރުމެންގެ ރަށު އޮޓޯ ޑްރައިވަރުން އުޅޭނެ އެހެން އެއް ބޫޓު ލައިގެން” މިހެންނެވެ.
މުހައްމަދު ނަޝީދަކީއޭނާގެ ދިރިއުޅުއްވުމުގެ ވައްޓަފާޅި ހުންނަގޮތުން ވަރަށް އައުދަޔާ ޚިލާފު ކަންތައްތަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމް.ޑީ.ޕީގެ ޗެއަރޕާސަން އަކަށް ހުންނެވި ދުވަސްވަރު މާލޭގެ މަގުމައްޗަށް މީހުން އެއްކުރުމުގެ ނިޔަތުގައި އެއްދުވަހު ހަވީރުގެ ވަގުތެއްގައި އެކަނިމާއެކަނި ނުކުމެ މަގުމަތީގައި އަރިހުރަހަށް ދުވެހަދާފައިފައިވެސް ވެއެވެ. މީގެ އިތުރުން ޢާންމުގޮތެއްގައި ސިނގިރޭޓަކާއި އެކު ފެންނާންހުންނަ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ( އަންނި ) ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމާ މިދިޔަ ނޮވެމްބަރު މަހު ހަވާލުވިފަހުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭނާގެ އެކުވެރިންނާއި އެކު ސިނގިރޭޓް ބޮއި ހަދަމުންދާކަމުގެ މަޢުލޫމާތު ވަނީ ފެތުރިފައެވެ.
ކޮންމެއަކަސް އެކަނިމާއެކަނި އާދައިގެ މީހެއްގެ ގޮތުގައި އުޅުއްވި އިރު ޢަމަލުތައް ހުންނަގޮތަށް ފާޑުނުކިޔާދޫކޮށްލެވުނަސް ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި އެންމެހާ ދިވެހިން ތަމްސީލް ކުރައްވާ ފަރާތެއްގެ ގޮތުގައި ހުންނަވައިގެން ކުރައްވާ މިޒާތުގެ ކަންތައްތަކާ ރައްޔިތުން ބެހޭނެއެވެ. އެކަން އެމިކުފާނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ދާދިފަހަކުން އިންޑިއާއަށް ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ދަތުރެއްގައިވެސް އެތަނުގެ ނޫސްވެރިޔަކަށް ނަޝީދުގެ އަތުން މަޝްހޫރު ރާތައްޓެއް ފެނިފައިވާކަމަށް އިންޑިޔާގެ ނޫހެއް ކަމުގައިވާ ބިޒްނަސް ސްޓޭންޑަޑްގައި ލިޔެފައިވެއެވެ. މިކަމާވިދިގެން އެކި އެކި މީޑިއާތަކުން މިމައްސަލަ ނަގައިގެން ލިޔަމުން ދިޔައިރުވެސް ރައީސް އޮފީހުން މިކަމާ ބޭހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކުރަމެވެ.

0 ޙިޔާލު: