ކެރަފާ އަބްދުއް ސައްތާރަކީ ކަލެއްކަމަށް އަދާލަތުޕާޓީން ބުނެފި

ގައި 5/21/2009

އަދާލަތުޕާޓީގައި ތިއްބެވި އިލްމުވެރިންނާއި އަލްފާޟިލް މުހައްމަދު ނަޝީދާއި ދެމެދު ވަރަށް ބޮޑު ރޫޙާނީ ގުޅުމެއް ވަނީ ގުޅިފައެވެ." އަދާލަތުޕާޓީ

ބޮޑުތުނބުޅި ބަހައްޓައިގެން ކަށިމައްޗަށް ފައިކުރި ކުރުކޮށްގެން ނިކުމެ މިއުޅޭ އަދާލަތުޕާޓީގެ މުއްލާއިންނަކީ ހައުދަހައިވާ ދެފުށްކެހެރި މުނާފިޤު ބައެކެވެ. އެންމެފަހުން ކެނެރީގޭ ލާދީނީ ބުއްޅަހޮއްކޮއަށް ޚުޝާމަދުކުރުމުގެ ގޮތުން ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގިތިބެ، ބުއްޅަހޮއްކޮގެ ބަފާ (މަރްހޫމް އިބްރާހިމް ނާޞިރު (ނޣއވ) އަވަހާރަކޮށްލަން ފިސްތޯލަ އެތެރެކުރި) ކެރަފާ އަބްދުއް ސައްތާރު އަކީ ކަލެއްކަމަށް އަދާލަތު މުއްލާއިން ބުނެފިއެވެ. މިކަމެއް އަދާލަތު މުއްލާއިން ހިންގާފައިވަނީ ދާދިފަހުން އެޕާޓީގެ ވެބްސައިޓުގައި ޖަހާފައިވާ ލިޔުމެއްގައެވެ.

އަދާލަތު މުއްލާއިންނަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމް ތައްޕާހުގައި އެލިގަނެގެން، އެމްޑީޕީ ގެ މީހުންނަކީ ލާދީނީ ބައިގަނޑެކޭ ގޮވަމުން ދުވި މީހުންނެވެ. އެކަމަކު ދެވަނަ ބުރުގައި އެއްކަލަ ލާދީނީ ބައިގަނޑު ކުއްލިއަކަށް އިސްލާމްވެ، އެއީ ދިވެހިންނަށް ލިބުނު ރަހުމަތަކަށް ބަދަލުވެއްޖެއެވެ. އެންމެފަހުން ބުއްޅަހޮއްކޮއަށް އިންތިޚާބު ކާމިޔާބުވެ، އަދާލަތުގެ މަހާ މުއްލާއިންނަށް ދެތިން މަޤާމު ދިނުމުން، ޤާސިމުގެ ތައްޕާހުން ނެއްޓި މިހާރު ބުއްޅަހޮއްކޮގެ ގޮރުލޯގަނޑަށް ވެއްޓިއްޖެއެވެ. މިހާރު އެއްކަލަ އިހުސާންތެރި ތެދުވެރި ޤާސިމް އިބްރާހިމެއްވެސް ނެތެވެ. ޤާސިމަކީ މިހާރު އަދާލަތު މުއްލާއިންނަށް އެއްވެސް މީހެއްނޫނެވެ. ފަތަފޮޅި ދަށުލީ ފަތްގަނޑަށްވެސް ޤާސިމު ނުވިއެވެ. މިހާރު އަދާލަތު މުއްލާއިންނަށް ހުރިހާވެސް އެއްޗަކީ ނަޞޯރާ ސޯލްސްބަރީ ފައްޅިތަކުގެ ބަރަކާތެވެ.

ކޮންމެއަކަސް 2009 ފެބްރުއަރީ 10 ވަނަ ދުވަހު އަދާލަތުޕާޓީގެ ރަސްމީ ވެބްސައިޓުގައި "މިހެންވެދާނެޔޭ ފަހަރެއްގައިވެސް އަޅުގަނޑު ހީވެސް ނުކުރަމެވެ" މިސުރުޚީގެ ދަށުގައި 'އިބުނުލް ޖުޒަރު' ގެ ނަމުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި އަދާލަތު މުއްލާއިންގެ މުނާފިޤުކަމާއި ދެފުށްކެހެރިކަން ވަރަށް ރަގަޅަށްވެސް ފާހަގަވިއެވެ. ކޮއިމަލާއަށް އިތުބާރު ހުރި ގޮތަކަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބުނުލް ޖުޒަރުގެ ނަމުގައި ލިޔެފައިވާ މީހަކީ މިހާރު ސްޓޭޓް މިނިސްޓަރު ޝޭކު ޝަހީމުއެވެ.

މިލިޔުމުގެ އެންމެ ފަހު ޕެރެގްރާފްތަކުގައި ބުއްޅަހޮއްކޮއަށް ތައުރީފްކޮށް، މަދަހަ ޘަނާ ކިޔުމަށްޓަކައި ލިޔާނެ ނުލިޔާނެ އެއްޗެއް ނޭނގިގެން އަމިއްލައަށް ވަނީ ކުފުރުވެސް ވެފައެވެ. މިލިޔުމުގައި "މިހަޤީޤަތުގެ ނަޡަރުން ބަލާއިރު މިއަދު "އަދާލަތުޕާޓީ" ގައި ތިއްބެވި އިލްމުވެރިންނާއި އަލްފާޟިލް މުހައްމަދު ނަޝީދާއި ދެމެދު ވަރަށް ބޮޑު ރޫހާނީ ގުޅުމެއް ވަނީ ގުޅިފައެވެ." މިފަދައިން ލިޔެފައިވެއެވެ. މިހިސާބަށް ކަންތައްތައް ދިޔުމުން ދެން ދަންނަވާނީ ވަކި ކީކޭތޯއެވެ؟ އަދާލަތު މުއްލާއިންނާއި ބޮއްޅަހޮއްކޮއާ ދެމެދު ރޫހާނީ ގުޅުމަކުން ގުޅުނީ 2008 ނޮވެމްބަރު 11 ވަނަ ދުވަހުގެ ފަހުންތޯއެވެ؟ އޭގެ ކުރީން އެރޫހާނީ ގުޅުމެއް އޮތީ މާފަންނުވިލާ ޤާސިމް އިބްރާހިމްއާ ދެމެދު ދޮތައެވެ. އެބުނާ ރޫޙާނީ ގުޅުމަކީ އަނެއްކާ ކޮބައިތޯއެވެ؟ އެއީ އަނެއްކާ ފަޒީލުގެ ހާޑްޑިސްކުގައި ހުރިކަހަލަ ރޫޙާނީ ގުޅުމަކީތޯއެވެ؟


ދަންނަވަންތޯއެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރު ފެށިގެން އައިސް، އެމަނިކުފާނުވެސް ހަމަ މަގުން ކައްސާލަން މެދުވެރިވި އެންމެ ބޮޑު އެއްސަބަބަކީ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ދީނީ އިލްމުވެރިންތަކެއް އެމަނިކުފާނަށް ހައްޤު ނޫން ހުޝާމަދުގެ ބަސްތަކުން މަދަހަ ޘަނާ ކިޔުމެވެ. މިހާރު އަދާލަތު މުއްލާއިންވެސް މިވަނީ ހަމަ ސީދާ އެކުޅި ކުޅެންފަށާފައެވެ. އަދާލަތު މުއްލާއިންނަކީވެސް ދީން ހަތިޔާރަކަށް ހަދައިގެން، ބުއްޅަހޮއްކޮއަށް ވައިއަޅުވަން ވަރަށް މަސައްކަތްކުރާ މުނާފިޤު ބައިގަނޑެކެވެ. މިއަދު އަދާލަތު މުއްލާއިންނަށް ސަރުކާރުން ލިބިފައިވާ މަޤާމަކީ ޤާސިމް އިބްރާހިމްގެ ސަބަބުން، ލިބިފައިވާ މަޤާމެކެވެ. އެހެނަސް ސަރުކާރުން ވަރަށް އިހާނެތި ގޮތަކަށް ޤާސިމް ބޭރުކޮށްލުމުންވެސް އަދާލަތު މުއްލާއިންނަށް ރަގަޅުވީ ބުއްޅަހޮއްކޮއެވެ. މުސްކުޅިން ބުނެއުޅޭ ފަދައިން "ކާންދިން އަތުގައި އަދާލަތު މުއްލާއިން އެއޮތީ ދަތްއަޅާފަ" އެވެ.

ކޮންމެއަކަސް ލިޔުމުގެ އެންމެ ފަހު 2 ވަނަ ޕެރެގްރާފްގައި ލިޔެފައިވަނީ އަދި މާބޮޑަށް ހައިރާންކަމާއި ބިރުވެރިކަމެއް ގެނުވި އެއްޗެކެވެ. އެލިޔުމުގައި ބޮއްޅަހޮއްކޮގެ ބަފާ ކެރަފާ އަބްދުއް ސައްތާރަކީ ކަލެއްކަމަށް ލިޔެފައިވެއެވެ. "ޙިކުމަތްވަންތަ ޢިލާހު ބައްޕަގެ އިޚްލާސްތެރި އަމަލުގެ ނަތީޖާއިން އުފެދުނު އިލްމުވެރިންގެ ދުޢާ އިޖާބަކުރައްވަވައި، ދަރިފުޅަށް މާދަމާ ޤިޔާމަތް ދުވަހުން އަރުޝީގެ ހިޔާވަހިކަން ހޯއްދެވުމުގެ މަގުފަހިކޮށް ދެއްވެވީއެވެ." މިފަދައިން ވަނީ ލިޔެފައެވެ. ނަޞޯރާދީނުގެ އަޙުލުވެރިން ޤަބޫލުކުރާ ގޮތުގައި ޢީސާގެފާނުގެ ބަފައިކަލަކީ މާތްރަސްކަލާނގެއެވެ. އެހެނަސް މިއީ ކަނޑައެޅިގެން ކުފުރެކެވެ. މިއީ މުސްލިމުން ޤަބޫލުކުރާ ގޮތެއްނޫނެވެ. މާތްރަސްކަލާނގެއަށް ދަރިއަކު، ދަރިކަނބަލަކު އަދި އަނބިކަނބަލަކުވެސް ނުވާކަމާއި، އެއީ ހުސްތާޙިރުވަންތަ ހުރިހާކަމަކަށް ކުޅަދުންވަންތަ ޖައްލަރައްބީކަން ޤަބޫލުކުރުމަކީ އިސްލާމްދީނުގެ ރުކުނެކެވެ. އެކަމަކު އަދާލަތު މުއްލާއިން މިވަނީ އެރުކުން ފަސްދީ ގޮސް، ކުފުރުވެފައެވެ. ލިޔުމުގައި 'ޙިކުމަތްވަންތަ ޢިލާހު ބައްޕަ' ކަމަށް އިޝާރަތްކޮށްފައި އެވަނީ ބުއްޅަހޮއްކޮގެ ބަފާ ކެނެރީ އަބްދުއް ސައްތާރުއަށެވެ. އަދި ބުއްޅަހޮއްކޮއަކީ 'އިލާހު ބައްޕަ' ގެ ދަރިކަލެއްކަމަށް ޤަބޫލުކޮށްފައިވެއެވެ. ސުބުހާނަﷲ. ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ.

އަދިވެސް ފޫޅާހަމައަށް ތުނބުޅި ދިގުކޮށްގެން، ކަކުލަށް ފައިކުރި ބުރިކޮށްގެން، ތިމަންނާމެންނަކީ ދީނީ އިލްމުވެރިންނޭ، އިލްމުވެރިންނަށް ގޮނޑި ދޭންޖެހޭނެޔޭ ކިޔައިގެން ފޮކާށެވެ. ފަހަރުގައި މާދަމާ ނުވަތަ އިންތިޚާބުގެ ކުރިން ނަމަވެސް، ބުއްޅަހޮއްކޮއަކީ ދިވެހިންގެ މައްޗަށް މާތްﷲ ފޮނުއްވެވި ރަސޫލެކޭ ކިޔައިގެން އަދާލަތު މުއްލާއިން އަނގަ ނުގަޅައިފިއްޔާ ވާ ސަހަރޯއެވެ

0 ޙިޔާލު: