އަރިސްކަމަކީ އަތްމަތިތިޔާގި ކުރެވޭ ކަމެކެވެ.
ގައި 1/07/2009< މުސްކުޅި ހާސަރު >
އުމުރުގެ ވަރަށްކުރީކޮޅު އިވުނުވާހަކައެއްގެ މަތިން ހަމަހަނދާން ވާވަރުން އެވާހަކަ މިގޮތަށްތިޔަ އަރިސްތަކަށް ގެނެސްދޭން ގަސްތުކުރެވުނީއެވެ.
ހަގީގަތުގައި މިވާހަކައަކީ ދުނިޔޭގެ ވަރަށްގިނަ ބަސްބަހަށް އެކިސިފަސިފައިގައި ތަރުޖަމާކުރެވި މިވާހަކައިގެ އެތެރޭގައި ބުނެދީފައިވާ ފިލާވަޅުގެ ފަލްސަފާ އާއިދޭތެރޭ ނުވަތަ އެފަލްސަފާގެ މޮޅުވާހަކަވަނީ ދެއްކި ދެކެވިފައެވެ. އެވާހަކަ އޮންނަނީ މިކަހަލަ ގޮތަކަށެވެ.
ރަސްކަލަކު ޝިކާރައަށް ވަޑައިގެންއުޅުއްވަނިކޮށް މަގުއޮޅިވަޑައިގެން ލަޝްކަރީންނާއި ދުރަށްވަޑައިގެންނެވި ކަންބޮޑުވެ ވަޑައިގެންފައިހުންނަވަނިކޮށް އެހިސާބުގައި އުޅޭ އެގައުމުގެ ފަގީރުކޮޔާ ދިމާވިކަމަށްވެއެވެ. ފަގީރުކޮޔަށް އެއީރަސްގެފާނުކަންވެސް އެނގުނީ އެ ރަސްގެފާނުވިދާޅުވީމައެވެ. އެކޮއިގެ އެހީގައި އެރަސްގެފާނު ހިންގަވާވަޑައިގެން ލަޝްކަރީންނާއި ހަމައަށްވަޑައިގެންނެވިއްޖެއެވެ. އެވަގުތު އެކޮއި ގާތު ރަސްގެފާނުވިދާޅުވީ ކޮއި ތިމަންނައަށް ތިޔަކޮށްދިން ހެޔޮކަމުގެބަދަލުގައި ތިމަންމަނިކުފާނުވެސް ކޮޔަށްހެޔޮކަމެއްކޮށްދެއްވަންބޭނުންފުޅުކަމަ ށާއި ކޮއިބޭނުންކަމެއްގެވާހަކަ ބުނަންވީކަމުގައެވެ. އެކޮއިވިސްނާލައިފާ ދެންނެވިއެވެ.
” ސާހިބާ އެވެ. އަޅުގަނޑަށް ކޮށްދެއްވަންވީކަމަކީ މަނިކުފާނު އަރިއަހަށްގޮސް އަޅުގަނޑު ކަންފަތްޕުޅު ދޮށުގައި އެއްޗެއް ދަންނަވާ ކަހަލައަކުން އަޅުގަނޑު މަނިކުފާނުއަރިއަހަށްގުދުވެލީމާ އެއަޑު އަށްސަވާފާއި އާނ ބަސްފުޅުވިދާޅުވީކަމުގައި ދެންތިބީންނަށް ފެންނަ ގޮތަށް އިސްތަށިފުޅު ޖައްސަވާލެއްވުމެވެ. މިއަށްވުރެ އިތުރު ވަރެއް އެއްޗެއް އަޅުގަނޑުބޭނުމެއްނޫނެވެ. ”
މިހެންދެންނެވީމާ ކުޑައިކޮށް ވިސްނާވަޑައިގަތުމަށްފަހު އެ ރަސްގެފާނު އެކޮއި ދެންނެވިކަންތައް ކޮށްދެއްވާނެ ކަމުގައި ވިދާ ޅުވެ އެކޮޔާއި ސަލާން ކޮށްލައްވާފައި ގަނޑުވަރަށްވަޑައިގަތީއެވެ. ވަޑައިގަތްމަގުމަތީގައި އެއްވަޒީރަކު ސުވާލުދެންނެވިއެވެ. ފަގީރުކޮއިގެ ދެރަ ވަރުކަމުން ނަސީބުއަތުގައިހިފީމާވެސް މަރުޙަބާކިޔަންނޭނގުނީ ދޮގެއްތޯއެވެ. ކަމަކަށްއެދިދަންނަވާލަންވެސް އެކޮޔަށް ހަމަނޭގުނީ ދޮގެއްތޯއެވެ. ރަސްގެފާނު ޖަވާބުދެއްވިއެވެ. ވަޒީރުގެ ތިޔަވިސްނުމަށްވުރެ އެކޮއިގެ ވިސްނުން މާބޮޑުތަންވެސް ރަނގަޅެވެ. މަށަށްވެސް ފުރަތަމަ އެކޮއިގެ ވާހަކައިން ލިބުނީ ކުޑަ ޙައިރާންކަމެކެވެ. އެނގުނީ ކުޑައިރުކޮޅަކުންނެވެ. ވަޒީރު ބަލަންހުންނާށެވެ. މީގެ ދެމަހެއްހާދުވަސްފަހުން ތިޔަ ސުވާލުގެ ޖަވާބު ލިބޭނެކަންމަށަށްއެބެއެނގެއެވެ.
ކަންވީވެސް އެހެންނެވެ. ދެމަހެއްހާދުވަސްވީއިރު ފަގީރުކޮއިގެ ގެ ވެސްހުރީ ބުރި ބުރި އަށް ނަގާ ފައްކާކުރެވިފައެވެ. އެހީ ދޭނެ އެހީތެރިވެދޭނެ މީހުން ބައިވަރެވެ. ފަގީރުކޮއި ކުރާހާވެސްކަމަކީ ރަސްގެފާނުދަރުބާރުގައި އިންނަވާއިރު ގޮސްއަރިއަހަށްހުއްޓިފައި ވާހަކަ އެއްދަންނަވާހެންކަންފަތްޕުޅުދޮށުގައި ދެތުންފަތް ތަޅުވާލަނީއެވެ. ރަސްގެފާނު އިސްތަށިފުޅުޖައްސަވާލައްވަނީއެވެ. ހިސާހިތަކު މިކޮއި ގާތުގައި ކަމުކިޔާ އެހީވެދީ އުޅޭނޭމީހުންގިނަވެއެކޮއިގެގެވެސް އުޅެވޭވަރުގެ ރަނގަޅުގެއެއްހުންނަންވާނެކަމުގައިހީވެގެން އެމީހުން ގެއެއްވެސް އަޅާދިނީއެވެ. އެކޮޔަކީ އެރަށުގެ އެންމެންމެ ގަދަރުކުރާ އިޙުތިރާމް ކުރާ ” ބޭކަލަކަށް ” ވެގެންހިނގައްޖެއެވެ.
This entry was posted on 1/07/2009 and is filed under ރިޕޯޓް, އިޖްތިމާޢީ, ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 ޙިޔާލު:
Post a Comment