ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކީ އިސްލާމްދީނުގައި ހަރާމް ބުއިމެއްކަމުގައިވާ " ބަނގުރާ" ބޯ މީހެއްކަން ބޭރުގެ ނޫސްވެރިޔަކު ހާމަކޮށްދީފި

ގައި 5/21/2009


ކުޑަތަކުރުފާނު 28 ޑިސެމްބަރ 2008
އިންޑިއާގައި ނެރެވޭ އޮންލައިން ނޫހެއްކަމުގައިވާ ބިޒްނަސް ސްޓޭންޑަޑް ގެ 27 ޑިސެމްބަރ ޢަދަދުގައި އެނޫހުގެ ލިޔުންތެރިޔެއްކަމުގައިވާ އަދިތީ ޕާޑްނިސް ޔަޤީންކޮށްދޭ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަލަށް ހަވާލުވި ޒުވާނާ އަކީ " މުސްލިމުންނަށް ހަރާމް ކުރެވިގެންވާ ބުއިމެއްކަމުގައިވާ ( ބަނގުރާ ) ބޯ މީހެކެވެ.
އިންޑިއާގެ މި ނޫސްވެރިޔާ ވަނީ މިދިޔަހަފްތާގައި އިންޑިއާއަށް ރަސްމީ ދަތުރެއްކުރި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދާއި ބައްދަލުކޮށްފައެވެ. މޯލްޑިވިއަން ސިންފަނީ ނަމުގައި މި ލިޔުންތެރިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިފަކުރަމުން އޭނާގެ އާޓިކަލްގެ ހަތްވަނަ ޕެރެގްރާފް ފައްޓަމުން ބަޔާންކޮށްދެނީ: ތިރީގައި މިވާގޮތަށެވެ.

މަތީގައި ތިޔަ ފެނިވަޑައިގަންނަވާ ޕެރެގްރާފުގައި ރައީސް ނަޝީދު ހުރީ " ސުލާ ޝިރާޒް" ނަމަކަށް ކިޔާ ބަނގު އާވިތައްޓެއް ހިފައިގެން އެބޯން ކަމާމެދު ނޫސްވެރިޔާ ޔަޤީންކޮށްދެއެވެ. ސުލާ ޝިރާޒަކީ އިންޑިއާގައި ޚާއްޞަކޮށް ބޭނުންކުރާ ބަނގުރާގެ ވައްތަރެކެވެ. ރެޑްވައިން ކެޓަގަރީގައި ހިމެނޭ މި ރާ ޢާންމުގޮތެއްގައި ބޭނުންކުރަނީ އިންޑިއާގެ މަޝްހޫރު ކެއުމެއްކަމުގައިވާ ތަންދޫރީއާއެގައެވެ.
މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހާލެވެ. 100 ޕަސެންޓް މުސްލިމް ޤައުމެއްގެ ރައީސަކު ބޭރުގެ ފަރަންޖީންގެ ކުރިމަތީގައި ރާއްޖޭގެ އަގުވައްޓާލީއެވެ. ނަޝީދަކީ ގަންޖާ ބޯމީހެކެވެ. އަދި ރަލާއި އޫރުމަސްވެސް މީނާއާއި މީނާގެ ރައްޓެހިން ކައިހަދައެވެ. ބަދަލަކަށް ދިވެހިން އެތިބީ މީނާއާއި މި ޤައުމު ހަވާލުކޮށްގެންނެވެ. މާތްއަށް ޝުކުރުކޮށްލައިގެން ތިބުމަށްވުރެ ރަނގަޅު އެއްވެސް ގޮތެއް މި ދިވެހިންނަކަށް ނެތެވެ.
އަންނި ނަޝީދު ބަނގުއާވި ބުއިކަމަށް ހެކިދޭ މި ލިޔުން ބައްލަވާލެއްވުމަށް ތިރީގައިމިވާ ލިންކަށް ވަޑައިގަންނަވާށެވެ. އަދި އެލިންކަށް އެއްވެސް ބަދަލެއް ގެނެސްދާނޭކަމަށް ވިސްނުމަށްފަހު¡ މިއަދު މެންދުރުފަހު 3:45 ގައި އެލިންކުގައިވާ ލިޔުމުގެ ޕީޑީއެފް ފައިލެއް ފޮޓޯއެއްގެ ގޮތުގައި ތިރީގައި މިވަނީއެވެ

0 ޙިޔާލު: