ކުޑަގޮޅާގެ ބަފާބެގެ ކޮރަޕްޝަނުގެ ކަންތައްތައް އިންތިހާއަށ
ގައި 5/21/2009
ހދ. އަތޮޅުގެ ކުނބުރުދޫ އާއި، ފަރިދޫ އާއި، ނައިވާދޫ މި ތިން ރަށުގެ ރައްޔިތުން އެ އަތޮޅުގެ ނޮޅިވަރަން ފަރަށް ބަދުލު ކުރުމަށްޓަކައި ޢިމާރާތް ކުރަންޖެހޭ ގެތައް ޢިމާރާތް ކުރުމަށްޓަކައި 5 މިލިއަން އެމެރިކާ ޑޮލަރު ގެ އެހީ ވަނީ ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައެވެ. އަދި މިގޮތުން ޢިމާރާތް ކުރަންޖެހޭ ގެތައް ޢިމާރާތް ކުރުމުގެ ކޮންޓްރެކްޓް ލިބިފައިވަނީ ބަންދަރުކީ ސަރުކާރުގެ އެންމެ އިސްވެރިޔާ ގެ ބަފާބެ އަލީ އަބުދު ﷲ އަށެވެ.
ޢިމާރާތް ކުރުމަށް ބޭނުންވާ ދޮންވެލި އެ ރަށުގެ ފަޅުން ނެގުމަށް ރަށުގެ ރކ ކޮމިޓީ އިންވަނީ ހުއްދަ ދީފައެވެ. އަދި ވެލިނަގަންޖެހޭނީ މިހާރުވެސް ރަށަށް ވަދެއުޅޭ ސަރަހައްދުން ކަމަށްވެސް ދެފަރާތުން އެއްބަސްވިއެވެ. ބޭނުމަކީ ފަޅުފުންކޮށް ލަފާފޭބުމުގެ މައްސަލައަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދާދިނުމެވެ. މިގޮތުގެ މަތިން ވެލިނަގަން ދެފަރާތުން އެއްބަސްވި ސަރަހައްދުގައި ފާހަނގަ ޖަހާފައި ވެސް ވެއެވެ. އަދި ކުޑަގޮޅާގެ ބަފާއިބެ މިވަގުތަށް ބޭނުންވާ ވަރަށް ވެލިވެސް ވަނީ ނަގާފައެވެ. އެހެންނަމަވެސް މިހުރިހާ ކަމެއް ކުރުމަށް ފަހުވެސް މިހާރު ގެތައް ޢިމާރާތް ކުރުމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. ކުޑަގޮޅާގެ ބަފާބެ ބުނަނީ އެރަށުގެ ރައްޔިތުން ވެލިނަގަން ހުރަސް އެޅީ ކަމަށެވެ. މިއީ ހަޤީޤަތާއި އެއްވެސް ގުޅުމެއް ވާހަކައެއް ނޫނެވެ.
ހަޤީޤަތުގައި ކުޑަ ގޮޅާ ވެރިކަމަށް އައުމުން މަތިހަށި ނަގާ ބަފާބެވެސް ނެގެން އޮތް ފައިދާ އެއް ނެގޭތޯ މަސައްކަތް ކުރަނީއެވެ. ސަރުކާރުން އެޑްވާންސްގެ ގޮތުގައި ދިން ފައިސާތަކަށް އެހެނިހެން ކަންކަން ކޮށްލަނީއެވެ. ވާނީވެސް އެހެންތާއެވެ. ކުޑަގޮޅާ ވެރިކަމުގައި ހުރިހާ ހިނދަކު ކުރެވޭނޭ ހަމަ އެއްވެސް ކަމެއްވެސް ނޮއޮންނާނެތާއެވެ.
ހަޤީޤަތުގައި މިއަކީ ދިވެހިން ހައިރާންވާންޖެހޭ ކަމެއްވެސް ނޫނެވެ. ބަފާބެ ކަސްޓަމްސްގައި ހުރި ދުވަސްވަރު ކަންކަން ކުރިގޮތުގެ ތަފްޞީލު ނުދަންނަ ހަމައެކަކުވެސް ރާއްޖޭއަކު ނުހުންނާނެއެވެ. މިއަދު މިސްކިތްތައް އިމާރާތް ކުރުމަށް އެހީވިއަސް އަދި ނަމާދު ކުރިއަސް ހަޤީޤަތެއް އޮޅުވައެއް ނުލެވޭނެއެވެ. މީނާވެސް ދުވަސްކޮޅަކުން ބުނާނީ ތިމަންނާގެ ލަދުހަޔާތް ކުޑަކަން ކަލޭމެންނަށް އިހްޞާޞްވެސް ނުކުރެވޭނެއޭ. އަދި ކަލޭމެން ނަށް ޖެހޭނީ އަމިއްލަ އެއްޗަށް ފައިން އަރައިގެން ތިބޭށޭ. ކުރާނޭ ހަމަ އެއްވެސް ކަމެއް ނޮއޮންނާނޭ. އަދި ތާރީޚަށް މަސައްކަތް ނިންމާނެ ކަމަށް އެއްބަސްވީ ޑރ.ހަސަންގެ ޕްރެޝަރާއި ހެދީ ކަމަށެވެ. އަދި އެއީ ކޮންމެހެން އެގްރީމެންޓެއްވެސް ނޫންކަމަށާއި އެއީ ފަލްސަފާއެއް ކަމަށެވެ. ކަން މިހެން އޮތް އިރު ހދ. ގެ ކުދިކުދި ރަށްތަކުގެ ރައްޔިތުން އެތިބީ ނޮޅިވަރަމްފަރަށް ބަދަލުވެވޭނޭ ދުވަހަކަށް ކެތްބަލިވެފައެވެ. ކުޑަގޮޅާގެ ސަރުކާރުން މިހާރު ދައްކާ ވާހަކައަކީ އެޕާޓީގެ މީހުންނަށް ވޯޓު ނުދީފި ނަމަ ގެއެއްވެސް ނެހެދޭނޭ ކަމަށެވެ. ބަނދަރެއްވެސް ނެހެދޭނޭ ކަމަށެވެ.
ރައްޔިތުންނޭ! ވިސްނާށޭ. މިއީ އެންމެ ފަސްމަސް ދުވަސް ވީއިރު އަދި މަޖިލީހުގެ އަޣުލަބިއްޔަތެއް ނެތް އިރުވެސް ކުޑަގޮޅާ ކަންކަން ކުރާގޮތެވެ. އެހެން ކަމަށްވާނަމަ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ މީނާ ކަންކުރާނޭ ގޮތް ހަމަ އިހްޞާޞްވެސް ނުކުރެވޭނެއެވެ. އެހެންކަމުން ކުޑަގޮޅާ ނިސްބަތްވާ ޕާޓީގެ ހަމައެކަކަށްވެސް ވޯޓު ނުދޭން އަޒުމް ކަނޑައަޅާ މާތޯއެވެ
This entry was posted on 5/21/2009 and is filed under ސިޔާސީ ފިކުރު . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
0 ޙިޔާލު:
Post a Comment