އައުޖީލުތައްދެކޭނޭ ތެދުވެރިމިއީ މިސާލޭ

ގައި 5/21/2009

ކެތްތެރިކަމުގެ ނަމޫނާ، ދެއްކެވި އެއީ ޒަޢީމޭ

ހިތްތިރި އެހާ ރަޙުމުހުރި ވެރިއެއްގެ މީ މިސާލޭ

ނުކިޔާކަ ޢީބައެއްނެތް، ނުލިޔާކަ ހަޑިގޮތެއްނެތް

ނުކުރާާާާާާާާާާާާާާާާމަލާމާތެއްނެތް، ނުހިތާކަ ދެރަގޮތެއްނެތް

އެކަމަކު އެކަންކަމަށްހަމަ ،ރައްދެއްދިނުން ނުވެސްނެތް

ހިތްތިރި އެހާރަހުމްހުރި، ވެރިއެއްގެމީ މިސާލޭ

މާޒީގެ ގިނަހަނދާންތައް، ވާތީފެނޭލިޔެވިފައި

ތާރީޚް ހެކިދެޔޭހަމަ، ނެތްކަން މިފަދަޒަމާނެއް

ޒާތީތަޢައްސަބެއްނެތް، މަޑުމޮޅި،މިވަރުގެ ވެރިއެއް

މާޒީވި ދިގު ހަޔާތުން، ފެނިފައިނުވާ މިސާލޭ

ޤައުމަށްހެވާއި ލާބަ ގެންނެވިގޮތުގެ ނަމޫނާ

ޤައުމުންއެހެން ދެކޭކަން ހެއްކަންނެތޭ ޔަޤީނާ

އައުވިސްނުމާއި ރޫޙުން ހޯއްދެވި ނަޞުރު ނަޞީބާ

ފައުޅުން މިކަން އެނގޭގޮތް އަލިގަދަމިއީ މިސާލޭ

މައުމޫނުނޫން ދެވަނައެއް، ސަރަފެއްދެވޭނެ ވެރިއެއް

ޤައުމުންނެތޭޔަޤީނުން، ފެންނާކަށެއް ޒަޢީމެއް

ބަޔަކުންނުކުމެ އުޅުނަކަސް، ތެދު ތެދު ދޮގެއްނުވާނޭ

އައުޖީލުތައް ދެކޭނޭ، ތެދުވެރި މިއީ މިސާލޭ

= އަހުމަދު ޢަލި މަނިކު ސީވީޑް / ނ. ހޮޅުދޫ =

0 ޙިޔާލު: