ރައްޔިތުންގެ ޚާއްޞަ މަޖިލިސް

ގައި 1/23/2009


1997 ގައި ތަސްދިޤްކޮށް ހިންގަންފެށުނު ދިވެރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 6 ވަނަބާބުގައި ބުނެފައިވަނީ ޤާނޫނު ހަދާފަރާތަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީސްކަމުގައެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ހެދުމާއި ޤާނޫނުއަސާސީއަށް އުނި އިތުރު ގެނައުމުގެ ބާރު ލިބިފައިވާ ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެކުލެވިގެންވާނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޤާނޫނުގައިވާ ގޮތުގެ މަތިން ބާއްވާ ޢާންމު އިންތިޚާބަކުން، މާލެއާއި އަތޮޅުތަކުން ހޮވާ މެންބަރުންނާއި (މިގޮތުން، ކޮންމެ ދާއިރާއަކުން ހޮވާ މެންބަރުންގެ އަދަދަކީ، ރައްޔިތުންގެ މަޖިލީހަށް އެދާއިރާއަކުން ހޮވާފައިވާ މެންބަރުންގެ އަދަދާ އެއްވަރު އަދަދެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ އަށްމެންބަރުންނާ އެކުގައެވެ. ).
ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމަށް ފާސްކޮށްފި ހިނދެއްގައި، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެކުލަވާލުމަށް އަންގާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަގުތެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކޮށް، އެޖެންޑާގައިވާ ކަންތައްތައް ނިމުމުން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެ މަޖިލިސް އުވާލެވޭނެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވާގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެކޭ އެއްފަދައިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް ހުރުން ލާޒިމުވެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރަންފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ހުވާ ކުރުމުންނެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، އެމަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކާއި ނާއިބުރައީސެއް އިންތިޚާބު ކުރެވެއެވެ. މަޖިލިސް އުވުމުގެކުރިން، މަޖިލީހުގެ ރައީސްގެ ގޮނޑި ނުވަތަ ނާއިބުރައީސްގެ ގޮނޑި ހުސްވެއްޖެނަމަ، އެ ހުސްވި ގޮނޑިއަކަށް އަލުން މެންބަރަކު އިންތިޚާބު ކުރެވެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރެވެންދެން، ވަގުތީގޮތުން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސަކު އިންތިޚާބުވުމާއެކު، ވަގުތީ ރައީސް ރިޔާސަތުން ވަކިވެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށާއި ނާއިބުރައީސަށް، އެމީހެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަންފެށޭނީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި، ހުވާ ކުރުމުންނެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެންމެހާ ކަންތައް ހިންގުމާއި، މަޖިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށްޓަކައި މަޖިލީހުގެ ޖަލްސާތައް ބާއްވައި، އެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓައި، މަޖިލީހުން ފާސްވާ ކަންތައްތައް ހަތްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރުމުގައި، މަޖިލީހުގެ ނާއިބުރައީސް އޭނާއަށް އެހީތެރިވާންވާނެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ނުވަތަ މަޖިލީހުގެ ރައީސް އޭނާއަށް މަގާމުގެ ވާޖިބުތައް އަދާކުރުމަށް ޢުޛުރުވެރިވެއްޖެ ހިނދެއްގައި، ވަގުތީގޮތުން އެމަގާމުގެ ވާޖިބުތައް އަދާކުރާނީ، މަޖިލީހުގެ ނާއިބުރައީސެވެ.
ޤާނޫނުއަސާސީގެ މާއްދާއަކަށް ނުވަތަ ބަޔަކަށް އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނެވޭނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބޭ ވޯޓަކުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާ ޤާނޫނަކުންނެވެ.
މަތީގައި ބަޔާން ކޮށްފައިވާފަދަކަމެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރާތާ ހަތްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހެއެވެ. އަދި މިގޮތުން ޚާއްޞަ މަޖިލީހުން ފޮނުވާ ކަންތައް، ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބެނީ ނުވަދިހަ ދުވަހެވެ. އަދި އެކަމާމެދު އަލުން ވިސްނުމަށް، ނުވަތަ އެކަމަކަށް ރައީސުލްޖުމްހޫރިއްޔާއަށް ގެންނަން ފެންނަ އިޞްލާޙަކާމެދު ވިސްނުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އެކަމެއް އަނބުރާ އެމުއްދަތުގެ ތެރޭގައި ފޮނުވިދާނެއެވެ.
އަލުން ވިސްނުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ކަމަކާމެދު އަލުން ވިސްނުމަށްފަހު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ، އެކަމެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަންވާނެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްނުވިނަމަ، އެކަމެއް ބާޠިލުވީއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށް ފޮނުވާކަމެއް ތަޞްދީޤު ނުކޮށް، އަދި އަލުން އެމައްޗަށް ވިސްނުމަށް އަނބުރާ ނުފޮނުވައި ނުވަދިހަދުވަސް ހަމަވެއްޖެނަމަ، އެކަމެއް ތަޞްދީޤުކުރެވުނީކަމަށް ބެލޭނެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރާ ކަންތައްތައް ޤާނޫނަށްވެ، އެމައްޗަށް ކަންހިންގޭނީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، އެ ޤާނޫނެއް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުންނެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފުނުވާ ގޮތުގެމަތިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމާކަމެއްގެ ޞައްޙަކަމާމެދު، އެއްވެސް ފަނޑިޔާރުގެއަކުން، ނުވަތަ ޤާނޫނީ ބާރު ލިބިފައިވާ އެހެން ފަރާތަކުން ވިޔަސް، ސުވާލެއް ނުކުރެވޭނެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޤާނޫނީ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ފަރާތުން ހޮވާފައިވާ ކޮމިޓީއެއްގެ ޖަލްސާއެއްގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރަކު، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތުގެމަތިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން، ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރާ ގޮތަކުން ކުށްވެރިއެއް ނުކުރެވޭނެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމާއި އެމަޖިލިސް އުވުމާ ދެމެދު، އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވާނީ، މެންބަރަކު އެމަޖިލީހުގެ ރައީސަށް ފޮނުވާ ލިޔުމަކުން އިސްތިޢުފާ ދިނުމުން، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ހިމެނޭ މެންބަރެއްނަމަ، އެމަޖިލީހެއްގެ މެންބަރުކަމުން ވަކިވުމުން، ނުވަތަ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން، ނުވަތަ އެ މެންބަރަކު މަރުވުމުންނެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެކަމަށް ބެލޭނީ، އެމައްސަލައެއް ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެ މެންބަރެއްގެ ކިބައިން އެ ސިފައެއް އުނިވެއްޖެކަމަށް ހައިކޯޓުން ޙުކުމް ކުރުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ މެންބަރަކު، ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން ވަކިކޮށްފި ހިނދެއްގައި، އޭނާގެ ގޮނޑި ހުސްވީއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވުމުން، އެގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާ މެންބަރަކު ޢައްޔަންކޮށްފައިވާ ގޮނޑިއެއްނަމަ، އެގޮނޑިއަށް އަލުން މެންބަރަކު ޢައްޔަންކުރާނީއެވެ. އެގޮނޑިއަކީ، އިންތިޚާބު ކޮށްފައިވާ މެންބަރެއްގެ ގޮނޑިއެއްނަމަ، އެގޮނޑިއަށް އަލުން މެންބަރަކު އިންތިޚާބުކުރާނީއެވެ. ނަމަވެސް، އަލުން މެންބަރަކު ޢައްޔަންކުރާނީ، ނުވަތަ އިންތިޚާބުކުރާނީ، އެ ޢައްޔަންކުރާ ނުވަތަ އިންތިޚާބުކުރާ މެންބަރަކަށް، ޖަލްސާތަކަށް ޙާޟިރުވެވޭހާ މުއްދަތަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް ދެމިއޮންނާނެކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށް ފެނިއްޖެ ނަމައެވެ.

1997 ގައި ތަސްދީޤް ކުރެވުނު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 94 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ ޚާއްސަ މަޖުލިސް އެއްކުރަން ބޭނުންވާކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި ނުވަތަ ރައްޔިތުންގެ މަޖުލީހުން ޚާއްސަ މަޖުލިސް އެއްކުރުމަށް ފާސްކޮއްފި ހިނދެއްގައި ރައްޔިތުންގެ ޚާއްސަ މަޖިލިސް އެކުލަވާލުމަށް އަންގަވާނީ ރައީސުލް ޖުމްހޫރިއްޔާއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ވަގުތެއްގައި ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކޮށް އެޖެންޑާގައިވާ ކަންތައްތައް ނިމުމުން ރައީސުލް ޖުމްހޫރިއްޔާ މަޖިލިީހަށް ފޮނުވާ ލިޔުމަކުން އެމަޖުލިސް އުވާލެވޭނެއެވެ.

މިޤާނޫނުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ގޮތުން 2004 ވަނަ އަހަރު ކޮމިޝަނަރ އޮފް އިލެކްޝަންސްއިން އިންތިޚާބު ކުރެވުނު ބޭފުޅުންނެވެ. .

ދާއިރާ

މެމްބަރ

އެޑްރެސް

އިތުރު ތަފްސީލް

ހއ. އަތޮޅު

ޖައުފަރު ޢީސާ

މ. ރިޔާ

ހއ. އަތޮޅު

އިބްރާހިމް ހުސެން މަނިކު

މ. އެންދެރިގަސް

ހއ. އަތޮޅު

އަހުމަދު ސަމީރު

މ. ފީރޯޒުވިލާ

ހއ. އަތޮޅު

އަހުމަދު މުއިއްޒު

މއ. ސަންދަރު

ހދ. އަތޮޅު

އަހުމަދު ޢަބުދު

ގ. މެސްކޮޓް

ހދ. އަތޮޅު

ޢަބުދުއްސުކޫރު

ހ. ފޫޅުމާ

ހދ. އަތޮޅު

އަހުމަދު ޢާދިލް

މ. ފެންފުށީގެ

ހދ. އަތޮޅު

ޢަބުދުނަސީރު ޚާލިދު

މ. ސްޕަޓްލް / ދީނާރުގެ

ށ. އަތޮޅު

މުހައްމަދު ހުސައިން

ހ. ގްރީން އެވެނިއު

ށ. އަތޮޅު

އިބްރާހިމް ވަހީދު

މ. ދިގުތިޔަރަ

ށ. އަތޮޅު

ލުބުނާ މުހައްމަދު ޒާހިރު

ހ. ނީލްވިލާ

ށ. އަތޮޅު

މޫސާ ރަމީޒް

މއ. ޕެޓްރަލް

ނ. އަތޮޅު

ޢަބުދުޔާމީން

ގ. ދޫވެލި

ނ. އަތޮޅު

ޢަލީ މުހައްމަދު

މ. އެވަރެސްޓް

ނ. އަތޮޅު

އިބްރާހިމް ސިރާޖް

މއ. ފުލްމާ

ނ. އަތޮޅު

މުހައްމަދު ތޯރިޤް

ބަނޑޭރިކޮށި 196

ރ. އަތޮޅު

އިބްރާހިމް ސަހީދު ޒަކީ

މ. ނޫރާނީގެ

ރ. އަތޮޅު

ޢަލީ ވަހީދު

ގ. ވައްފުށި

ރ. އަތޮޅު

މުހައްމަދު ޢާތިފް

ގ. ވައްފުށި

ރ. އަތޮޅު

ޝާހީން ހަމީދު

ހ. އެއްގަމުގެ

ނާއިބްރައީސް

ބ. އަތޮޅު

އަހުމަދު ތަސްމީން

މއ. ޝީރާޒީގެ

ބ. އަތޮޅު

ޢަބުދުއްރަޝީދު ޢަބުދުއްރަހުމާން

މއ. ފަސްއެރި

ބ. އަތޮޅު

އިބްރާހިމް ޢަފީފް

މ. މާވިނަ

ބ. އަތޮޅު

ޢަލީ ފާއިޒް

ހ. ގެމިނި

ޅ. އަތޮޅު

އިބްރާހިމް މުހައްމަދު ސޯލިހް

މ. ސަނީލޮޖް

ޅ. އަތޮޅު

އަހުމަދު މުހައްމަދު

ހ. ނަދުވާ

ޅ. އަތޮޅު

ހުސައިން އިބްރާހިމް

ވ. ހަވާސް

ޅ. އަތޮޅު

ޢަބުދުޢަލީ

ހ. ކްރެސްޓ

ކ. އަތޮޅު

މާރިޔާ އަހުމަދު ދީދީ

ގ. އޮއިނާށި

ކ. އަތޮޅު

އިސްމާޢީލް ޢަބުދުލްހަމީދު

ހ. ކާފޫރުތޮޅިގެ

ކ. އަތޮޅު

މަރިޔަމް ޢާފިޔާ

މ. ފީރޯޒް ލޮޖް

ކ. އަތޮޅު

އިބްރާހިމް ސަރީފް

މ. ތްރީފްލާވާރސް

އއ. އަތޮޅު

އަހުމަދު ޒުބައިރު

ހުޅުމާލެ ފުލެޓް 7 05-1

އއ. އަތޮޅުު

ހުސައިން މުހައްމަދު

ގ. ލިއެނާ

އއ. އަތޮޅުު

މުހައްމަދު ވަޖުދީ އިބްރާހިމް

ވ. އެދުރުވެހި

އއ. އަތޮޅުު

ޢަލީ އިބްރާހިމް

ހ. އިރުދޮށުގެ

އދ. އަތޮޅު

ޢަބުދުއްރަސީދު ޢަލީ

މ. ޒޭވަރު

އދ. އަތޮޅު

ޢަބުދުލް މުހުސިން ޢަބުދުﷲ

މ. ދޫނިދޫ

އދ. އަތޮޅު

އިލްޔާސް ހުސައިން އިބްރާހިމް

މ. ހަވީރީމަންޒަރު

އދ. އަތޮޅު

ޤާސިމް އިބްރާހިމް

މ. މާފަންނުވިލާ

ރައީސް ( ދެވަނަ )

ވ. އަތޮޅު

ޢަބުދުﷲ ޝާހިދު

ހ. ރަބީޢީ މަންޒިލް

ވ. އަތޮޅު

އިސްމާޢީލް ޝިހާބު

މ. ބަގީޗާގެ

ވ. އަތޮޅު

ޔޫސުފް ނަޢީމް

ގ. ގޯލްޑަން ހައުސް

ވ. އަތޮޅު

މޫސާ ނިޒާރު

މ. ކުނދިހިތިގަސްދޮށުގެ

މ. އަތޮޅު

އަނީސާ އަހުމަދު

މ. އެވާރ ރެސްޓް

މ. އަތޮޅު

އަހުމަދު ނާޒިމް

ގ. އާބިން

މ. އަތޮޅު

އަހުމަދު ސަފީގު

މއ. ދަނބުގަސްދޮށުގެ

މ. އަތޮޅު

އަހުމަދު ސުލައިމާން

ގ. ވާނީގެ

ފ. އަތޮޅު

އަހުމަދު ހަމްޒާ

ގ. ނީމާ

ފ. އަތޮޅު

ޢަބުދުލްޢަފޫރު އިބްރާހިމް

މއ. ޕެންޒީ ވިލާ

ފ. އަތޮޅު

އަންވަރު އަލީ

ގ. ފެމޯރާ

ފ. އަތޮޅު

އިބްރާހިމް އަހުމަދު

ވ. ވިލި ވިލާ

ދ. އަތޮޅު

އަހުމަދު ސިޔާމް މުހައްމަދު

ގ. ސަންސެޓް

ދ. އަތޮޅު

އަހުމަދު ނާސިދު

ހ. ރަންރިބިނދޫ

ދ. އަތޮޅު

މުހައްމަދު ރިޔާޒް

ގ. މަލަސް

ދ. އަތޮޅު

ޢަބުދުއްލަތީފް މުހައްމަދު

މ. ހިރިއަނަދޫގެ

ތ. އަތޮޅު

މުހައްމަދު ޝަރީފް

މ. ސަނީ ކޯސްޓް

ތ. އަތޮޅު

ހަސަން ޢަފީފް

މއ. އޮނިކްސް

ތ. އަތޮޅު

ރިިޔާޒް ރަޝީދު

ހ. ހާލި

ތ. އަތޮޅު

ހުސައިންރަސީދު ހަސަން

ގ. ބާނީ

ލ. އަތޮޅު

އިލްޔާސް އިބްރާހިމް

މ. އަލިވާގެ

ލ. އަތޮޅު

މޫސާމަނިކު

މ. ގުލްޒާރުގެ

ލ.އަތޮޅު

މުހައްމަދު ނަސީމް އިބްރާހިމް

މ. ހިލްމިޔާ 3 ވަނަ ބުރި

ލ. އަތޮޅު

މުހައްމަދު ނަޢީމް

ގ. ބުލޫ ލެގޫން

ގއ. އަތޮޅު

ޢަބުދުﷲ ޖާބިރު

ގ. ކާނިހިޔާ

ގއ. އަތޮޅު

މުހައްމަދު ސަލީމް

މ. ހުރެންދޫ

ގއ. އަތޮޅު

އަދުނާނު ހަލިމް

މ. ގޯލްޑެން ފުއާޒް އާގެ

ގއ. އަތޮޅު

އިބްރާހިމް ޚަލީލް ޢަބުދުﷲ

މއ. ދިލްސާދު ވިލާ

ގދ. އަތޮޅު

ޢައްބާސް އިބްރާހިމް

މ. ސިލްވަރ ކުލައުޑް

ރައީސް ( ފުރަތަމަ )

ގދ. އަތޮޅު

ޒާހިިރު އާދަމް

މ. ބީޗް ކޯނަރު

ގދ. އަތޮޅު

ޢަބުދުﷲ ލަތީފް

ވ. ސިނަމާލެ 4 -05 2

ގދ. އަތޮޅު

މުހައްމަދު ވަހީދު ޢަލީ

ގ. ރަންގެހި

އައްޑޫ

މުހައްމަދު އސްލަމް

މ. ސައިން 2 ވަނަ ބުރި

އައްޑޫ

އިބްރާހިމް ސަޜީފް

މ. ދެނޫ

އައްޑޫ

އިބްރާހިމް ތޯހިރު

ހ. މައިދާނުގެ

އައްޑޫ

ހުސްނުއްސުޢޫދު

މއ. އުރަހަ 6 ބުރި

ފޯއްމުލައް

މުހައްމަދު އިބްރާހިމް ދީދީ

މއ. ކަސްމީރުވާދީ

ފޯއްމުލައް

ޢަބުދުﷲ މަސީހު މުހައްމަދު

ހ. ލިލީމާގެ

ފޯއްމުލައް

ފައިސަލް ނަޢީމް

އޭ ޑީ ކޭ ބިލްޑިން

ފޯއްމުލައް

މުހައްމަދު ވަޖީހް އިބްރާހިމް

ހ. ދޮންއަންނާރުގެ

މާލެ

އިބްރާހިމް އިސްމާއީލް

މއ. ބޯގަންވިލާ

މާލެ

މުހައްމަދު ސިހާބު

މ. ބަގީޗާ

މާލެ

އަހުމަދު ޢަތިފް

މ. މިސްޓިލޮޖް

މާލެ

މުހައްމަދު ނަސީދު

ހ. ފޮއްދޫގެ

ރައީސް މެމްބަރުން

ފާތިން ހަމީދު

ހ. މީނާޒް

ރައީސް މެމްބަރުން

ޒާހިޔާ ޒަރީރު

ގ. ޒަފާން

އެޑިއުކޭސަން މިނިސްޓަރ

ރައީސް މެމްބަރުން

އިބްރާހިމް ސަލީމް

މ. މާރެހާ

ރައީސް މެމްބަރުން

އަހުމަދު ސަރީފް

މއ. ގުލާބީހިޔާ

ރައީސް މެމްބަރުން

އާޒިމާ ސަކޫރު

ރޯޔަލްއިން ގެސްޓް ހައުސް

އެޓާނީ ޖެނެރަލް

ރައީސް މެމްބަރުން

ހުސައިން ހިލްމީ

މއ. ވަހާރީ

ރައީސް މެމްބަރުން

ދިޔާނާ ސަޢީދު

ގ. ކާނިހިޔާ

ފުރަތަމަ

ރައީސް މެމްބަރުން

މަޒީނާ ޖަމީލް

މއ. ސިލްވަރ ސައިން

ރައީސް މެމްބަރުން

އިމާދު ސޯލިހް

ވ. އެންދެރިވެހި

ފުރަތަމަ

ރައީސް މެމްބަރުން

އަހުމަދު ޒާހިރު

މ. ސީނާ

މަޖްލިސް ރައީސް

ރައީސް މެމްބަރުން

ރާސިދާ ޔޫސުފް

ގ. ކިސްމާ

ރައީސް މެމްބަރުން

މުހައްމަދު ސަލީމް

ހ. ރޯޝަންލާން

ރައީސް މެމްބަރުން

މުހައްމަދު ޤުބާދު އަބޫބަކުރު

މ. ވުޑުޝޭޑް 4 ވަނަ ބުރި

ރައީސް މެމްބަރުން

އިބްރާހިމް ޝާފިޢް

ހ. ޖަނަވަރީ ވިލާ

ރައީސް މެމްބަރުން

މަރިޔަމް ނޫރައްދީން

މ. ތާނގީދޮށުގެ

ރައީސް މެމްބަރުން

އަހުމަދު މަހުލޫފް

ގ. ހާފްސީ

ދެވަނަ

ރައީސް މެމްބަރުން

ޢަބުދުއްރަސީދު ނާފިޒް

ހ. ލިލީސް

ދެވަނަ

ކެބިނެޓް މެމްބަރުން

އިސްމާޢީލް ސަފީޢް

ގ. ގަލޮޅު އާގެ

ޑިފެންސް މިނިސްޓަރ

ކެބިނެޓް މެމްބަރުން

ޢަބުދުﷲ ކަމާލުއްދީން

މއ. އެވަރ ލާސްޓް

ހޯމްމިނިސްޓަރ

ކެބިނެޓް މެމްބަރުން

ހަމްދޫން ހަމީދު

މ. ވާރޭވިލާ

ޕްލޭނިން މިނިސްޓަރ

ކެބިނެޓް މެމްބަރުން

ޑރ. މުހައްމަދު ޝައުގީ

މއ. ލައިޓް ކޯނަރ

ޓްއަރިޒަމް މިނިސްޓަރ

ކެބިނެޓް މެމްބަރުން

އަލްއުސްތާޛު މުހައްމަދު މުއިއްޒު ޢަދުނާން

މ. ލުނާވާރ

ޖަސްޓިސް މިނސްޓަރ

ކެބިނެޓް މެމްބަރުން

މުހައްމަދު ޖަމީލް

މ. ފާމްދޭރިގެ

އިކޮނިކް މިނިސްޓަރ

ކެބިނެޓް މެމްބަރުން

މުހައްމަދު ޝަޢީދު

މ. ހަވޭލި

ޓްރާންސްޕޯރޓް މިނިސްޓަރ

ކެބިނެޓް މެމްބަރުން

މަޢުރޫފް ޖަމީލް

މ. ދޫރެސް

ކެބިނެޓް މެމްބަރުން

މުހައްމަދު ނަޝީދު

ގ. ސަމަންތަރި

އިންފޮމޭސަން މިނިސްޓަރ

ކެބިނެޓް މެމްބަރުން

އައިސަތު މުހައްމަދު ދީދީ

މ. ސްޓާރ 2 ވަނަ ބުރި

ވިމެންސް އެފެއާޒް މިނިސްޓަރ

ކެބިނެޓް މެމްބަރުން

މުހައްމަދު ވަހީދުއްދީން

ހ. ޑީންސް ވިލާ

އެޓޮލްސް މިނިސްޓަރ

ކެބިނެޓް މެމްބަރުން

އިބްރާހިމް ރަފީގް

މއ. ހުރެވި

0 ޙިޔާލު: